Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ

ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް

ހަމަނުޖެހުން ހުއްޓުވުމަށް މިޔަންމާގެ ލީޑަރު މަަސައްކަތްކުރެއްވުމަށް ވެސް އިނގިރޭސި ވިލާތުން ވަނީ ގޮވާލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 09:10
ހާލުގައިޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް

ހާލުގައިޖެހިފައިވާ ރޮހިންޖާ މުސްލިމުންތަކެއް

ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ "ގަބޫލު ކުރެވޭނެ ކާރިސާ"އެއް ނޫން ކަމަށާއި މިޔަންމާގެ ލީޑަރު އަން ސަން ސޫޗީގެ ސަރުކާރުން ހަމަނުޖެހުން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން ބުނެފިއެވެ.

މިޔަންމާ އަށް ކުރެއްވި ދަތުރުފުޅެއްގައި، އިނގިރޭސި ވިލާތުން އޭޝިޔާ އަށް ކަނޑައަޅުއްވާފައިވާ މިނިސްޓަރު މާކް ފީލްޑް ބުރާސްފަތި ދުވަހު ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީދިނުމަށް އޮތް ހުރަސްތައް ނައްތާލަން ޖެހޭނެ ކަމަށެވެ.

ފާއިތުވި ހަފްތާތަކުގެތެރޭގައި މިޔަންމާގެ ރަކައިން ސްޓޭޓުގައި ހިނގައި ދިޔަ ކަންކަމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކާރިސާއެއް ނޫން ކަމަށާއި، ހަމަނުޖެހުން މިހާރުން މިހާރަށް ހުއްޓެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަނުޖެހުމުން ސަލާމަތްވުމަށް ރަކައިން ސްޓޭޓް ދޫކޮށް ދިޔަ ފަރާތްތަކަށް އަނބުރާ އެބައި މީހުންގެ ގޯތިގެދޮރަށް ރައްކާތެރިކަމާ އެކު އާދެވެން ޖެހޭނެ ކަމަށެވެ.

މާކް ފީލްޑް ވިދާޅުވީ މިޔަންމާ އިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށާއި އެހެެންނަމަވެސް ރަކައިން ސްޓޭޓުގައި ހިނގަމުންދާ ހަަމަނުޖެހުންތަކުގެ ސަބަބުން މިޔަންމާގެ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުން އޭޝިޔާ އަށް ކަނޑައަޅުއްވާފައިވާ މިނިސްޓަރު މާކް ފީލްޑް މިޔަންމާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއާ ބައްދަލު ކުރެއްވުމުގެ އިތުރަށް ރޮހިންޖާ މުސްލިމުންނަށް ނިކަމެތިކަން ލިބެމުންދާ ރަކައިން ސްޓޭޓަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން އދ. އިން ބުނެފައި ވަނީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ.

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ

އިތުރަށް ކިޔާލަން

24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
22 ޖޫން 2017

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު

22 ޖޫން 2017
އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު
14 ޖޫން 2017

ގަތަރު މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް:އެމެރިކާ

14 ޖޫން 2017
ގަތަރު މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް:އެމެރިކާ
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
27 ފެބުރުއަރީ 2017

ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި

27 ފެބުރުއަރީ 2017
ނޭވީ ސެކްރެޓަރީ ކަމަށް ރައީސް ޓްރަމްޕް ނަން ހުށަހެޅުއްވި ފިލިޕް ބައިލްޑެމް މަގާމު ގަބޫލު ނުކުރައްވައި ނަން ގެންދަވައިފި
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު