Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރބަންކޯ

އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ، ދައުރުވަނީ ސައްހަ ނޫން ލިސްޓެއް: އަރބަންކޯ

22 އެޕްރީލު 2023 | ހޮނިހިރު 06:47

34 ޔުނިޓު ގަތުމަށް 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޝަރުތުހަމަވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 އެޕްރީލު 2023 | ހޮނިހިރު 06:47
އަރބަންކޯ

އަރބަންކޯ

އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ ކަމަށާއި ދައުރުވަމުންދަނީ ބަޔަކު ހަދައިގެން އުޅޭ ސައްހަ ނޫން ލިސްޓެއް ކަމަށް އަރބަންކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޔުނިޓުން އެ ކުންފުނީގެ މުވައްޒަފުންނަށް ވިއްކުމަށް ފުރުސަތު ހުޅުވާލާފައިވާއިއިރު އެ ޔުނިޓުތަކަކީ ހުޅުމާޅޭގައި ހިންގާ ހަތަރު މަޝްރޫއަކުން ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ދޭ ޔުނިޓުތަކެއް ކަމަށެވެ. އަދި އެ ޔުނިޓުތައް މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސްޓާފް ހައުސިންގ ސްކީމުގެ ދަށުން "އެންޑް ޔޫޒަރ ފައިނޭންސް މޮޑެލް" ގެ ދަށުން ވިއްކުމަށް ހުޅުވާފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް ބައެއް ޔުނިޓުތައް ނުވިކި ހުރިކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަރބަންކޯއިން ބުނީ އެ ފްލެޓުތަކުގެ ތެރެއިން ބައެއް މުވައްޒަފުން ދޫކޮށްލުމުގެ ސަބަުންނާއި ބައެއް މުވައްޒަފުންގެ ޝަރުތު ހަމަނުވެގެން 34 ޔުނިޓު ނުވިކި އެބަހުރި ކަމަށެވެ. މިދިޔަ އަހަރުގެ ސްޓާފް ހައުސިންގ ސްކީމަށް އެއް އަހަރުވެފައިވާއިރު އެ ސްކީމުގެ ދަށުން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ޔުނިޓުތައް އަލުން ވިއްކުމަށް ހުޅުވާލީ އެ މުވައްޒަފުންނަށް ފުރުސަތު ދީ ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން 34 ޔުނިޓު ގަތުމަށް 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޝަރުތުހަމަވާ ކަމަށް އަރބަންކޯއިން ބުންޏެވެ. އެ ޔުނިޓުތައް ވިއްކާނީ ވަކި އުސޫލެއްގެ ތެރެއިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަރބަންކޯއިން ހުޅުވާލި މި ފުރުސަތާ ގުޅިގެން ސޯޝަލް މީޑިއާގައި އެ ކުންފުނިން އަލުން ފުރުސަތު ހުޅުވާލީ އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންނަށް ފްލެޓު ދޭން ކަމަށް ބުނެ ދަނީ ޚަބަރުތައް ފަތުރަމުންނެވެ. ނަމަވެސް ކާކުކަން ނޭނގޭ އެކައުންޓަކުން އާއްމުކޮށްފައިވާ މެމޯ އާއި ޔުނިޓުތަކުގެ އަގުތަކާއި އެ ކުންފުނީގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ އާއްމުކޮށްފައިވަނީ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ސައްހަ ނޫން ލިސްޓެއް ކަމަށް ބުންޏެވެ.

ކުންފުންޏާ ގުޅޭގޮތުން ދޮގު ޚަބަރާއި މައުލޫމާތު ފޯރުކުރަމުންދަނީ ކަމުގެ ހަގީގަތް އޮޅުވާލައި ކުންފުނީގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށާއި އެ މައުލޫމާތާ ގުޅިގެން ބައެއް ނޫސްތަކުން ޚަބަރު ޝާއިއު ކުރުމުގެ ކުރިން އެއީ ސައްޙަ މައުލޫމާތެއްތޯ ބަލާފައި ނުވާ ކަަމަށް ވެސް އަރބަންކޯއިން ބުންޏެވެ. އެހެންކަމުން އެފަދަ ނޫސްތަކުގެ ނޫސްވެރިކަމުގެ މިންގަނޑުތަކާއި މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަރބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގޭ މަޝްރޫއުތަކާއި، ހާއްސަކޮށް އާއްމުންނާ ގުޅިފައިވާ އެފަދަ ބައްޓަންކޮށްފައިވަނީ ވީހާވެސް ހާމަކަންބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލާއި ގަވާއިދުގެ ތެރެއިން ކަމަށާއި އެފަދަ މަސައްކަތް އިންޓަރނަލް އޮޑިޓުން ވެސް ގަވާއިދުން ބަލަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ޙައްގަކަށް އުނިކަމެއް އަންނާނެ ފަދަ އަދި ހައްގެއް ނިގުޅައިގަނެވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދޭ ކަމަށް ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް