Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ޔޫވީގެ ކޯޗަކަށް ޝާކިއްޓޭ، ގޮންޖެހުންތާއެކު ވެސް ކުރިއަށް ދިޔުމުގެ އަޒުމުގައި

ޔޫވީ އަށް އެންމެ ބޮޑަށް ދިމާވާނެ މައްސަލަ އަކީ ތަޖުރިބާގެ މައްސަލަ، ސަބަބަކީ ޒުވާން ކުޅުންތެރިން ޕްރިމިއާ ލީގަށް އަލަށް ނުކުތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 02:25
ޔޫވީގެ ކޯޗަކަަށް ހަމަޖެއްސި ޝާކިއްޓޭ މީގެ ކުރިން މެޗެއްގައި

ޔޫވީގެ ކޯޗަކަަށް ހަމަޖެއްސި ޝާކިއްޓޭ މީގެ ކުރިން މެޗެއްގައި

ގޮންޖެހުންތަކާ އެކު ވެސް ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)އާއެކު ކުރިއަށް ދިޔުމުގެ އަޒުމުގައި ހުރި ކަމަށް ޒުވާން ކޯޗު އަޙުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

ޝާކިއްޓޭގެ އިރުޝާދުގެ ދަށުން ޔޫވީ ނުކުންނަ ފުރަތަމަ މެޗަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ދިވެހި ޕްރިމިއާ ލީގުގައި ނުކުންނަ މެޗެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝާކިއްޓޭ ބުނީ، ސީޒަންގައި ކުރިއަށް ގެންދުވީ 15 ވަރަކަށް ފަރިތަކުރުން ކަމަށާއި، ފުރަތަމަ މެޗަށް ނުކުންނަން ޖެހޭނީ މާ ގިނަ ފަރިތަކުރުންތަކެއް ނެތި ކަމަށެވެ. އެއާއެކު ކުރިމަތިލާން ޖެހެނީ ލީގުގައި ވެސް އޮތް އެންމެ ވަރުގަދަ އެއް ޓީމާކަން ފާހަގަކޮށް ޝާކިއްޓޭ ބުނީ، ލިބުނު މުއްދަތާ އަޅާބަލާއިރު ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވުން ކަމަށެވެ.

ޔޫވީގައި ތިބި ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޝާކިއްޓޭ ބުނީ، މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު ޓީމުގައި ތިބީ ފަސް ވަރަކަށް ކުޅުންތެރިން ކަމަށެވެ. ޓީމުގައި ބާކީ ދެން ތިބޭނީ މުޅިން އައު ކުޅުންތެރިން ކަމަށާއި، އޭގެ ތެރޭގައި ވެސް ގިނައީ ޒުވާން ކުޅުންތެރިން ކަމަށެވެ. އޭގެ ތެރޭގައި 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، ބައެއް ރަށްރަށުން ގެނައި ކުޅުންތެރިން ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ޔޫވީ އަށް އެންމެ ބޮޑަށް ދިމާވާނެ މައްސަލަ އަކީ ތަޖުރިބާގެ މައްސަލަކަން ފާހަގަ ކުރަމުން ޝާކިއްޓޭ ބުނީ، ސަބަބަކީ ޒުވާން ކުޅުންތެރިން ޕްރިމިއާ ލީގަށް އަލަށް ނުކުތުން ކަމަށެވެ. ޚާއްސަކޮށް ޓީމުގެ ފުރަތަމަ 11 ހަމަވަނީ ވެސް ޒުވާން ކުޅުންތެރިން ހިމަނައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓީމުގައި ތިބި ކުޅުންތެރިންނާއެކު ފަށާއިރު ރަނފަޅު ފަރިތަކުރުންތަކެއް ނުލިބުމުން އެކަމުގެ ގެއްލުން ދައްކާނެ ކަމަށް ޝާކިއްޓޭ ބުންޏެވެ. އެހެން ނަމަވެސް ސީޒަން ދިގު ލަައިގެންދާ ވަރަކަށް އެބައި ރަނގަޅުވާނެ ކަމަށެވެ. އެއީ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިންނަށް ވުމުން، އެ ކުޅުންތެރިންނަށް ބޭނުންވަނީ ތަޖުރިބާ ކަމަށާއި، އެ ތަޖުރިބާ ލިބެމުންދާ ވަރަކަށް އެ ކުޅުންތެރިންގެ ހުނަރު ފެންނާނެ ކަމަށް، ޒުވާން ޤައުމީ ޓީމުގެ ވެސް ކޯޗުކަން ކުރަމުން އަންނަ ޝާކިއްޓޭ ބުންޏެވެ. އެހެންކަމުން އެ ކުޅުންތެރިންގެ ފަރާތުން އެހެން ޓީމުތަކަށް ވެސް ނުރައްކާ ކުރާނެ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޓީމު ތައްޔާރުވެވުނު ގޮތާ ބަލާފައި، ޔޫވީގެ މެނޭޖުމަންޓުގެ އުންމީދުތައް ވެސް މަތި ނޫން ކަމަށް ޝާކިއްޓޭ ބުންޏެވެ. އެހެންކަމުން ކޯޗެއްގެ ހައިސިއްޔަތުން މާބޮޑު ޕްރެޝަރެއް އޮތެކޭ ނުބުނެވޭނެ ކަމަަށާއި، ނަމަވެސް ކޯޗުގެ ހައިސިއްޔަތުން މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އެގޮތުން ޒުވާން ޓީމެއް ގޮވައިގެން ނުކުންނައިރު، އެ ޓީމުން ކޮންމެވެސް ވަރެއްގެ ތަފާތެއް ދެއްކުމަކީ ވެސް ބޭނުންވާ ކަމެއް ކަމަށާއި ޔޫވީގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ތަފާތެއް ފެނުނުކަން، ނުވަތަ އެ ކުޅުންތެރިންނަކީ މުސްތަޤުބަލުގައި މޮޅު ކުޅުންތެރިންނަށް ވާނެކަން ސަޕޯޓަރުންނާއި ބެލުންތެރިން ޤަބޫލު ކުރުމަކީ ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށް ޝާކިއްޓޭ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޝާކިއްޓޭ ބުނީ މެޗުގައި މާޒިޔާ އަށް އެތައް ފައިދާއެއް އޮންނާނެ ކަމަށެވެ. އެއީ މާޒިޔާ އިން މެޗުތަކެއް ކުޅެ، މުބާރާތެއް ކާމިޔާބުކޮށްފައި އޮތުމުން ކަމަށެވެ. ނަމަވެސް މެޗުތަކެއް ނުކުޅެ، މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ޔޫވީ އަށް އެތައް ގެއްލުންތަކެއް ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގު 2023ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަހުމަދު ޝާކިރު (ޝާކިއްޓޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު