Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސްގެ އުތުރުން އޮތް ކަނޑުގެ ސަރަހައްދު

ޗާގޯސްގެ އުތުރުން އޮތް ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުން ދެކުނުގެ މަސްވެރިކަމަށް ފައިދާކުރާނެ: މިނިސްޓްރީ

ޗާގޯސްގެ 7 އަތޮޅާއި 70 ރަށް ހިމެނޭގޮތަށް ކަނޑުގެ 640،000 އަކަކިލޯމީޓަރު ވަނީ ހިމާޔަތްކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2023 | އާދީއްތަ 12:18
މަސްދޯންޏެއް

މަސްދޯންޏެއް

ޗާގޯސްގެ އުތުރުން އޮތް ސަރަހައްދު ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ވަރަށް ބޮޑަށް ފައިދާކުރާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.

އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުމާއެކު ރާއްޖެ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ފުރިހަމައަށް އިން ވަކިކުރެވިފައިވާ ގައުމަކަށް ވެފައިވާތީ، އެކަމާގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ރާއްޖެއާ މޮރިޝަސްގެ ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް، ކަނޑައަޅަންޖެހޭ އިން ކަނޑައަޅާފައިވަނީ ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާއާ އެއްގޮތަށް، އެއްވެސް ސަރަހައްދެއްގައި ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާނަމަ، އެ ސަރަހައްދެއް މެދުން ހަމަޔަށް ވާގޮތަށް ބަހައިގެންގެން ކަމަށެވެ. މިގޮތަށް ރާއްޖޭގެ އިން ބައިނަލްއަގުވާމީ ހަމަތަކާއެކު ކަނޑައެޅިގެން ދިއުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން، ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން އެ ގައުމުން ހާމަކޮށްފައިވާތީ އެކަމަށް މިނިސްޓްރީން މަރުހަބާ ކިޔާކަމަށެވެ. ޗާގޯސްގެ 7 އަތޮޅާއި 70 ރަށް ހިމެނޭގޮތަށް ވަށައިގެންވާ ކަނޑުގެ 640،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކީ 2010 ވަނަ އަހަރުން ފެށިގެން މެރިން ރިޒަރވެއްގެ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހަދެއްކަމަށެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުވެގެން ދިއުމަކީ އޭގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. ޗާގޯސްގެ މެރިން ރިޒަރވަކީ ދުނިޔޭގެ ނިސްބަތުން ގުދުރަތީ ދިރުންތައް އެންމެ މުއްސަނދި އެއް ސަރަހައްދުކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދު އިތުރުވާނެކަން ޔަގީންވެގެން ދިއުމަކީ ކަނޑުގެ ދިރުންތައް އާލާވެ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އެހީތެރި ވެދޭނެ ކަމެއް ކަމަށެވެ.

އަދި އެ ނިންމުމަކީ، "ހައި އެމްބިޝަން ކޯލިޝަން" އަދި "ގްލޯބަލް އޯޝަންސް އެލިއަންސް" އިން, ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް ކުރިއަށް ގެންދާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްގައިވާ 30×30 ލަނޑުދަނޑި ހާސިލްކުރުމަށް ލިބުނު ބާރެއްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފާއިތުވި އަހަރުތެރޭގައި ދުނިޔޭގެ ކަނޑުތަކުގެ ދިރުން ހިމާޔަތްކުރުމަށް ހައިސީސްގައި ވެށި ހިމާޔަތްކުރުމަށް ވެވުނު އެއްބަސްވުމަށް ވެސް ލިބޭނެ ބާރަކަށް ވާނެކަމަށެވެ.

ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ ފައިދާ އިތުރުކުރުމުގެ މަގުސަދުގައި ދިވެހި ސަރުކާރާއި ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "ނޫ ރާއްޖެ" މަޝްރޫއަށް އިޝާރަތްކޮށް މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ސައިންޓިފިކް މައުލޫމާތުގެ އަލީގައި މެރިން ސްޕޭޝަލް ޕްލޭނެއް ހެދިގެންދާނެ ކަމަށެވެ. އަދި ޗާގޯސްގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދާއި ރާއްޖޭގެ ސަރަހައްދުން ހިމާޔަތްކުރެވޭ ސަރަހައްދުތައް ގުޅިގެން އުފެދޭ ސަރަހައްދުތައް ވެގެންދާނީ އިންޑިޔާ ކަނޑުގެ ދިރުންތައް އާލާވުމަށް މަގުފަހިކޮށްދޭނެ އަދި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ މުހިއްމު ބިންގަލަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އިގުތިސާދީ ހަރަކާތްތައް ބިނާވެގެންވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ނޫ އިގުތިސާދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ބެލެހެއްޓުން މިހާރަށް ވުރެ ހަރުދަނާ ކުރޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު