Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ރިޝްވަތުގެ މައްސަލައިގައި ބާސެލޯނާގެ ވާހަކަތައް ޤަބޫލެއް ނުކުރެވޭ: ޓެބާސް

އޭނާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ދާނީ ސްޕެއިންގެ ކޯޓު އަދި ޔުއެފާގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އެޕްރީލު 2023 | ބުރާސްފަތި 02:34
ސްޕެނިޝް ލީގުގެ ރައީސް ޓެބާސް އަދި ބާސެލޯނާގެ ރައީސް ލަޕޯޓާ ސަލާމް ކުރަނީ

ސްޕެނިޝް ލީގުގެ ރައީސް ޓެބާސް އަދި ބާސެލޯނާގެ ރައީސް ލަޕޯޓާ ސަލާމް ކުރަނީ

ސްޕެނިޝް ލީގުގެ ރެފްރީންނަށް ރިޝްވަތު ދިން ކަމަށް ބާސެލޯނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި އެ ކުލަބުން ދައްކާ ވާހަކަތައް ޤަބޫލު ނުކުރެވޭ ކަމަށް އެ ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ޓެބާސް މިހެން ވިދާޅުވީ އެ މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ އެ ލީގުގެ ޚާއްސަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޓެބާސް ވިދާޅުވީ ބުދަ ދުވަހު ކުރިއަށް ދިޔަ ބައްދަލުވުމުގެ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އާއި އެހެން ކުލަބުތަކުގެ ރައީސުންގެ މެދުގައި ބަހުސް ކުރިއަށް ދިޔަ ކަމަށެވެ. އެ ބައްދަލުވުމަކީ ކޮންމެހެން ބާސެލޯނާއާ ސުވާލު ކުރުމަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެންމެ ފުރަތަމަ އެ މައްސަލަ ފެންމަތިވި ހިސާބުން އެކަމުގެ ތަފްސީލަށް ވެސް އެދެމުން އައި ކަމަށެވެ. އަދި އެ ބައްދަލުވުމަކީ އެކަން ކުރަން އެންމެ ޚާއްސަ ބައްދަލުވުން ނޫން ކަމަށާއި، އެކަން ނުކުރީ އެ ސަބަބަށްޓަކައި ކަމަށް ވެސް ޓެބާސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެއީ ބާސެލޯނާ އިން ޝަރުއީ ދިފާއަށް ބޭއްވި ބައްދަލުވުމެއް ވެސް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ބާސެލޯނާގެ ނުރުހުން އަމާޒުވެފައިވާ ޓެބާސް ވިދާޅުވީ އެއީ އެކަން ކުރަން އެންމެ އެކަށީގެންވާ މާހައުލު ވެސް ނޫން ކަމަށާއި، ނަމަވެސް ބާސެލޯނާގެ ރައީސް ލަޕޯޓާ އާއި އެ ކުލަބުގެ ވާހަކަތައް ޤަބޫލު ކުރަން ވަރަށް ބޮޑަށް ދަތި ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ދާނީ ސްޕެއިންގެ ކޯޓު އަދި ޔުއެފާގައި ކަމަށެވެ.

މީގެ އިތުރުން ޓެބާސް ވަނީ އެކަމުގައި ލަޕޯޓާ ދައްކާފައިވާ ބައެއް ވާހަކަތައް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ލަޕޯޓާ ބުނާ ގޮތުގައި ނެގްރެއިރާއަށް ފައިސާ ދެއްކީ ރެފްރީން ގަތުމަށް ނޫން ކަމަށާއި އަދި އެއީ ރެފްރީންނަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ވެސް ނޫން ކަމަށެވެ. އެކަމުގައި ގިނަ ކްލަބުތަކުން ބުނެފައި ވަނީ، އެ މައްސަލަ އަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، މި ފައިސާ ދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަންކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށް ކުލަބުތަކުން ބުނާ ކަމަށް ޓެބާސް ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ އެކަމުގައި ބާސެލޯނާއާ ވާދަވެރި ރެއާލް މެޑުރިޑުން ވާހަކަ ނުދައްކާ ކަމަށާއި، އެހެން ކުލަބުތަކަށް ވެސް ވާހަކަ ދެއްކުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. އަދި ރެއާލުން ވާހަކަ ދެއްކިތޯ ނުވަތަ ނޫންތޯ ބެލުން މުހިންމު ވެސް ނޫން ކަމަށެވެ. ޓެބާސް ވިދާޅުވީ ފުޓުބޯޅަ އެނބުރެނީ ރެއާލް ވަށައިގެން ނޫން ކަމަށާއި، ކުރިމަތީގައި އޮތް މައްސަލަ ވެސް އެނބުރެނީ ރެއާލް ވަށައިގެން ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލަ އަކީ ސްޕެނީޝް ލީގުގެ ހުރިހާ ކުލަބެއް ވަށައިގެން އެނބުރޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބާސެލޯނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ސްޕެނިޝް ލީގުގެ ރެފްރީސް ކޮމިޓީގެ ކުރީގެ ނައިބު ރައީސަކަށް ހުންނެވިނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލަ އެވެ. އެގޮތުން އެ ތުހުމަތުގައި ބުނަނީ ބާސެލޯނާ އިން ވަނީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަަށް އެ ކުންފުންޏަށް ނުވަ މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އަދަދެއް ދީފައި ކަމަށެވެ. އެކަމުގައި ބާސެލޯނާގެ ކޯޓެއްގައި އެ ކުލަބާ ދެކޮޅަށް ދައުވާ އުފުލައިފާވާއިރު، ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އިން ވެސް އަންނަނީ އެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީރީ މައްސަލައިގައި ފީފާއިން އެންގި އެންގުން ނިއުއިން އެޕީލްކުރަނީ

އަމީރީ މައްސަލައިގައި ފީފާއިން އެންގި އެންގުން ނިއުއިން އެޕީލްކުރަނީ

09 ފެބުރުއަރީ 2019
ރަކިޓިޗްގެ ޓްރާންސްފާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ބާސާ އިން ދޮގުކޮށްފި

ރަކިޓިޗްގެ ޓްރާންސްފާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ބާސާ އިން ދޮގުކޮށްފި

12 ޑިސެމްބަރު 2018
ނަތަންޔާހޫގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެވެން ޖެހޭ: ފުލުހުން

ނަތަންޔާހޫގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެވެން ޖެހޭ: ފުލުހުން

03 ޑިސެމްބަރު 2018
ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ވާހަކަތައް ސިމިއޯނޭ ދޮގެއްނުކުރި!

ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ވާހަކަތައް ސިމިއޯނޭ ދޮގެއްނުކުރި!

12 މާރިޗު 2018
އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

26 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު