Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮތަޅުން ފީ ނަގަން ފެށުން

ކުއްލިއަކަށް އެންމެންގެ ބޮލުގައި "ކޮތަޅު"، އުޅެއުޅެ ނުނެއްޓުނު!

ޕްލާސްޓިކް ކޮތަޅު ގެންގުޅުމަކީ ތިމާވެއްޓާ ބީރައްޓެހި ގޮތެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އެޕްރީލު 2023 | ހޮނިހިރު 14:44
ކޮތަޅުގެ ވާހަކަ ނުދެކެވޭ ތަނެއް ނެތް

ކޮތަޅުގެ ވާހަކަ ނުދެކެވޭ ތަނެއް ނެތް

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކުނި މެނޭޖުކުރުމުގެ ގާނޫނާއެކު، ކުންޏާމެދު ހިތަމުން އައި ގޮތް މިދަނީ އިންތިހާއަށް ބަދަލުވެފައެވެ. މި ގާނޫނުގެ މަގުސަދަކަށްވީ ކުނި އުފެދޭ މިންވަރު މަދުކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްފަދަ ބާވަތްތައް ވީހާވެސް މަދުކުރުމެވެ. ގާނޫނުގައި ވާގޮތަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ކޮތަޅުން ފީ ނަގަން ފަށަން ޖެހޭ ގޮތަށް އޮތް އޮތުމެވެ. މި ބަދަލު ގެނައީ ގާނޫނަށް އަމަލުކުރަން ފެށިތާ 4 މަސް ހަމަވާ ތާރީހުން ފެށިގެންނެވެ. ގާނޫނު ފާސްކުރި ތާރީހުން ފެށިގެން ބަލާނަމަ އެބުނާ ހަތަރު މަސް ދުވަސް ހަމަވީ ނިމިޔަ ހަފުތާގެ އަންގާރަ ދުވަހަށެވެ. އެއާއެކު، އަންގާރަ ދުވަހުން ފެށިގެން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ވަނީ ފަށާފައެވެ.

ދެނަކާއި ދެނެއް ނެތެވެ. ދެ މީހަކު ކޮފީއަކަށް އެރިޔަސް ދައްކަނީ މި ކޮތަޅުގެ ވާހަކައެވެ. ސިޔާސީ ސައްލާއެއް ކުރިޔަސް ދައްކަނީ އެއްކަލަ ކޮތަޅުގެ ވާހަކައެވެ. ތިމާގެ ދެ މީހަކު ދިމާވެ ބައްދަލުވީމައި، "ކޮބާ ހާލު ކިހިނެއްހޭ" އަހާލާ އުސޫލުން "ކޮތަޅު ހާދަހާވާ އަގު ބޮޑޭ" ކިޔަން ފަށައިފިއެވެ. ދެ މީހަކު އެއްވާ ތަނެއްގައި ވިއްޔާ ދައްކަނީ ކޮތަޅުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހަކަސް ސިޔާސީ އެހެން ފެންޑާއަކަސް ދައްކަނީ ކޮތަޅުގެ ވާހަކައެވެ. ނުވިތާކަށް މީސްމީޑިއާގެ ޕްލެޓްފޯމުތަކުގައި ވެސް އެންމެ ފޯރި ނަގާފައި ދައްކަނީ ހަމަ ކޮތަޅުގެ ވާހަކައެވެ. ބާޒާރު މައްޗަށް ދިޔަޔަސް، ފިހާރައަކަށް ދިޔަޔަސް ހަމަ އެ ކޮތަޅުގެ ވާހަކައެވެ.

އެންމެންގެ ބޮލުގައި ކޮތަޅު ނޫން އެއްޗެއް ހަރުލާފައެއް ނެތެވެ. ގައުމުގައި މި ނޫނީ ހައްސާސް މައްސަލަ އެއް ނެތްކަހަލައެވެ. އަދި މިއަށްވުރެ ބޮޑު ތުރާލެއްވެސް މިހާރު ނެތް ކަހަލައެވެ. އުޅެއުޅެވެސް ދުލަކުން މިވާހަކަ ނެއްޓޭނެ ގޮތެއް ނުވިއެވެ. ޕްލާސްޓިކް ކޮތަޅަކީ ހަމަ އެހާވެސް މުހިންމު އެއްޗެއްބާވައެވެ! މިހާރު ބައެއް މީހުން ދައްކާ ވާހަކައިން ހީވަނީ ޕްލާސްޓިކް ކޮތަޅު ނުލިބިއްޖެއްޔާ ދެން ބާޒާރަށް ގޮސް ގަންނަ އެއްޗެއް ގެއަށް ގެންދެވޭނެ ހަމަ އެއްގޮތެއްވެސް ނެތީހެންނެވެ.

އެހެނަސް ދިވެހިންނަކީ ޒަމާނުއްސުރެ ޕްލާސްޓިކް ކޮތަޅު ބޭނުންކުރަން ފަރިތަވެގެން އެ ސަގާފަތުގެ މަތީގައި ދެމިތިބި ބައެއް ނޫނެވެ. ކޮތަޅު އެންމެ ބޮޑަށް އާއްމުވެގެން އައީ 2000ގެ އަހަރުތަކުގެ ތެރޭގައެވެ. އެކްްޕޯޓުގެ ދުނިޔެއަށް ރާއްޖެ ހުޅުވިގެން އައީ ރާއްޖޭގެ އެތެރެވަރިއަށް ބާޒާރު ކޮތަޅުގެ ވަކި ހިއްޕާލަމުންނެވެ. ދިވެހިންގެ ހަނދާނުގައި ބާލިދީއާއި ޑަބިޔާއާއި، ފުށާއި ހަކުރާއި ކާން ބޭނުން ކުރާ ގޮވާމުގެ ބާވަތްތައް ލޯގަނޑުގައި ގެންދިޔަ ހަނދާން ހުންނާނެއެވެ. މަސް ގަނެގެން ދަނީ ނިގުލުގައި ފަށެއް އައްސައިގެންނެވެ. އެއަށްވުރެ ކުރިއަށް ޖެހިލާނަމަ، މުޅޯއްޓާއި ލަކުޑީގެ އެކި އުފެއްދުންތަކުގައި އެއްޗެހި އުފުލި ހަނދާން ހުންނާނެ މީހުން އަދި ދިވެހިންގެ ތެރޭގައި އެބަހުއްޓެވެ. ފަހަރެއްގައި މިއަދުގެ ޖީލަށް މި ވާހަކަ ނޭނގިދާނެއެވެ. މަންމައާއި ބައްޕަމެން، އަދި މާމަމެންނާއި ކާފަމެން މިކަމަށް ހެކިދޭނެއެވެ. އެހެެންވީމައި މިއަދު ފޮތި ކޮތަޅާއި ޕްލާސްޓިކް ނޫން އެއްޗެހީގައި ތަކެތި އުފުލުމުގެ އަޖުމަ ބަލައިލުން މިއީ މާ ބުރަ ކަމަކަށް ވެގެން ނުވާނެއެވެ.

ދެން އޮތީ ކޮތަޅުން ފީ ނަގާތީ އެކަމުގެ ކަންބޮޑުވުމުގެ ވާހަކައެވެ. އެއް ކަމަކަށް ދިވެހިންނަށް ބަދަލެއް ބަލައިގަތުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ބައެއް ފަހަރު ތިމާ މީހާގެ ހުންނަ އާދައެއް ބަދަލުކޮށްލުން ވަނީ އަމުދުން ވަރަށް ބުރަ ކަމަކަށެވެ. ކޮންމެ މީހަކުވެސް، ކޮތަޅުގެ ސަބަބުން ވެލާ ފަދަ މަސްމަހާއި މެއްސަށް ލިބޭ އަނިޔާތައް މީސްމީޑިއާއިން ފެނުމުން ނިކަން ދިގު ޕެރެގްރާފްތައް ލިޔެ ހަދާނެއެވެ. ތިމާވެއްޓޭ ބުނެ، އެކި ޝިއާރުތައް ފާޅުކުރާ މީހުން އެހާ ގިނައެވެ. އެކަމަކު ޕްލާސްޓިކް ހުއްޓުވަން އަޅާ ފިޔަވަޅަކުން ތިމާގެ އާދަ ބަދަލުކޮށްލަންޖެހޭ ހިސާބުން އެއްކަލަ މީސްމީޑިއާއަށް ނުކުމެ ބޮޑާހާކަން ފަށަންވީއެވެ. ހަގީގަތަކީ ބަދަލުތަކަށް ހިތްވަރެއް ކޮށްލާފައި ހޭނުމަށްވުރެ، ގަދަދައްކައިގެން އިހުގައި ތިބިގޮތަށް ތިބެން ފައިވިއްދާފައި ތިބޭ މީހުން ގިނަވުމެވެ.

ދެން މިއީ އަނެއްކާ އަނެއް ވާހަކައެވެ. ސަރުކާރާއި ދައުލަތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިން ފޫކަހާފައި ތިބޭ ތިބުމެވެ. ކޮންމެ ބަދަލަކާއެކު މީސްމީޑިއާއަށް ނުކުމެ އަޑުގަދަކޮށް ހަޅޭއްލަވާ ހިސާބުން، އިދާރާތަކާއި ވުޒާރާތައް "ސައިޒުވެ" ކުޑަކަކޫ ޖަހަންވީއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކުރެއްވުމުން، ޕްލާސްޓިކް ކޮތަޅުބޮނޑީގެ އަގު ބޮޑުވެގެން އުޅޭ މައްސަލަ ހައްލުވެގެންދާކަމަށް ސަރުކާރުން ބަޔާނެއް ނެރެން ޖެހުނީވެސް މިދެންނެވި އުސޫލުންނެވެ. އެންމެން ނުކުމެ މީސްމީޑިއާގައި އެއްވާނަކަށް ހަޅޭއްލަވަން ފެށުމުން ވުޒާރާއިންވެސް އެކަމުގައި ފަސްޖެހެން މަޖުބޫރުވިކަހަލައެވެ.

އެކަމަކު ކޮތަޅުބޮނޑިއެއް ގަތުމުން ލިބޭ އަގު ދަށްވުމަކީ އެ ގިނައިން ބަލްކުކޮށް ގަންނަން އެޅޭ ބާރެކެވެ. އެހާ ހިސާބުން، ޕްލާސްޓިކް މަދުކުރުމަށް އެޅި ފިޔަވަޅު ފަނުފުލުން ދިޔައީއެވެ. އެކަަމަކު އާއްމުން ނުރުހިދާނެތީ މިކަހަލަ ފިޔަވަޅުތައް އަޅަން ނުކެރިގެން ދަނީ މަދެއްކޮށެއް ނޫނެވެ. ގާނޫނާ ހިލާފަށް އުޅެގެން ކުރާ ޖޫރިމަނާ، އިންތިހާބުތަކާ ދިމާކޮށް މައާފްކުރާނެއެވެ. އާ ޓެކުހެއް ނުވަތަ މެއިންޓެނެންސްފީއެއް ނަގަންޏާ، ރައްޔިތުން ނުރުހިދާނެތީ، ސަބްސިޑީއާއި އެ ނޫންވެސް އިނާޔަތްތައް ދީގެން ދެކޮޅުނުޖެހޭ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުންވެސް ހެވެވެ. އަދި އެއްވެސް ކަމަކަށް މެއިންޓެނެންސް ފީއެއް ނެގޭކަށް ނެތެވެ. އެންމެން ރުއްސަން ހުރިހާ ކަމެއް ކުރަންވީ ހިލެއެވެ.

އެއް ބަޔަކަށް މި ކޮތަޅުގެ ވާހަކައަކީ ސިޔާސީ ބޮޑުގޮހޮޑާ ވާހަަކައެވެ. އެބަޔަކު ބޭނުން ގޮތަކަށް ރަހަ ހެޔޮވަރުކޮށްގެން އެބަޔަކު ބޭނުން ރާގަކަށް މި ވާހަކަ ދައްކަންވީއެވެ. އެކަމަކު ޕްލާސްޓިކްގެ ބަދަލުގައި ފޮތި ކޮތަޅެއް ބޭނުންކޮށްލުމަކީ އެހާ އުނދަނގޫ ކަމެއް ނޫންކަން، އެ އާދަ ދުވަސްކޮޅަކު ތަޖުރިބާކޮށްލީމައި އެނގޭނެއެވެ. އަދި ކޮތަޅުން ފީ ނަގާތީ އެ ވާހަކަ ދައްކާނަމަ، ހިލޭ ޕްލާސްޓިކް ކޮތަޅު ލިބެނީ ކިތައް ގައުމުގައިތޯ ބަލައިލާންޖެހެއެވެ. ސިއްހަތާއި ތައުލީމުގެގޮތުން ސިންގަޕޫރުފަދަ ގައުމުތަކުގެ ވާހަކަ މިސާލަކަށް ނަގާއިރު، އެފަދަ ތަހުޒީބު ގައުމުތަކުގައި އަމަލުކުރާ ގޮތް މިފަދަ ކަންކަމުގައިވެސް ބަލާލުން ކީއްތޯއެވެ؟

އިތުރަށް ކިޔާލަން

21 އެޕްރީލު 2020

މުގުރާ ޕެޕަރސްޕްރޭ ދޫކޮށް ޑެލިވަރީ ކޮތަޅުތައް އަތަށް މަހާލައިފި!

21 އެޕްރީލު 2020
މުގުރާ ޕެޕަރސްޕްރޭ ދޫކޮށް ޑެލިވަރީ ކޮތަޅުތައް އަތަށް މަހާލައިފި!
07 ފެބުރުއަރީ 2020

ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!

07 ފެބުރުއަރީ 2020
ކައިވެންޏަށް އަހަރެއް ނުވޭ، ކުއްލިއަކަށް ޚަބަރު ލިބުނީ ފިރިމީހާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް!
16 ނޮވެމްބަރު 2019

ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!

16 ނޮވެމްބަރު 2019
ސަރުކާރަށް އެއް އަހަރު: ޖެންޑަރއިން ދަނީ އެންމެންގެ ހައްގުގައި ވަކާލާތުކުރަމުން!
26 އޮކްޓޯބަރު 2018

ކުއްލިއަކަށް އެންމެންނަށް މި ލިބުނީ ކޮން މިނިވަންކަމެއްތަ!

26 އޮކްޓޯބަރު 2018
ކުއްލިއަކަށް އެންމެންނަށް މި ލިބުނީ ކޮން މިނިވަންކަމެއްތަ!
14 އޮކްޓޯބަރު 2018

އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

14 އޮކްޓޯބަރު 2018
އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި
14 އޮކްޓޯބަރު 2018

އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!

14 އޮކްޓޯބަރު 2018
އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
27 ސެޕްޓެމްބަރު 2018

ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟

27 ސެޕްޓެމްބަރު 2018
ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟
27 މާރިޗު 2018

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
08 ފެބުރުއަރީ 2017

"ބޮލުގައި އަތް ނޭޅުނުނަމަ، ބޯ ދެފަޅިވީސް"

08 ފެބުރުއަރީ 2017
"ބޮލުގައި އަތް ނޭޅުނުނަމަ، ބޯ ދެފަޅިވީސް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު