Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމް

ޕީޕީއެމްގެ "ހިނި އަންނަނީ" ހަރާކާތުން އިދިކޮޅު ފަރާތްތަކުގެ ގާތަށް އައީ ހިނި!

ހިނި އަންނަނީ ނަމުގައި ބޭއްވި ޝޯގައި ބައިވެރިވީ މަދުބައެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 8 ޖުލައި 2017 | ހޮނިހިރު 18:01
"ހިނި އަންނަނީ" ޝޯގެ ތެރެއިން

"ހިނި އަންނަނީ" ޝޯގެ ތެރެއިން

ހިނި އަންނަނީ ނަމުގައި ޕީޕީއެމް އިން މިޔުޒިކް ޝޯއެއް ބާއްވައިފި އެވެ.

ހިނި އަންނަނީ ނަމުގައި ކެމްޕެއިނެއް ކޮށް މިރޭ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި އޮތީ މިޔުޒިކް ބޭންޑެއްގެ ލަވަތަކެއް ހުށަހެޅުމެވެ. އަންހެން ފިރިހެން އަޑުން ލަވަކިޔާ ފިރިހެން ފަންނާނެއްގެ ލަވަ ހުށަހެޅިއިރު ބައެއް މީހުން ހީކިުރި ގޮތަކާއި ހިލާފަށް އާ ކަމެއް ނުހިނގަ އެވެ. އެމްޑީއޭ ޖަހަގަހައިގަ ގޮނޑިބަރި ޖަހާފައި ހުރިއިރު އެތަނަށް އެއްވި މީހުންވެސް ވަނީ ޝޯ ފެށުމާއެކު މަޑު މަޑުން ނިކުމެގެން ގޮސްފަ އެވެ. އަދި 21:30 ވާންވީއިރު އެތާ އެތެރޭގައި ތިބީ 30 ވަރަކަށް މީހުންނެވެ. އެކމަށް ގިނަ ބަޔަކު ދަނީ "ހިނި އަންނަނީ" އޭ ބުނެ ޖޯކް ޖަހަމުންނެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރުން ސޮއި ކުރެއްވިއިރު އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ހިމެނިވަޑައިގެންނެވި އެވެ. އަދި ޕީޕީއެމްގެ ތެރޭގައި ތިއްބެވި މެމްބަރުންތައް އިދިކޮޅި ސިޔާސީ ފަރާތްތަކާއި ގުޅެން ފެށުމާއެކު ޕީޕީއެމް އިން "ހިނި އަންނަނީ " ނަމުގައި ހަރަކާތެއް ބާއްވަން އުޅޭކަން އިއުލާން ކުރި އެވެ. އަދި ގިނަ ބަޔަކު ތިބީ ޕީޕީއެމް އިން ބާއްވަން ތައްޔާރުވި "ހިނި އަންނަނީ" ހަރާކަތް ކުރިއަށް ގެންދާ ގޮތް ބަލާލަން ބޭނުންވެފަ އެވެ.

ނަމަވެސް "ހިނި އަންނަނީ" ޝޯގައި އާންމު މެމްބަރުން އެހާ މަދުއިރު ޕީޕީއެމް އިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުންވެސްނުދެ އެވެ. ރާއްޖެ ޓީވީގެ ނޫސްވެރިން އެތަނަށް ދިޔައިރު އެމްޑީޕީގެ ޓިކެޓްގައި ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ޔާމިން ރަޝީދާއި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ބިލެއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވުމަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގެން އަހްމަދު މުބީން ހުންނެވި އެވެ.. އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވެސް ހުންނެވި އެވެ.

ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ހާއްސަ ކަމެއް ނުހިނގާއިރު މެމްބަރު ޔާމިން ވިދާޅުވީ ތަފާތު ގޮތަކަށް މި ހަރަކާތް ކުރިއަށް ގެންދާއިރު ރައްޔިތުންނަށް އުފާވެރި ހަބަރުތައް ލިބޭނެ ކަމަށެވެ. އަދި ހަފްތާއެކު އެއް ފަހަރު މި ގޮތައް ޝޯ ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތުގައި އެހާ މީހުން މަދުވެފައި، ހާއްސަ ކަމެއް އިއުލާން ނުކުރެވުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަނީ އެމީހުން ގާތައްވެސް ޕީޕީއެމް އިން ކުރި ކަމަކުން އަންނަނީ ހިނި ކަމަށެވެ.

އަދި ހިނި އަންނަންޖެހޭ އެހެން ސަބަބެއް އެބަ އޮތެވެ. މި އިވެންޓް ރޭވީ ޕީޕީއެމްއިން ކަމެއް، މެޑަމް ފާތުންގެ އޮފީހުން ކަމެއް، އެމްޑީއޭއިން ކަމެއް ނޭނގެ އެވެ. އެކަމުން ވެސް އަންނަނީ ހަގީގަތުގައި ހިންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު