Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކެއް ބޭއްވުން

ހައިރައިޒް އާއި ރޯޔަލް އޭވިއޭޝަން އެކެޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިންގ އިވެންޓެއް ބާއްވަނީ

މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2023 | އަންގާރަ 03:11
ރޯޔަލް އެވިއޭޝަން އެކެޑަމީން ދަސްވެނިވި ދަރިވަރުން

ރޯޔަލް އެވިއޭޝަން އެކެޑަމީން ދަސްވެނިވި ދަރިވަރުން

ހައިރައިޒް އާއި ފިލިޕީންސްގެ ރޯޔަލް އެވިއޭޝަން އެކެޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިންގ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

ހައިރައިޒުން ހޯމަ ދުވަހު ބުނީ އެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގައި ކަމަށެވެ. އެ އިވެންޓުގައި ރޯޔަލް އެވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގ މަދޫ ޕުލިޔަން ކަލަތް އާއި ކުއަލިޓީ ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑްއޮފް މާކެޓިންގް އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަދައްކާނެއެވެ.

Advertisement - newsAdvertisement

ރޯޔަލް އޭވިއޭޝަން އެކެޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓާ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކެޑަމީއެކެވެ. އަދި އެ އެކެޑަމީއަކީ ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ދީފައިވާ، ޕައިލެޓުން ތަމްރީނު ހޯދުމަށް އެންމެ މަގުބޫލުކަން ހޯދަމުން އަންނަ ޓްރެއިނިންގ އެކެޑަމީއެވެ.

އެ އެކެޑަމީގެ ފްލީޓުގައި 20 އަށްވުރެ ގިނަ އެއާކްރާފްޓުގެ ފްލީޓެއް އޮވެއެވެ. އެ ހުރިހާ ބޯޓަކީވެސް މަލްޓި އިންޖީނު ބޯޓުތަކެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީން ވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ، އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެއެވެ.

ކެޕްޓަން މަދޫ ޕުލިޔަން ކަލަތު ވިދާޅުވީ ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ އެ އެކެޑަމީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރޯޔަލް އެކެޑަމީގައި އެހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިންގ ހަދަމުންދާ ދަނޑިވަޅެއްގައި ރާއްޖެއަށް ޒިޔާރަތްކޮށް ދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހިންނާ ބައްދަލު ކޮށްލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލައިފައެވެ. ނަމަވެސް އޮންލައިންކޮށް ރަޖިސްޓާ ކުރާ މީހުންނަށް އިސްކަންދޭނެ ކަމަށް ހައިރައިޒުން ބުނެއެވެ.

މި ހަރަކާތުގައިhttps://cutt.ly/Royhleމެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު