Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދ އަތޮޅު ކައުންސިލް

އިންތިގާލީ މުއްދަތުގައި އެލްޖީއޭގެ ހުއްދަ ނުހޯދައި، ދ އަތޮޅު ކައުންސިލުން ހަރަދުކުރިކަން ހާމަވެއްޖެ

ޖުމްލަ 253،294 ރުފިޔާ ހަރަދުކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ނުހޯދައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 11:40
ދ އަތޮޅު ކައުންސިލް އިދާރާ

ދ އަތޮޅު ކައުންސިލް އިދާރާ

އިންތިގާލީ މުއްދަތުގައި، އެލްޖީއޭގެ ހުއްދަ ނުހޯދައި ދ އަތޮޅު ކައުންސިލުން ހަރަދުކުރިކަން ހާމަވެއްޖެއެވެ.

ދ އަތޮޅު ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 3 ޖޫން 2020ން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން އިންތިހާބުގެ މަގާމާ ހަވާލުވަންދެން ހިނގާ އިންތިގާލީ މުއްދަތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެގޮތް ކަނޑައަޅާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020ގެ 4 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައި ވާގޮތުން، އެ މުއްދަތުގެ ތެރޭގައި (3 ޖޫން 2020ން 16 މެއި 2021ށް) އެ މާއްދާގައި ބަޔާންކޮށްފައިވާ ވަކި ކަންތައްތަކެއް ކުރުމުގެ ކުރިން ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އޭގެތެރޭގައި؛ ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދުކުރުން ހިމެނެއެވެ. އަދި މިކަން އިތުރަށް ތަފްސީލުކޮށްދީ 5 ޖުލައި 202ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. އެ އެންގުމުގައި، ރައްޔިތުންގެ ފައިސާއަކީ ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ފިޔަވައި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާކަމަށް ބަޔާންކޮށްފައިވެސް ވެއެވެ. ކައުންސިލްތަކުގެ ހިސާބު ބެލެހެއްޓުމުގެ ކަންތައްތައް ރާވާފައިވާގޮތުން، ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ރެކޯޑްކޮށް ބަލަހައްޓަންޖެހޭނީ ފަންޑް ކޯޑް ޖޭ-ޖީއޯއެމްގައެވެ.

އެހެންކަމުން ޖޭ-ޖީއޯއެމްއިން ކުރާ ހަރަދުތައް ފިޔަވައި ހުރިހާ ހަރަދަކަށް މި މުއްދަތުގައި ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަންޖެހެއެވެ.

ނަމަވެސް ދ އަތޮޅު ކައުންސިލުން އިންތިގާލީ މުއްދަތުގެތެރޭގައި ކޮށްފައިވާ ގިނަ ހަރަދުތައް ކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ނުހޯދައެވެ. އެގޮތުން 3 ޖޫން 2020ން ފެށިގެން 31 ޑިސެމްބަރު 2020ގެ ނިޔަލަށް ހިނގި މުއްދަތުގައި ކައުންސިލް އިދާރާގެ ޖޭ-އެލްސީއެލް (ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުން ލިބޭ އާމްދަނީއާއި އެ އާމްދަނީން ކުރެވޭ ހަރަދާ ގުޅޭ) ފަންޑުން ޖުމްލަ 253،294 ރުފިޔަ ހަރަދުކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ނުހޯދައެވެ.

އޮޑިޓް އޮފީހުން ވަނީ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކާގުޅޭ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެވޭނެ ނިޒާމެއް ކައުންސިލްގެ އިދާރާގައި ހަމަޖައްސައި، އެފަދަ ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމްކުރާ އެންމެހާ ކަންތައްތައް، އޭގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު