Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސާޓާ އެވޯޑް

އިތުރު ކެޓަގަރީތަކާއެކު މި އަހަރުވެސް ސާޓާ އެވޯޑް ކުލަގަދަކޮށް

16 އެޕްރީލު 2023 | އާދީއްތަ 09:43

ސާޓާ އެވޯޑަކީ ދެކުނު އޭޝިއާގައި ދެމުން އަންނަ ޝަރަފުވެރި އެވޯޑެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 އެޕްރީލު 2023 | އާދީއްތަ 09:43
ކުރީގެ ސާޓާ އެވޯރޑް ހަފްލާގެ ތެރެއިން

ކުރީގެ ސާޓާ އެވޯރޑް ހަފްލާގެ ތެރެއިން

37 ކެޓަގަރީއާއެކު ދެކުނު އޭޝިއާގައި ދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އެވޯޑް ކުލަ ގަދަކޮށް ބާއްވަން ތައްޔާރުވެފައިވާ ކަމަށް

މިފަހަރުގެ ސާޓާ އެވޯޑްސް ބާއްވަނީ އޮކްޓޯބަރގައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން، މަރިޔަމް މާއިޝާ ވިދާޅުވީ އެ އިވެންޓަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި، މިހާރު އެވޯޑަށް އެދި ކުރިމަތިލާ ފަރާތްތައް ނޮމިނޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވެސް ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި އަހަރުވެސް އެ އެވޯޑް ބާއްވާނީ ވަރަށް ކުލަގަދަކޮށް ކަމަށް މާއިޝާ ވަނީ ވިދާޅުވެފައެވެ.

އެ އެވޯޑާއި ގުޅޭގޮތުން ހައިރައިޒްގެ ޑިރެކްޓަރ އޮފް އޮަޕަރޭޝަންސް މުހައްމަދު ޝާމިން ވިދާޅުވީ ސާޓާ އެވޯޑަަކީ ވަރަށް ތަފާތު އެވޯޑެއް ކަމަށާއި އެ އެވޯޑުގެ އެއްވެސް ހިސާބެއްގައި އެއްވެސް ޗާރޖެއް ނުވަތަ ފީއެއް ނަގަމުން ނުދާކަމަށެވެ. އެ އެވޯޑަކީ މުޅި ދެކުނު އޭޝިއާގައި ވެސް އެންމެ މަގްބޫލް އެންމެ ބޮޑަށް ބަލައިގަންނަ އެއް އެވޯޑް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެވޯޑް ހޮވުމުގެ މަރުހަލާ އަކީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާ މަރުހަލާ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޮޑިޓްކޮށްގެން ކުރިއަށް ގެންދާ މި އެވޯޑަކީ ޚާއްސަ ޖޫރީ ނުވަތަ ފަނޑިޔާރުންގެ ޕެނަލް އެއް ވެސް އެކުލެވޭ އެވޯޑެކެވެ. އެ ޖޫރީއިން ސައިޓްތަކަށް ޒިޔާރަތްކުރުމުގެ އިތުރުން ނޮމިނީޒް ހުށަހަޅާ ޕްރެޒެންޓޭޝަންތައް ބަލާ އެ ޕްރެންޓޭޝަންތައް އެވަލުއޭޓް ކުރެއެވެ.

މި ސަރަހައްދުގެ މަގުބޫލު އެވޯޑެއްގެ ގޮތުގައި ސާޓާ އެވޯޑު ފާހަގަ ކުރެވޭއިރު މި އެވޯޑު އެންމެ ފުރަތަމަ ދޭން ފެށީ 2016 ވަނަ އަހަރުއެވެ. މި އެވޯޑުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝާއި ބޫޓާނާއި ނޭޕާލުން ބައިވެރިވެއެވެ.

މި އެވޯޑް އަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާ އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޤައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން ވެސް އެންޑޯޒުކޮށްފައިވާ އެވޯޑެކެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް