Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން

ކުށުގެ ވެއްޓަށް ހުށަހަޅޭ ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދޭ: ސްޓޭޓް މިނިސްޓަރު

29 އެޕްރީލު 2023 | ހޮނިހިރު 08:07

ކުދިންގެ ޕްރިވެންޝަންއަށް ގިނަ މަސައްކަތްތަކެއް ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2023 | ހޮނިހިރު 08:07
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް، އަލީ ނަޒީރު

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް، އަލީ ނަޒީރު

ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެދަށުން ކުދިން މަރުކަޒުކޮށްގެން ފަރުވާ ދިނުމަށް ބޭނުންވާ މަރުކަޒުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރަމުން ދާކަމަށާއި، މިއަހަރުގެތެރޭގައި ބައެއް މަރުކަޒުތަކުން ޚިދުމަތް ދެވޭނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް، އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ބެލުމުގެ ދަށަށް ކުޑަކުއްޖަކު ގެންނަނީ ވަރަށް ގިނަ މަރުހަލާތައް ކަޑައްތުކުރުމަށްފަހު ކަމަށެވެ. އެހާހިސާބުން، ކުއްޖާގެ ހާލަތަށް ބަލާއިރު، އެކުދިން ރަނގަޅު ކުރުމަކީ އުނދަގޫ މަސައްކަތެއް ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުދިންގެ ޕްރިވެންޝަންއަށް ކަމާގުޅޭ މުއައްސަސާތަކުން ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އިޖްތިމާއީ މިފަދަ މައްސަލަތަކަކީ އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށާއި، ނަމަވެސް މިހާރު ހިންގަމުންދާ ޕްރޮގްރާމްތަކުގެ ރަނގަޅު އަސަރު ފެންނަމުންދާކަމަށެވެ. އެގޮތުން ޖުވެނައިލް ޖަސްޓިސްއަށް މީގެ ކުރީގެ އަހަރުތަކުގައި ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި، 2021 އަދި 2022ގައި ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު މަދުކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް ގިނަ މަސައްކަތްތައް އަދިވެސް ކުރަންޖެހޭ ކަމަށެވެ. މިހާރު ވެސް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުން ކުދިން މަރުކަޒުކޮށްގެން ފަރުވާ ދިނުމަށް ބޭނުންވާ މަރުކަޒުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ވިދާޅުވީ މިއަހަރުގެ ތެރޭގައި ބައެއް މަރުކަޒުތައް ނިމި، ޚިދުމަތް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕްރިވެންޝަންގެ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރާނެ ކަމަށެވެ. އަދި ކުށަށް ހުށަހެޅިފައިވާ ކުދިންނަށް އެކަށީގެންވާ ރަނގަޅު ފަރުވާދީ، އިލްމީ ގާބިލް ކުދިންތަކެއް އަނބުރައި މުޖުތަމައަށް ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް