Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

1 އޮކްޓޯބަރު 2025 | ބުދަ 06:55

މެޗުގައި ޓީސީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޔޫވީ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2025 | ބުދަ 06:55
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޔޫވީ އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ޓީސީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޔޫވީ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޓީސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ރިޟްވާން އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޙުސެއިން ސުހާދު ސުހާން ޖެހި ލަނޑުން ޔޫވީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އޭގެ ތިން މިނެޓު ފަހުން ސުހާދު ވަނީ ޔޫވީގެ ދެ ވަނަ ލަނޑު ޖަހައި މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ދެ ވަނަ ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ސުހާދު ވަނީ ތިން ވަނަ ލަނޑެއް ޖަހަައި ހެޓްރިކް ހަމަކޮށްފަ އެވެ. އަަދި މެޗުގައި ޔޫވީ އިން އެ ޓީމުގެ ފަހު ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިޝްފާއު މުޙައްމަދު ފިރާޤު އެވެ.

ލީގުގައި ޓީސީ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ބަލިވެފަ އެވެ. އަދި ޔޫވީގެ ފުރަތަމަ މެޗުގައި ވަނީ އޮޑި ސްޕޯޓްސް ކުލަބު އަތުން ބަލިވެފަ އެވެ. އެހެންވެ ދެ ވަނަ މެޗުގައި ޓީސީ ބަލިކޮށް، ޔޫވީ އިން މި ވަނީ އުންމީދެއް ހޯދައިފަ އެވެ.

ލީގުގައި ޔޫވީގެ ތިން ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. އަދި ޓީސީގެ ތިން ވަނަ މެޗުގައި ނިކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ޓީސީ ސްޕޯޓްސް ކުލަބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް