Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގަސް ހެއްދުން

ގޯހެއް ނެތް: ބަދިގެއަށް ބާވިއަސް، ތެލިތަށީގައިވެސް ގަސް ހައްދަންވީ!

ތޮއްޖެހިފައިވާ ޣައްޒާގައި އެ ދެމަފިރިން ދިރިއުޅެމުންދާ ގޭގެ ފުރާޅުމައްޗަކީ ހިތްގައިމު ބަގީޗާއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 12:25
އަލާ ބިދްވާން އޭނާގެ ގޭގެ ފުރާޅުމަތީގައި ހައްދާފައިވާ ކެކްޓަހަކަށް ފެންދެނީ

އަލާ ބިދްވާން އޭނާގެ ގޭގެ ފުރާޅުމަތީގައި ހައްދާފައިވާ ކެކްޓަހަކަށް ފެންދެނީ

ގަސް އިންދައި ހެއްދުމުގެ މަސައްކަތުގައި ވަގުތު ހޭދަކުރުމަކީ ދިރިއުޅުމުގެ ހާސްކަމުގެ ކަސްތޮޅުތަކުން މިންޖުކޮށްދޭ ކަމެކޭ ބުނެއުޅެއެވެ. ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީނަމަވެސް، ގަސްތަކުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީވެސް ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ގަސް އިންދައި ހެއްދުމުގެ މަސައްކަތަށް ގިނަ ބައެއްގެ ހިތްޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީ ކަމުގައި ވެދާނެއެވެ. އަނެއް ބަޔަކު، މި ކަން ކުރަނީ، ވެއްޓަށް ޖެހިފައި އޮންނަ ލޯތްބެއްގެ ސަބަބުންނެވެ.

ހުރިހާ ކޮޅަކުން ފިއްތައިލެވި، އަމިއްލަ ވަޒަނުގައި ދާޚިލީ ހަނގުރާމައެއް ކުރަމުންދާ، ދުނިޔޭގެ އެންމެ ބޮޑު އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަކުރާ ޣައްޒާގެ ރަށްވެހިންގެ މެދުގައިވެސް މިކަން އޮތީ މި ގޮތަށެވެ. ސަލަމާއާއި އަލާ ބިދްވާންއަކީ އެފަދަ ދެމަފިރިންނެވެ. ތޮއްޖެހިފައިވާ ޣައްޒާގައި އެ ދެމަފިރިން ދިރިއުޅެމުންދާ ގޭގެ ފުރާޅު މައްޗަކީ ހިތްގައިމު ބަގީޗާއެކެވެ. ވެއްޓާ ރައްޓެހި، ފެހި މަންޒިލެކެވެ.

އެކި ޒާތްޒާތުގެ މަށި މުށިތަކާއި، ދަޅުބުރިތަކާއި ޓަޔަރުތަކުގައި ގަސް އިންދައިގެން ފެހިކުރަމުންދާ މި ބަގީޗާ ހެއްދުމުގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމެވެ. ތަފާތު އެކި ކަހަލަ ގަސްގަހާގެހީގެ ބާވަތްތައް، ބިދްވާންގެ ދެމަފިރިންގެ ބަގީޗާގައި އެބަހުއްޓެވެ. އޭގެތެރޭގައި، އެކި ކަހަލަ ކެކްޓަސްތައް ވެސް ހިމެނެއެވެ.

އުމުރުން 37 އަހަރުގެ އަލާ ފާހަގަކުރިގޮތުގައި ފުރާޅުމަތީގައި މި ގޮތަށް ބަގީޗާ ހެއްދުމަކީ ސާފު ވައި ލިބިދޭ ކަމެކެވެ. އަދި ޣައްޒާގެ ނުތަނަވަސް ފަޒާ، އުޖާލާ ކޮށްދޭ ކަމެކެވެ.

ބިދްވާންގެ ދެމަފިރިންގެ ފުރާޅު ބަގީޗާ ތަރައްގީކުރަމުންދަނީ ގޭތެރެއިން ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެންނެވެ. ޚަރަދުގެގޮތުން ބަލާއިރުވެސް، މިއީ ބިނާ ކުރަނިވި ޚިޔާލެކެވެ.

ފަލަސްތީނުގެ އިމާރާތްތަކުގެ ފުރާޅުތައް އާންމުގޮތެއްގައި ބޭނުންކޮށް އުޅެނީ އާމްދަނީ ހޯދުމަށް ކޮންމެވެސް ބާވަތެއް އިންދައި ހެއްދުމަށް ކަމަށް ވީނަމަވެސް، 5 ދަރިން ތިބި ބިދްވާންގެ ދެމަފިރިންގެ މި މަސައްކަތުގެ ހުރިހާވެސް ކަމެއް ގުޅެނީ ތިމާވެއްޓާއެވެ. އުމުރުން 40 އަހަރުގެ ސަލަމާ ބުނާގޮތުން، ޕްލާސްޓިކުގެ ތަޣައްޔަރުކަމުން ވެށި ސަލާމަތްކުރުމާއެވެ.

ޣައްޒާއާ ގުޅިގެން މުޅިންހެންވެސް އަޑު އިވެމުން ދަނީ ކޮންމެވެސް ހަމަނުޖެހުންތަކަކާއި ހަނގުރާމަތަކެއްގެ ވާހަކަ ކަމުގައި ވީނަމަވެސް، ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކަކީވެސް ކުޑަ ކަމެއް ނޫނެވެ. ވައިގެ ތަޣައްޔަރުކަމާއި، ބިމުގެ ފެންފަށަލަ ތަޣައްޔަރުވުމާއި، ވެލިގަނޑު ލޮނުވުމާއި، ފުރާނައަށް ގެއްލުން ދެނިވި ރޭޑިއޯ އެކްޓިވް މާއްދާތައް ހުރުމާއި، މީދަލުގެ އުނދަގޫ ބޮޑުވުމަކީ، ޣައްޒާއަށް ކުރިމަތިލާން ޖެހިފައިވާ ވެށީގެ މައްސަލަތަކުގެ ލިސްޓުން ކުޑަ މިންވަރެކެވެ. ކިތަންމެ ދިގުކޮށްވެސް މި ލިސްޓު ލިޔެވިދާނެއެވެ.

ޣައްޒާފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު