Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
'ފޭސް އޮފް ސައުތު އޭޝިއާ'

'ފޭސް އޮފް ސައުތު އޭޝިއާ' އެވަރޑް މުހައްމަދު މޫސާ (އުއްޗު) އާއި ހުސައިން އަފީފަށް

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އިން އެ ދެ ބޭފުޅުންގެ އަގު ވަޒަންކޮށްފައި ވަނީ އާދިއްތަ ދުވަހު މީރު މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 12:10
މުހައްމަދު މޫސާ އާއި ހުސައިން އަފީފަށް، 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު އެރުވުމަށް ފަހު އެ ސިނާއަތުގެ ބައެއް އިސް ބޭފުޅުންނާ އެކު ނަގާފައިވާ ފޮޓޯ އެއް

މުހައްމަދު މޫސާ އާއި ހުސައިން އަފީފަށް، 'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑު އެރުވުމަށް ފަހު އެ ސިނާއަތުގެ ބައެއް އިސް ބޭފުޅުންނާ އެކު ނަގާފައިވާ ފޮޓޯ އެއް

ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމަށް ޗަމްޕާ ބްރަދާސް ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ފާހަގަކޮށް އެ ދެ ބޭފުޅުންނަށް 'ފޭސް އޮފް ސައުތު އޭޝިއާ' އެވަރޑް އަރުވައިފިއެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އިން އެ ދެ ބޭފުޅުންގެ އަގު ވަޒަންކޮށްފައި ވަނީ އާދިއްތަ ދުވަހު މީރު މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގައެވެ.

Advertisement - businessAdvertisement

ފަތުރުވެރިކަމުގެ އިސް މޭސްތިރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެ ދެ ބޭފުޅުންގެ އަގު ވަޒަންކޮށް ދިން އެ އެވަރޑް އެ ދެބޭފުޅުންނާއި ހަވާލުކޮށްދެއްވާފައި ވަނީ ސާޓާގެ ނައިބު ރައީސް ސޫރަޖު ހާނެވެ.

އެ އެވަރޑާއި ހަވާލުވެވަޑައިގަތުމަށް ފަހު އެ ދެބޭފުޅުންވެސް ވަނީ އެފަދަ އެވަރޑެއް ލިބިވަޑައިގެންނެވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އެވަރޑަކަށް އުންމީދުވެސް ކުރައްވާފައި ނުވާކަމަށް އެ ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޓާގެ ނައިބު ރައީސް ސޫރަޖު ވަނީ މުހައްމަދު މޫސާ އައި ހުސައިން އަފީފު ފަތުރުވެރިކަމުގެ ދާއިރާ އަށް ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވާ އެކަމަށްޓަކާ އެ ދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަށް ވުރެ ގިނަ އަހަރުވެފައިވާ އިރު ފަތުރުވެރިކަން މި ހިސާބަށް ގެނެސްދިނުމުގައި އެ ބޭފުޅުން އަދާކުރައްވާ މުހިންމު ދައުރު އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން ޒަމާނާއި އެއްހަމަކުރުމަށް އެ ދެބޭފުޅުން ދެއްވާ އަހައްމިޔަތުކަމާއި، އެ ސިނާއަތާއި މެދު ބަހައްޓަވާ ގާތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މުހައްމަދު މޫސާ އާއި ގުޅޭގޮތުން ސޫރަޖް ވިދާޅުވީ މުހައްމަދު މޫސާ އާއި ޗަމްޕާ ބްރަދާސް އަކީ ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ނަމެއް ކަމަށެވެ. އެކަން އެގޮތަށް ވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ނެގެހެއްޓުމުގައި މުހައްމަދު މޫސާ އަދާކުރެއްވި އިސް ދައުރުގެ ސަބަބުން ކަމަށް ސޫރަޖް ސިފަކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ އިތުރުން ހޮސްޕިޓާލިޓީ، ދަނޑުވެރިކަން އަދި ރިއަލް އެސްޓޭޓް، މާލީ ޚިދުމަތް ފަދަ ދާއިރާތަކުން ވެސް މުހައްމަދު މޫސާއަކީ ކާމިޔާބު ޝަހުސިއްޔަތެއްކަން ސޫރަޖު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ އަފީފަކީ ވެސް ފަތުރުވެރިކަމުގެ ސިނާއަތް މިހިސާބަށް ގެނެސްދިނުމުގައި އެންމެ އިސް ސަފުގައި އުޅުއްވާ ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަފީފަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ގިނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން އެ ސިނާއަތާއި ގުޅިފައިވާ އެހެނިހެން ދާއިރާތައް ތަރައްޤީކުރުމުގައި ވެސް މުހިންމު ހިއްސާދާރެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

'ފޭސް އޮފް ސައުތު އޭޝިއާ' އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންނަށް ދޭ ޚާއްސަ އެވޯޑެކެވެ.

ސާޓާ އެވޯޑްސްގައި މި ތިން ބޭފުޅުން ފިޔަވާ އިތުރު އެހެން ތިން ބޭފުޅަކަށް 'ފޭސް އޮފް ސައުތު އޭޝިއާ' ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލްއަށް ނިސްބަތްވާ 2 ބޭފުޅުންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ބޭފުޅެކެވެ.

މުހައްމަދު މޫސާ (މޯޑު)ސާޓާ އެވޯޑު

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ސާޓާ އެވޯޑްގެ ޖަޖުންގެ ޕެނަލުން އިވެލުއޭޝަން ފަށައިފި

ސާޓާ އެވޯޑްގެ ޖަޖުންގެ ޕެނަލުން އިވެލުއޭޝަން ފަށައިފި

03 ޖޫން 2023
ސާޓާ އެވޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ

ސާޓާ އެވޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ

30 އޯގަސްޓު 2022
މޯޑު ސާބިތުކޮށްދިނީ ދިވެހި އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަން

މޯޑު ސާބިތުކޮށްދިނީ ދިވެހި އެތުލީޓުންނަކީ ވެސް ހުނަރުވެރި ބައެއްކަން

24 ޖުލައި 2022
ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

ރާއްޖޭގައި އޭޝިއާގެ ބޭންކިން ކޮންފަރެންސް ބާއްވަނީ!

16 ޑިސެމްބަރު 2017
ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

23 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު