Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ވެލެންސިއާގެ ތައްޔާރީތައް މަދު، އެއީ ހާލަތު އޮތް ގޮތުން: ފެސްކޯ

13 އެޕްރީލު 2023 | ބުރާސްފަތި 15:02

މިއަދުގެ ހާލަތު އޮތް ގޮތުން ވެލެންސިއާއަށް އެ ފެންވަރު ނުދެއްކިދާނެ، އެހެންނަމަވެސް ވެލެންސިއާއިން ފުޓުބޯޅަ ކުޅޭނީ ޖޯކަކަށް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އެޕްރީލު 2023 | ބުރާސްފަތި 15:02
ވެލެންސިއާގެ ހެޑް ކޯޗު، ފެސްކޯ

ވެލެންސިއާގެ ހެޑް ކޯޗު، ފެސްކޯ

ޕްރެޒިޑެންސްޓް ކަޕް މުބާރާތަށް ނުކުންނައިރު ކުލަބު ވެލެންސިއާގެ ފަރިތަކުރުންތައް މަދު ކަމަށާއި، އެއީ މިއަދުގެ ހާލަތު އޮތް ގޮތުން ކަމަށް، އެ ޓީމުގެ ހެޑު ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ފެސްކޯ މިހެން ބުނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ވެލެންސިއާއިން ސުޕަރ ޔުނައިޓެޑު ސްޕޯޓްސް ކުލަބް (ސަސް)އާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. އޭނާ ބުނީ މެޗަށް ކުރިމަތިލާއިރު މިހާތަނަށް ވެލެންސިއާއަށް ކުރިއަށްގެންދެވުނީ ފަސް ފަރިތަކުރުން ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވެލެންސިއާގެ ކިބާގައި ތަށި ދިފާއު ކުރެވޭނެ ފެންވަރު ނެތޭވެސް ބުނެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ކާމިޔާބު ހޯދުމަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނޫންކަން ފާހަގަކޮށް ފެސްކޯ ބުނީ، ވެލެންސިއާއިން ނެރޭނީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށެވެ. ވެލެންސިއާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައިވެސް ކާމިޔާބު ޓީމެއްކަމަށާއި، ތާރީޚުގައި އެކަން ފެންނަން އޮންނާނެ ކަމަށްވެސް ފެސްކޯ ވަނީ ބުނެފައެވެ. ނަމަވެސް މިއަދުގެ ހާލަތު އޮތް ގޮތުން ވެލެންސިއާއަށް އެ ފެންވަރު ނުދެއްކިދާނެ ކަމަށާއި، އެހެންނަމަވެސް ވެލެންސިއާއިން ފުޓުބޯޅަ ކުޅޭނީ ޖޯކަކަށް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފެސްކޯ ބުނީ ވެލެންސިއާއިން ނުކުންނަނީ ހުރިހާ މެޗަކުން ބަލިވާންވެސް ނޫންކަމަށާއި، އެ ޓީމަކީ ހަމަ ތިބެފައި ކުޅެލަން ނުކުންނަ ބައެއްވެސް ނޫންކަމަށެވެ. އޭނާ ބުނީ ވެލެންސިއާގައި އޮތް ޒުވާން ސްކޮޑާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ ދިވެހި ފުޓުބޯޅާގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނެތް ވާހަކަ ކަމަށެވެ. އެހެންނަމަވެސް ޔަގީނުންވެސް މިއަހަރު ވެލެންސިއާއިން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ މަންޒަރު ފެންނާނެ ކަމަށްވެސް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ވެލެންސިއާގެ ފަރިތަކުރުންތައް މަދުވި ނަމަވެސް ކާމިޔާބު ނުހޯދޭންވީ ސަބަބެއް ނެތްކަމަށެވެ. އެގޮތުން އޭނާ ދެއްކީ އެންމެ ފަހުން ގައުމީ ފުޓުބޯޅަ ޓީމުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ މިސާލެވެ. ފެސްކޯ ބުނީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އޮތް ގޮތުން ގައުމީ ޓީމުން އެ މެޗު ކުޅުނީ އެންމެ ފަރިތަކުރުމެއްވެސް ކުރިއަށް ނުގެންގޮސް ކަމަށެވެ. އެހެންނަމަވެސް އެ މެޗުން ރާއްޖެ މޮޅުވިކަން ފާހަގަކޮށް ފެސްކޯ ބުނީ، ވެލެންސިއާއަށް ފަސް ފަރިތަކުރުން ކުރިއަށް ގެންދެވުމުން އޭގެ މާނައަކީ ގޯސް ނޫންކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ކުލަބުތަކަށް ބަލާއިރު؛ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސް ފިޔަވައި، ދުރާލައި ފަރިތަކުރުންތައް ފެށި ބަޔަކުވެސް ނެތްކަމަށެވެ. އޭނާ ބުނީ ޖުމުލަ ގޮތެއްގައި ދެން ހުރި ކުލަބުތަކަށް ބަލާނަމަ، އެ ކުލަބުތަކުގެ ފަރިތަކުރުންތައްވެސް ވެލެންސިއާއަށްވުރެ މަދުވާނެ ކަމަށެވެ. އޭނާ ބުނީ އެއީ މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތް ކަމަށެވެ.

ފެސްކޯ ވަނީ ވެލެންސިއާއިން ފެންނާނެ ޒުވާން ކުޅުންތެރިންގެ ހުނަރާއި، މަސައްކަތުގެ ވާހަކަވެސް ދައްކާފައެވެ. އޭނާ ބުނީ އެއީ ވެލެންސިއާގެ ބެކަޕް ކަމަށާއި، ސަސް މެޗުގައި އެ ކުޅުންތެރިން ނުކުންނާނީ ބައެއް ސީނިއަރ ކުޅުންތެރިންނާއެކު ކަމަށެވެ. އިތުރަށް އޭނާ ބުނީ، ޕްރެޒިޑެންޓްސް ކަޕް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކަމަށާއި، ނަމަވެސް މިއަދު ވެލެންސިއާ ހިމެނޭހެން ގިނަ ކުލަބުތަކުން މުބާރާތަށް ފުރިހަމައަށް ތައްޔާރުނުވާކަމަށެވެ. ތައްޔާރުވި ހަމައެކަނި ދެ ކުލަބަކީ މާޒިޔާއާއި އީގަލްސްކަން ފާހަގަކޮށް އޭނާ ބުނީ، ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތަކީ އެއީ ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާއިން ސަަސްއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް