Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުށްކުރުން

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

މިއަހަރުގެ މިހާތަނަށް 1،623 މައްސަލަ ފުލުހުންނަށް ވަނީ ހުށަހެޅިފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 13:46
އެމްޔޫ ބިލްޑިން ގައި ހިނގި ވައްކަން

އެމްޔޫ ބިލްޑިން ގައި ހިނގި ވައްކަން

ގައުމެއްގެ ހަމަޖެހުގައި ކުރިއެރުމަކީ ހަމަގައިމު ވެސް އެގައުމެއްގެ ދާހިލީ ހަމަޖެހުމާ، އަމާންކަމާ ގުޅިލާމެހިފައިވާ ކަމެކެވެ. ތަރައްގީގެ މަތީ ހަރުފަތްތަކަށް ގައުމު ގެންދިއުމުގައި ހަމަ ގައިމު ވެސް މިނިވަންކަމާއެކު މުޖުތަމައުގައި ދިރިއުޅެވޭނެ ފުރުސަތު އޮތުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ.

މި ފެބުރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައި އެންމެ ހަރުއަޑުން ފާހަގަކުރެއްވި ކަމަކީ، ރާއްޖޭގައި ކުށްކުރާ ނުވަތަ ކުށުގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މިންވަރު އަހަރުން އަހަރަށް ދަށްވަމުންދާ ވާހަކައެެވެ.

"ގައުމީ ޔުނިވަރސިޓީ އިން ހަދަން ފަށާފައިވާ ދިރާސާގެ ނަތީޖާތަކަށް ބަލާއިރު 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުށްކުރެވޭ ނިސްބަތް ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަން އުފަލާ އެކު ފާހަގަކުރަން" ރައީސް ޔާމީން ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

މިއީ ރައީސް އޮފީހުން އިސްނަގައިގެން ގައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމީ ޔުނިވަރސިޓީ އިން ރާއްޖޭގެ ކުށްކުރެވޭ މިންވަރާ ގުޅޭ ގޮތުން ދިރާސާއެއް ކުރަމުންދާ އިރު މިކަމާ ގުޅޭ ތަފްސީލީ މައުމޫލާތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ގައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން ވިދާޅުވީ، އެފަަދަ ދިރާސާއެއް ގައުމީ ޔުނިވަރސިޓީން ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އޭގެ މައުމޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ. ސަބަބަކީ މި ދިރާސާއަކީ ވަކި ފަރާތެއްގެ އެދުމަށް ހަދާ ދިރާސާއަކަށް ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ހާމަކޮށްފައިވާ އެންމެ ފަހުގެ ކުށުގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ތަފާތު އެކި 1،623 މައްސަލަ ވަނީ ހުށަހެޅިފަ އެވެ. މި ފާއިތުވެދިޔަ އަހަރު ފުލުހުންނަށް 13،568 މައްސަލަ ހުށަހެޅިފައިވާ އިރު، 2015 ވަނަ އަހަރު 13،729 މައްސަލަ ވަނީ ފުލުހުންނަށް ހުށަހެޅިފަ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ފުލުހުންނަށް 15،947 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. މިއީ 2015 އަދި 2016 ވަނަ އަހަރާ އަޅާ ބަލާ އިރު ގާތްގަނޑަކަށް 2000 މައްސަލަ އިތުރު އަދަދެކެވެ.

މި ތަފާސް ހިސާބުތަކުން ދޭހަވަނީ ފުލުހުންނަށް ހުށަހެޅޭ ނުވަތަ ބަލަމުންދާ މައްސަލަތައް ފާއިތުވި ތިން އަހަރުގެ ތެރޭގައި މަދުވެފައިވާ ކަމެވެ.

އެހެން ނަމަވެސް ފުލުހުންގެ މި ތަފާސް ހިސާބުތަކުގެ ތަންކޮޅެއް ފުނަށް ޖެހިލާ އިރު 2016 ވަނަ އަހަރު ރާވައިގެން ހިންގާ ވައްކަމުގެ މައްސަލަތައް 2015 އަދި 2014 ވަނަ އަހަރާ އަޅާ ބަލާ އިރު ވެސް ވީ އިތުރެވެ.

ފުލުހުންނަށް ހެހުޅުނު ވައްކަމުގެ މައްސަލަތަކުގެ ތަފާސްހިސާބު

މީގެ އިތުރުން މިދިޔަ ތިން އަހަރާ އަޅާ ބަލާ އިރު ފޯޖަރީ މައްސަލަތައް ވެސް 2016 ވަނަ އަހަރު ވަނީ އިތުރުވެފަ އެވެ. އަދި ޗެކް ބައުންސް ވުން ފަދަ މައްސަލައިގެ ގޮތުގައި 2015 ވަނަ އަަހަރު 265 މައްސަލަ ހުށަހެޅިފައިވާ އިރު، 2015 ވަނަ އަހަރު އެއަދަދު އުޅެނީ 179 ގަ އެވެ.

ފުލުުހުންނަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅިފައިވާ ގޮތަށް ބަލާ އިރު ހިޔާނާތާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ފުލުހުން ވަނީ ގާތްގަނޑަކަށް 199،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފަ އެވެ.

މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވުނު އަނެއް މައްސަލައަކީ ހުޅުމާލޭގައި ހުންނަ އަމިއްލަ ކުންފުންޏެއްގެ 4 ލައްކައަށްވުރެ ގިނަ ރުފިޔާތަކާއެކު ކުޑަ 2 ތިޖޫރި ވަގަށް ނަގާފައިވާ މައްސަލައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު އެމް.ޔޫ ބިލްޑިންގައި ހުރި ތިން ތިޖޫރީއެއް ފަޅާލައި މިލިއަނަކަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި ގިނަ އަދަދެއްގެ ބޭރުފައިސާތަކެއް ވަގަށް ނެގި މައްސަލައަކީ ވެސް މިދިޔަ އަހަރު ހިނގާދިއަ ވައްކަމުގެ ބޮޑު މައްސަލަ އެކެވެ. އެ މައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި ބަލާފައިވާ އިރު އެ މައްސަލައާ ގުޅިގެން ފަސް މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.

މިދިޔަ އޮކްޓޫބަރު މަސް ވެގެންދާނީ މިދިޔަ އަހަރު ހިނގާދިޔަ އެންމެ ބޮޑު އެއް ފޭރުމުގެ މައްސަލަ ހިނގި މަހަށެވެ. ވެސްޓަރން ޔޫނިއަން އަށް ބަޔަކު ވަދެ، އެތަނުގެ މުވައްޒަފުންތަކަކަށް ވަޅިން ބިރު ދައްކާ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެވެ. ގާތްގަނޑަކަށް އެއް މިލިއަން ދިވެހި ރުފިޔާ އާއި ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހޯދާފަ އެވެ.

މީގެ އިތުރުން، ފިހާރަ ފެޅުމުގެ މައްސަލަތައް ވެސް މިހާރަކަށް އައިސް ހިނގާލެއް ވަނީ އިތުރުވެފަ އެވެ.

ރާވައިގެން ހިންގާ މިފަދަ މައްސަލަތައް މިވީ ދެތިން އަހަރުގެ ތެރޭގައި އިތުރުވެފައިވާ އިރު މިފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ވަނީ އިތުރު ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓް ޔަޤީން, އެކަމަކު ރަށްރަށް ކަނު އަނދިރީގައި

ކަރަންޓް ޔަޤީން, އެކަމަކު ރަށްރަށް ކަނު އަނދިރީގައި

17 ނޮވެމްބަރު 2017
ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

09 ނޮވެމްބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު