Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާން ހަނގުރާމަ

ސޫދާންގައި ބަޔޮލޮޖިކަލް ކާރިސާއެއް ހިނގާފާނެކަމުގެ ބިރު ބޮޑު: ޑަބްލިއު.އެޗް.އޯ

26 އެޕްރީލު 2023 | ބުދަ 05:03

ޖަމިއްޔާތަކުން ދަނީ ހަނގުރާމަ ހުއްޓާލައި، މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސޫދާނަށް ޕްރެޝަރުކުރުމަށް ގައުމުތަކަށް ގޮވާލަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 އެޕްރީލު 2023 | ބުދަ 05:03
ދާހިލީ ހަނގުރާމައެއް ކުރަމުންދާ ސޫދާންގައި ބަޔޮލޮޖިކަލް ކާރިސާއެއް ހިނގާފާނެކަމުގެ ބިރު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

ދާހިލީ ހަނގުރާމައެއް ކުރަމުންދާ ސޫދާންގައި ބަޔޮލޮޖިކަލް ކާރިސާއެއް ހިނގާފާނެކަމުގެ ބިރު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

ދާހިލީ ހަނގުރާމައެއް ކުރަމުންދާ ސޫދާންގައި ބަޔޮލޮޖިކަލް ކާރިސާއެއް ހިނގާފާނެކަމުގެ ބިރު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއިންޒާރު ދީފައި ވަނީ އަންގާރަ ދުވަހުއެވެ.

އެޖަމިއްޔާއިން ވަނީ ހަނގުރާމައިގެ ސަބަބަުން ސޫދާންގެ ވެރިރަށް ޚާތޫމްގައި ހުންނަ ނެޝަނަލް ޕަބްލިކް ހެލްތު ލެބޯޓަރީއަށް ލެބޯޓަރީ ޓެކްނިޝަނުންނަށް މިހާރު އެކްސެސް ނުވެވޭކަމަށެވެ. މިއީ މީސިލްސް އާއި ކޮލެރާ ފަދަ ނުރައްކާތެރި ވައިރަސްތަކުގެ ޓެސްޓުތައް ކުރަމުންދާ ލެބޯޓަރީއެއްކަން އެޖަމިއްޔާއިން ފާހަގަކުރެއެވެ.

ލެބޯޓަރީގައި ހުރިތަކެތި ރައްކާތެރިކޮށް ބެހެއްޓޭނެ ގޮތް ހެދުމަށް، ޓެކްނީޝަނުން، ލެބޯޓަރީއަށް ވަންނަ ކުރާ މަސައްކަތްތައް ނާކާމިޔާބުވާ ކަމަށާއި، މިހާރު އެޓެކްނިޝަނުންނަށް ލެބޯޓަރީއަށް އެކްސެސް ނުވެވޭކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮށްފައެވެ.

ސޫދާންގެ އަސްކަރިއްޔާ އާއި އެގައުމުގެ ހަނގުރާމަވެރި ޖަމާއަތް، ރެޕިޑް ސަޕޯޓް ފޯރސެސް (އާރްއެސްއެފް) އާދެމެދު ހަނގުރާމަ ފަށާފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. މިހަމަލާ ބަދަލުކުރުންތަކުގައި 450ށް ވުރެ ގިނަ މީހުން މަރުވެ، 4،000ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކައެވެ.

މިހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން އެގައުމުގައި އާންމުނަށް ހިދުމަތްދޭ ގިނަ އިދާރާތެއްގެ ހިދުމަތްތައް ވަނީ ހުއްޓިފައެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ހޮސްޕިޓަލްތައްވެސް ހިމެނއެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކާނާ އާއި ފެން އަދި ކަރަންޓާ ނުލައި ގެތަކުގައި ތާށިވެފައެވެ.

އދ އިން އެގައުމުގައި ފޯރުކޮށްދެމުން އައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިހާރު ހުރަސްއެޅިފައިވާކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ.

އދ އިން މައުލޫމާތުދޭގޮތުގައި ހަނގުރާމަ ފެށުނު ފަހުން ސޫދާންގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދިޔަ ފަސް މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މި ސްޓާފުން ނިސްބަތްވި ދެ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން އަދި ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ އެޖަމިއްޔާތަކުން ސޫދާންގައި ކުރިއަށްގެންދާ ހަރަކާތްތައް މަޑުޖައްސާލާފައެވެ.

އެޖަމިއްޔާތަކުން ވަނީ ހަމަލާ ބަދަލުކުރުންތައް ވަރުގަދަ ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންދިޔަ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އޮޕަރޭޝަންތައް މަޑުޖައްސާލަން މަޖުބޫރުވެފައިވާކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ސޫދާންގެ އާންމު ރައްޔިތުންނަށް ބޭނުުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

މީގެ އިތުރުން ޖަމިއްޔާތަކުން ދަނީ ހަނގުރާމަ ހުއްޓާލައި، މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސޫދާނަށް ޕްރެޝަރުކުރުމަށް ގައުމުތަކަށް ގޮވާލަމުންނެވެ.

ސުދާންގައި ދިރިއުޅެމުންދިޔަ އެތައް ހާސް ބަޔަކު، ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަން ފަށާފައިވާއިތީ އެމީހުންނަށް އެހީ ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔާރީތައް އދގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ވަމުންދާކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ.

އެގޮތުން، ދެކުނު ސޫދާނުން ސޫދާނަށް ދިރިއުޅުން ބަދަލު ކުރި، ރެފިއުޖީންވެސް ވަނީ އަނބުރާ ދެކުނު ސޫދާނަށް ދާން ފަށާފައެވެ.

އަދ އިން ބުނާ ގޮތުގައި އެޖަމިއްޔާއިން ދަނީ ދެކުނު ސޫދާނުން ސޫދާނަށް ދިރިއުޅުން ބަދަލުކުރި މީހުންގެ ތެރެއިން 125،000 އެއްހާ މީހުން އަލުން އަނބުރާ ދެކުނު ސޫދާނަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމުގެ މަސައްކަތާއި، ސޫދާންގެ 45،000 ރެފިއުޖީންނަށް ބޯޑަރު ހުރަސްކުރުމުގެ މަގުފަހިކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.

މިކަމުގައި އެންމެ ބޮޑަށް އިސްކަންދެވޭނީ ދެކުނު ސޫދާނުން ސޫދާނަށް ދިރިއުޅުން ބަދަލުކުރި ރެފިއުޖީންނަށް ކަމަށާއި މިހާތަނަށް އައި އިރު، 10،000 ރެފިއުޖީން އަނބުރާ ދެކުނު ސޫދާނަށް ގޮސްފައިވާކަމަށް އދ އިން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2017

ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

27 ނޮވެމްބަރު 2017
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން
22 ނޮވެމްބަރު 2017

ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ

22 ނޮވެމްބަރު 2017
ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ
18 އޮކްޓޯބަރު 2017

ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ

18 އޮކްޓޯބަރު 2017
ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ
05 އޮކްޓޯބަރު 2017

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

05 އޮކްޓޯބަރު 2017
 ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް
30 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި
28 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް

28 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް
27 އޯގަސްޓު 2017

ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ

27 އޯގަސްޓު 2017
ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް