Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގަރުނެއްވީ ފާހާނާ

ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ފާޚާނާއެއްގަ ފެންވާރާލުން: ތަޖުރިބާ ކޮށްލަން ކެރޭނެތަ؟

މެދުއިރުމަތީގައި އެންމެ އިހުގައި ފެންވަރާ އުޅުނު ގޮތް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން މަރާމާތު ކުރި އަލް ނަޢީމު ހައްމާމް ހުޅުވީ 2022 ވަނަ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 11:45
ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ފާޚާނާއެއްގައި މީހަކަށް މަސާޖު ދެނީ

ޤަރުނަކަށްވުރެ ގިނަ ދުވަސްވީ ފާޚާނާއެއްގައި މީހަކަށް މަސާޖު ދެނީ

އިހުގެ އާދަކާދައާއި ދިރިއުޅުމަށް ލޯބި ކުރާ މީހުންގެ މެދުގައި މިހާރު އެންމެ މަޤުބޫލު ވަމުން އަންނަ އެއް މަންޒިލަކީ ހިބްރޫންގެ އަލް ނަޢީމް ހައްމާމްއެވެ. މި ތަނަކީ ތުރުކީ ޘަޤާފަތާ ގުޅިފައިވާ، އިހުގެ ހަނދާންތައް އާ ކޮށްދޭ ގޮތަށް މަރާމާތު ކޮށްގެން ދާދި ފަހުން ޚިދުމަތް ދޭން ފެށި، ފެންވަރާ ތަނެކެވެ. މިކަހަލަ ތަންތަނަށް ޢަރަބީން ކިޔާ އުޅެނީ ހައްމާމްއެވެ. މެދުއިރުމަތީގައި އެންމެ އިހުގައި ފެންވަރާ އުޅުނު ގޮތް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން މަރާމާތު ކުރި އަލް ނަޢީމު ހައްމާމް ހުޅުވީ 2022 ވަނަ އަހަރުއެވެ. މި ތަނަކީ 143 އަހަރުވެފައިވާ ހައްމާމެކެވެ.

8 ކޮޓަރީގެ މައްޗަށް އެކުލެވޭ އަލް ނަޢީމް ހައްމާމްގައި ސޯނާއެއްގެ އިތުރުން، އާވި ތެރަޕީ ދޭ ސްޓީމް ރޫމްއަކާއި، އަރާމު ކޮށްލާނެ ސަރަޙައްދެއްގެ އިތުރުން ކޮފީޝޮޕެއްވެސް ހުރެއެވެ. ތަފާތު އެކި ކަހަލަ މަސާޖުތަކުގެ އަރާމު ލިބިގަތުމުގެ ފުރުޞަތު، މެހެމާނުންނަށް އޮވެއެވެ. ބޭކިންގް ސޮޑާއާއި ލުނބޯހުތުގެ ސްކްރަބްތައް ތަޖުރިބާކޮށްލަންވެސް ލިބެއެވެ.

ހައްމާމްގެ ތަޖުރިބާ އަކީ ކޮންމެ މީހަކުވެސް އަޖުމަ ބަލާލުން ރަނގަޅު ކަމެއް ކަމަށް، ޚިދުމަތް ހޯދި މީހަކު ވަނީ ފާހަގަ ކޮށްފައެވެ.

އިބްރާހިމީ މިސްކިތާއި ދާދި ކައިރީގައި ހުންނަ އަލް ނަޢީމް ހައްމާމްގެ ތާރީޚަށް ބަލާއިރު، އެކި ފަހަރު މަތިން އެތަނުގެ ޚިދުމަތްތައް މެދުކަނޑާލިއެވެ. އެގޮތުން 2000 ވަނަ އަހަރު އިންތިފާޟާގެ ދުވަސްވަރު، ހައްމާމްއާ ގުޅިފައި އޮތް އަލް ޝުހާދާ މަގު ބަންދު ކުރުމުން އަލް ނަޢީމު ހައްމާމް ބަންދު ކުރިއެވެ. ހަމަ އެ ދުވަސްވަރު، އިޒްރޭލުގެ ވަޒަންވެރިން ވަނީ ހައްމާމްއަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އަލް ނަޢީމު ހައްމާމްގެ ވެރިޔާގެ މަޤާމުގައި މި ވަޤުތު ހުރީ ސަމީރު ޤަސްރަވީއެވެ. ސަމީރު ފާހަގަ ކުރި ގޮތުގައި، މިފަދަ ގޮތަކަށް ހައްމާމް މަރާމާތުކޮށްގެން ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ، ހިބްރޫންގައި އޮތް ފަލަސްޠީނުގެ ރޫޙު ދިރުވާ އާލާ ކުރުމެވެ.

ހިބްރޫންގެ މައި ސިޓީއަކީ ބައި ކުރެވިފައި އޮތް ސިޓީއެކެވެ. 800 އެއްހާ ޔަހޫދީ ވަޒަންވެރިން ވެރިވެގަނެގެން އުޅޭ ހިބްރޫންގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ހަރަކާތްތަކަށް ފާރަލުމަށް، އިޒްރޭލުން ވަނީ އެ ސަރަޙައްދުގައި ޗެކްޕޮއިންޓްތައް ވަރުގަދަކޮށްފައެވެ. ކެމެރާތަކުގެ ޢަދަދު އިންތިހާއެވެ.  

2 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ހިބްރޫންއަކީ، ހުޅަނގު އައްސޭރީގެ އެންމެ ހައްސާސް ސިޓީތަކުގައި ގުނާލެވޭ ސިޓީއެކެވެ. ހިބްރޫންގައި ޔަހޫދީން ދިރިއުޅެމުންދަނީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ސަރަޙައްދެއްގައެވެ.

އަލް-ނާއިމް ހައްމާންފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު