Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝިދު

މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވެއްޖެ، މެންބަރުންނަށް ބިރުދެއްކުމުގެ މަގު ރައީސް ޔާމީނަށް ބަންދުވެއްޖެ:ރައީސް ނަޝީދު

6 ޖުލައި 2017 | ބުރާސްފަތި 17:30

ފުލުހުންނަށްވެސް ސިފައިންނަށްވެސް ފަނޑިޔާރުންނަށްވެސް އަދި އެންމެހާ މިނިވަން މުއައްސަސާތަކަށްވެސް ކުޅި ހިނގާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 ޖުލައި 2017 | ބުރާސްފަތި 17:30
ރައީސް ނަޝީދު: އުއްމީދީ ވާހަކަތަކެއް މިރޭ ވިދާޅުވި

ރައީސް ނަޝީދު: އުއްމީދީ ވާހަކަތަކެއް މިރޭ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވެއްޖެ ކަމަށާއި މެންބަރުންނަށް ބިރު ދެއްކުމުގެ މަގުތައް ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީނަށް ބަންދުވެއްޖެ ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެ އެޕާޓީގެ ހަރުގޭގައި ބާއްވާ ޚާއްޞަ ހަފްލާގެ ތެރެއިން ކޮޅުނބުގައި ހުންނަވައިގެން ދެއްވި ތަޤްރީރުގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު ވަނީ ސަރުކާރުގެ ފަޅި ދޫކުރައްވާ ވާދަވެރި ފަރާތައް ލިބިފައި ކަމަށާއި އެ މެންބަރުންނަށް ބިރުދެއްކުމުގެ މަގުތައް ބަންދުވެފައި ކަމަށެވެ.

"ފުލުހުންނަށްވެސް ސިފައިންނަށްވެސް ފަނޑިޔާރުންނަށްވެސް އަދި އެންމެހާ މިނިވަން މުއައްސަސާތަކަށްވެސް ކުޅި ހިނގާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ސަރުކާރު އުފެއްދި އިއްތިހާދު ރޫޅި ކައުންސިލް އިންތިޚާބުން ބަލިވެ އަދި އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީމާ ކާކަށްތޯ އޮޅޭނީ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީމާ ކޮން ދިވެއްސަކަށްތޯ ވީގޮތް އޮޅޭނީ. ވީގޮތް، މީވީގޮތޭ އަދު ބަދަލު ވެއްޖެޔޭ މުޅި ޒަމާން." ރައީސް ނަޝީދު ވިދާޅުވިއެވެ

ރައީސް ނަޝީދު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އާއި ގުޅިގެން އެމްޑީޕީން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީގެ ކުލަވަރު އަޅުގަނޑުމެންނަށް ފެންނަ ކަމަށާއި އެކާމިޔާބީގެ މަންޒަރު އެބަ ފެންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެން މިހުށަހަޅައިދެނީ މުޅިން އާ ޕޭޖެއް ކަމަށާއި ރައީސް ޔާމީން އެބޭފުޅާގެ އަމިއްލަފުޅު މަޖިލިސް މެންބަރުންގެ ވައިބަރ ޕޭޖުން އައުޓްވެއްޖެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު މިދަނީ ރޫޅެމުން ކަމަށާއި ދިވެހިރައްޔިތުންގެ ޕާޓީއަށް ދޮޅެސް އަހަރު ފުރޭއިރު އެރަސްމިއްޔާތު ފާހަގަކުރާ އަޅުގަނޑުމެން ފާހަގަމިކުރަނީ އަދިވަކިން މާބޮޑު އުފަލެއްގެ އުފާވެރިކަން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް