Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފުރަތަމަ ލެގުގެ ނަތީޖާ އިން ފުއްދާލެވޭކަށް ނެތް: ގިރާލްޑޭޒް

27 އެޕްރީލު 2023 | ބުރާސްފަތި 06:20

މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކުރީ ބާސެލޯނާ އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2023 | ބުރާސްފަތި 06:20
ބާސެލޯނާގެ ކޯޗު ޖޮނަތަން ގިރާލްޑޭޒް

ބާސެލޯނާގެ ކޯޗު ޖޮނަތަން ގިރާލްޑޭޒް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ކުރިމަތިލާއިރު، ފުރަތަމަ ލެގުގެ ނަތީޖާ އިން ފުއްދާލެވެން ނެތް ކަމަށް ބާސެލޯނާގެ ކޯޗު ޖޮނަތަން ގިރާލްޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ދެ ވަނަ ލެގުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކުރީ ބާސެލޯނާ އިންނެވެ. އެހެންކަމުން ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް ބާސެލޯނާ އަށް ފައިނަލުން ޖާގަ ހޯދޭނެ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގިރާލްޑޭޒް ބުނީ، ޓީމެއްގެ ގޮތުގައި ބާސެލޯނާ އަށް ކުރެވޭނެ އެތައް ކަމެއް ކުޅުންތެރިންނަށް ވެސް ބުނެދީފައިވާނެ ކަމަށާއި، އެހެންކަމުން ދެ ވަނަ ލެގަށް ނިކުންނަން ޖެހޭނީ އިތުބާރާއެކު ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ލެގުގެ ނަތީޖާ އަކީ ފުއްދާލެވޭނެ ނަތީޖާއެއް ނޫން ކަމަށާއި، ކުރިއަށް އޮތީ މުޅިން އައު މެޗެއް ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި ކުޅޭއިރު އެތައް ކަމެއް ކުރިމަތިވާނެ ކަމަށާއި، އެހެންކަމުން އެ ކަންކަމާ ކުރިމަތިލާން ޖެހޭނީ އެންމެ އެކުވެގެން ކުރެވޭ މަސައްކަތުން ކަމަށެވެ.

ގިރާލްޑޭޒް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މިހާރު ބާސެލޯނާ އަށް ލިބިފައިވާ ފުރުސަތަކީ އިތުރު ޗެމްޕިއަންސް ލީގެއްގެ ފައިނަލް ކުޅުމަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ ކުރިމަތީގައި ނުވަ ދިހަ މިނެޓުގެ އިތުރު މެޗެއް ކަމަށާއި، އެހެންކަމުން އެ މެޗު ކާމިޔާބުކުރަން ފޯކަސް ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެ މެޗަށް ނިކުންނަން ޖެހޭނީ މިހާތަނަށް އެއްވެސް ކަމެއް ހާސިލް ކުރެވިފައި ނެތް ކަމަށް ސިކުނޑީގައި ވިސްނުން ބަހައްޓައިގެން ކަމަށެވެ. ގިރާލްޑޭޒް ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު، ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބުމަކީ ވެސް ފައިނަލަށް ދާން އޮތް ބޮޑު އުންމީދެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

ބާސެލޯނާ އިން އެ ޓީމުގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 21:45 ގައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް