Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕް

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

5 އޮކްޓޯބަރު 2017 | ބުރާސްފަތި 16:11

ޓިލާސަންއާ މެދު ނުތަނަވަސްކަމެއް ނެތް ކަމަށް ވިދާޅުވިއިރު ޓިލާސަން ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 16:11
ރެކެްސް ޓިލާސަން

ރެކެްސް ޓިލާސަން

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އެއްވެސް އިރެއްގައި "އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ ކަމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އިތުުރަށް ވިދާޅުވީ ޓިލާސަންއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން "އެންބީސީ" އިން ތައްޔާރުކޮށްފައިވާ ޚަބަރު ރިޕޯޓަކީ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރެއް ކަމަށެވެ.

ރައީސް ޓްރަމްޕް މިހެން ވިދާޅުވިއިރު "އެެންބީސީ" އިން ތައްޔާރުކޮށް ގެނެސްދިން ޓީވީ ރިޕޯޓެއްގައި ބުނީ މިއަހަރު ކުރީކޮޅު ޓިލާސަން އިސްތިއުފާ ދެއްވާ ހާލަތަށް ވަޑައިގެންނެވި ކަމަށާއި އެކަން އެހެން ދިމާވާން މެދުވެރިވީ ރައީސް ޓްރަމްޕް އާއި ޓިލާސަންއާ ދެމެެދު މައްސަލަތަކެއް ޖެހުމުގެ ސަބަބުން ކަަމަށެވެ. އިތުރަށް އެންބީސީ ރިޕޯޓުގައި ބުނީ ޖުލައި މަހު ޕެންޓަންގަންގައި ރައީސް ޓްރަމްޕް، ޓިލާސަން އާއި އަދިވެސް އެހެނިހެން ސީނިޔާ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޓިލާސަންއާ މެދު ރައީސް ޓްރަމްޕް ކޯފާފުޅު އިސްކުރައްވާ "މޮޔައެކޭ" ވިދާޅުވި ކަމަށެވެ.

ޓިލާސަންއާ މެދު ނުތަނަވަސްކަމެއް ނެތް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއިރު ޓިލާސަން ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. ބުދަ ދުވަހު ޓިލާސަން ވިދާޅުވީ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ވާހަކަ ދޮގު ކުރައްވާފައެވެ.

"އެންބީސީ" ޓީވީ ރިޕޯޓާއި ޓިލާސަންގެ ވާހަކަފުޅު މީޑިއާ އަށް ތިލަވިއިރު ދާދިފަހުން ޓިލާސަން އާއި ރައީސް ޓްރަމްޕާ މެދު ކުޑައިމީސްކޮށް ވާހަކަ ދައްކަވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން އުތުރު ކޮރެޔާގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކުރައްވާ މަސައްކަތްޕުޅަކީ އެ މަނިކުފާނުގެ ވަގުތު ބޭކާރުކުރެއްވުން ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ފްރާންސްގެެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

21 ޖޫން 2017
ފްރާންސްގެެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި
14 ޖޫން 2017

ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

14 ޖޫން 2017
ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް