Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައިލެންޑް އޭވިއޭޝަން ސާވިސަސް

އައިލެންޑް އޭވިއޭޝަން އަށް 2.28 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ

14 ޖޫން 2025 | ހޮނިހިރު 11:51

ކުންފުނީގެ ފައިދާ އާ އާމްދަނީ ދަށަށް ގޮސްފައިވާއިރު 2023 ވަނަ އަހަރާ އަޅާ ބަލާއިރު މުވައްޒަފުންގެ ޚަރަދުތަކަށް 2024 ވަނަ އަހަރު 34.7 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވޭ.

ރާއްޖެ އެމްވީ | 14 ޖޫން 2025 | ހޮނިހިރު 11:51
 މޯލްޑިވިއަންގެ ފްލީޓަށް 5 ވަނަ އޭޓީއާރު ބޯޓަށް މަރުހަބާ ކިޔުން

މޯލްޑިވިއަންގެ ފްލީޓަށް 5 ވަނަ އޭޓީއާރު ބޯޓަށް މަރުހަބާ ކިޔުން

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑު (އައިއޭއެސް) އަށް 2024 ވަނަ އަހަރު 2.28 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިއޭއެސް އަށް 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާ އެވެ.

ކުންފުންޏަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ އެތެރޭގެ އުދުހުންތަކުން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ. އެ ގޮތުން ފަސިންޖަރުންގެ އަތުން އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ 2024 ވަނަ އަހަރު ލިބިފައިވެއެވެ. އެހެން ނަމަވެސް އެއީ ހުސްވި އަހަރާ އަޅާ ބަލާއިރު 4.6 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އައިއޭއެސް އަށް 2024 ވަނަ އަހަރު ލިބުނު އާމްދަނީ ވެސް އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 44 މިލިއަން ދަށްވެފައިވާކަން އޮޑިޓް ރިޕޯޓުގެ ކުންފުނީގެ މާލީ ހާލަތު އަންގައިދޭ ބަޔާނުން ފާހަގަ ކުރެވެއެވެ.

ކުންފުނީގެ ފައިދާ އާ އާމްދަނީ ދަށަށް ގޮސްފައިވާއިރު 2023 ވަނަ އަހަރާ އަޅާ ބަލާއިރު މުވައްޒަފުންގެ ޚަރަދުތަކަށް 2024 ވަނަ އަހަރު 34.7 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ސަރުކާރުގެ އެކި އިދާރާތަކުން އައިއޭއެސް އަށް ދަށްކަން ޖެހޭ 229.4 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަނީ ނުލިބިއެވެ. މި ގޮތުން ހުސްވި އަހަރު ނިމުނުއިރު އާސަންދައިން 99.2 މިލިއަން ރުފިޔާ އާއި ރީޖަނަލް އެއަރޕޯޓްސް އިން 14.7 މިލިއަން ރުފިޔާ އާއި ފެނަކައިން 11 މިލިއަން ރުފިޔާ އާއި ޕަބްލިކް ސާވިސް މީޑިއާ އިން 3.5 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ފާހަގަ ކުރެވެއެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުވެސް ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ. އެގޮތުން އެ އަހަރު އެ ކުންފުންޏަށް 71.4 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަކީ 2000 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކުންފުނިން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ ފަސިންޖަރުންނާއި މުދާ އުފުލުމުންނާއި، އެކްސެސް ލަގެޖް ފީ އާއި އެއަރޕޯޓް ޓަރމިނަލްގެ ޚިދުމަތްތަކާއި، އިންޖިނިއަރިންގ ޚިދުމަތްތައް ދީގެންނާއި، އެއަރ ޗާޓަރ އަދި ގުޅުންހުރި ޙަރަކާތްތަކުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް