Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ހާވީ

ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ

މިހާތަނަށް އެކަކު މަރުވެފައިވާކަމަށް ކަށަވަރު ކުރެވިފައިވާއިރު އޭނާ މަރުވެފައިވަނީ ރޮކްޕޯޓުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 އޯގަސްޓު 2017 | އާދީއްތަ 05:34
ގަދަ ވައިގެ ސަބަބުން ރެސްކިއު މަސައްކަތަށް ހުއްޓުން އަރާފައިވާއިރު އެތައްހާސް ބަޔަކު ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފަ

ގަދަ ވައިގެ ސަބަބުން ރެސްކިއު މަސައްކަތަށް ހުއްޓުން އަރާފައިވާއިރު އެތައްހާސް ބަޔަކު ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފަ

ތޫފާން ހާވީ އާއްމު ކޮޅިގަނޑަކަށް ބަދަލުވެ ބޯކޮށް ވާރޭވެހި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު އެބަ އޮތް ކަމަށް ޓެކްސަސްގެ ގަވަރނަރ ގްރެގް އެބޮޓް ވިދާޅުވެއްޖެއެވެ.

އެބޮޓް ވިދާޅުވީ ހިއުސްޓަންއާއި ކޯޕަސް ކްރިސްޓީއަށް މިހާރުވެސް 20 އިންޗިއަށް ވާރޭވެހިފައިވާކަމަށެވެ. އަދި ކޮޅިގަނޑު ދާނީ ހަފްތާގެ މެދެއްހާ ހިސާބުގައި ކަމަށް ލަފާކުރެވިފައިވާއިރު އިތުރު 40 އިންޗިއަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވިފައިވާކަމަށެވެ.

ގަދަ ވައިގެ ސަބަބުން ރެސްކިއު މަސައްކަތަށް ހުއްޓުން އަރާފައިވާއިރު އެތައްހާސް ބަޔަކު ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައެވެ.

މިހާތަނަށް އެކަކު މަރުވެފައިވާކަމަށް ކަށަވަރު ކުރެވިފައިވާއިރު އޭނާ މަރުވެފައިވަނީ ރޮކްޕޯޓުންނެވެ.

އެމެރިކާގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ހިއުސްޓަން ހޮނިހިރު ދުވަހުގެރޭ ގަޑިއެއްހާއިރު ތެރޭ ދޭއް ނުވަތަ ތިން އިންޗީގެ ވާރޭވެހިދާނެކަމަށް މޭޔަރ ސިލްވެސްޓަރ ޓަރނަރ ވަނީ ވިދާޅުވެފައެވެ.

ހިއުސްޓަންގެ ބްރޭޒަސް ކޯރުގެ ފެންގަނޑު ބޮޑުވަމުންދާތީ ގާތްގަނޑަކަށް 4،500 ގައިދީއަކު އެހެން ޖަލަކަށްވަނީ ބަދަލުކޮށްފައެވެ.

ތޫފާން ހާވީ ޓެކްސަސްއަށް އަރާފައިވަނީ ކެޓަގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައެވެ. ނަމަވެސް ހޮނިހިރު ދުވަހުވަނީ ތޫފާންގެ ބާރުދަށްވެ މޫސުމީ ކޮޅިގަނޑަކަށް ކެޓަގަރީ ދަށްކޮށްފައެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ

29 އޯގަސްޓު 2017
ތޫފާން ހާވީ:ޓެކްސަސްގެ ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ
28 އޯގަސްޓު 2017

ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި

28 އޯގަސްޓު 2017
ތޫފާން ހާވީ:ފެންބޮޑުވުމުގައި ހާލުގައި ޖެހިގެން 2،000 މީހުން ސަލާމަތް ކޮށްފި
26 އޯގަސްޓު 2017

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ
26 އޯގަސްޓު 2017

އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އަރައިފި

26 އޯގަސްޓު 2017
އެމެރިކާގެ ޓެކްސަސްއަށް ތޫފާން ހާވީ އަރައިފި
24 އޯގަސްޓު 2017

ތޫފާން ހަޓޯ: ދެކުނު ޗައިނާ އަށް އަރާ 12 މީހުން މަރުވެއްޖެ

24 އޯގަސްޓު 2017
ތޫފާން ހަޓޯ: ދެކުނު ޗައިނާ އަށް އަރާ 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު