Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ހަމްޕުގެ ހެޓްރިކުން މޮޅުވެ، ޗެމްޕިއަން މާޒިޔާއަށް ރަނގަޅު ފެށުމެއް

9 މެއި 2023 | އަންގާރަ 13:35

މާޒިޔާއިން މެޗު ކާމިޔާބު ކުރީ 7-2ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މެއި 2023 | އަންގާރަ 13:35
ޔޫވީ ކޮޅަށް ލަނޑު ޖެހުމަށްފަހު ހަމްޕު އުފާ ފާޅުކުރަނީ

ޔޫވީ ކޮޅަށް ލަނޑު ޖެހުމަށްފަހު ހަމްޕު އުފާ ފާޅުކުރަނީ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) ބައްދަލު ކުރި މެޗު 7-2ން ކާމިޔާބުކޮށް، ޗެމްޕިއަން މާޒިޔާއިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މާޒިޔާއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ނާއިޒް ހަސަން (ދާދު)އެވެ. މާޒިޔާއިން ލީޑު ނަގާފައި ވަނިކޮށް ޔޫވީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ޝަނާން ރަޝީދުއެވެ. އެއީ އެ ޓީމުގެ މީސާގު އީސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝަނާން ޖެހި ލަނޑެކެވެ. އެ ލަނޑު ޔޫވީން ޖެހީ މާޒިޔާގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުންނެވެ. ދެވަނަ ފަހަރަށް މާޒިޔާއިން ލީޑު ނެގީ ޔޫވީގެ ޑިފެންޑަރު ހަމްޒާ މުހައްމަދު (ހަމްޕު)އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީންނެވެ. މާޒިޔާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެސް ހަމްޕުއެވެ.

އޭގެ ފަހުންވެސް މާޒިޔާއަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތު ލިބިފައެވެ. އެ ޓީމަށް ލިބުނު ކޯނަރެއްގައި މުހައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ވަނީ ދެވަނަ ފަހަރަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔޫވީން މި ލަނޑު ޖެހުމުގައި އެ ޓީމުގެ އަރީން އަބްދުﷲ އިބްރާހީމްގެ މޮޅު ހުނަރު ވަނީ ފެނިފައެވެ. މާޒިޔާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓައި ގޯލު ކުރިމައްޗަށް އަރީން ދިން ބޯޅަ ގޯލަށް ވައްދާލީ އަހުމަދު ބައްސާމް މުހައްމަދު ނައީމްއެވެ.

ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަނީ ލީޑު ނެގުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މާޒިޔާއަށް ތިންވަނަ ލަނޑު ޖަހައިދީ، އަލުން ލީޑު ހޯދައިދިނީ ހަމްޕުއެވެ. މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާގެ ހަސަން ނަޒީމް (ޗޯޓު) ނަގައިދިން ބޯޅަ ޔޫވީގެ ގޯލް ކީޕަރު އަލީ ނާޖިހުގެ އަތުގައި ޖެހިފައި ލިބުނީ ހަމްޕުއަށެވެ. ނާޖިހުއަށް ބޯޅަ މަތަކުރުމަށް އެއްވެސް ފުރުސަތެއް ނުދީ ހަމްޕު ބޯޅަ ފޮނުވާލީ މަތީ ކަނަށެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން މިހަލޮވިޗްއެވެ. އެއީ ހަމްޕު ހުރަަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

އޭގެ ފަހުން 80 ވަނަ މިނެޓުގައި މާޒިޔާއަށް ވަނީ ދެވަނަ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ޔޫވީގެ މުހައްމަދު ސަމީހު މާޒިޔާގެ ޗޯޓުއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ހަމްޕު ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށް، 5-2ށް ނަތީޖާ ބަދަލުކޮށްފައެވެ. މާޒިޔާގެ ހަވަނަ ލަނޑު ސްޓެފަން ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭގެ ފަހުން 90 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ހަތްވަނަ ލަނޑު ޖަަހައިދިނީ، ކުލަބު ވެލެންސިއާ ދޫކޮށް މާޒިޔާއަށް ބަދަލުވި އަލީ ފާސިރު (ސެންޓޭ)އެވެ. މިއީ މާޒިޔާއަށް ބަދަލުވި ފަހުން ސެންޓޭ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗުގައި ސެންޓޭ ކުޅެން ނިކުމެފައި ވަނީވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ލީގުގައި މާޒިޔާއަށް ދެން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ޔޫވީއަަށް އޮންނާނީ ހޮނިހިރު ދުވަހު ހަވީރު ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗެވެ.

ދިވެހި ޕްރިމިއާ ލީގު 2023ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް