Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިގްތިސާދީ ކުރިއެރުން

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

މިއަަހަރު ދުނިޔޭގެ އިގްތިސާދު ވަނީ 3.7 ޕަސެންޓް ކުރިއަރާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2017 | ހޮނިހިރު 07:05
ޗައިނާގައި އުމްރާނީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސަރަހައްދެއް

ޗައިނާގައި އުމްރާނީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސަރަހައްދެއް

ދުނިޔޭގެ އިގްތިސާދީ ކުރިއެރުންތަކަށް ބަލާ އިރު މިދިޔަ އަހަރާއި މިއަހަރުގެ ކުރިއެރުންތަކުގައި ވެސް ވަރަށް ބޮޑު ތަފާތުތަކެއް އެކުލެވެ އެވެ. މާލީ ދާއިރާގައި ގައުމުތަކުން ލަފާކުރި ކުރިއެރުންތަކާއި ލިބުނު ކުރިއެރުންތައް ވެސް ވަރަށް ބޮޑަށް ތަފާތެވެ. މުޅި ދުނިޔެއަށް ބެލި ނަމަވެސް ފެނިގެންދަނީ އިގްތިސާދުތައް ފުޅާދާއިރާއެއްގައި ކުރިއަރަމުންދާ މަންޒަރެވެ. މިސާލަކަށް ހުޅަނގުގެ ގައުމުތަކާއި ޗައިނާ އާއި ޖަޕާނާއި އެމެރިކާއަށް ބެލި ނަމަވެސް ފެނިގެން ދަނީ ބޮޑެތި ކުރި އެރުންތަކެވެ.

ދުނިޔޭގެ އިގްތިސާދު ކުރިއަރާނޭ ކަމަށް މިއަހަރަށް ލަފާ ކުރެވުނީ 3.6 ޕަސެންޓެވެ. އެހެން ނަމަވެސް ލަފާކުރި މިންވަރަށް ވުރެ 0.1 ޕަސެންޓް އިތުރަށް ދުނިޔޭގެ އިގްތިސާދު ކުރިއަރާފައިވެ އެވެ.

ދުނިޔޭގެ އިގްތިސާދު 2017 ވަނަ އަހަރު އައިސްފައިވާ ހިސާބަށް ބަލާ އިރު ކުރިމަގު ފެނިގެންދަނީ ވަރަށް އުޖާލާކޮށެވެ. އެގޮތުން މި ކުރިއެރުން 2018 ގައި ވެސް އިތުރަށް މައްޗަށް ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ކުރިއަރަމުން އަންނަ މާކެޓުތަކާއި ވިޔަފާރި އާއި އިގްތިސާދުތައް، އަންނަ އަހަރުގެ ދުނިޔޭގެ އިގްތިސާދަށް ބޮޑު ހިއްސާއެއް ވާނެ އެވެ. އެގޮތުން ސަބް-ސަހާރަން އެފްރިކާގައި މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު، މިދިޔަ ދެ އަހަރާ އަޅާ ބަލާ އިރު 2018 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

ދުނިޔޭގެ އިގްތިސާދަށް ކުރިއެރުން ލިބިފައިވާއިރު، އިގްތިސާދީ މާހިރުން ވަނީ މި ދަޑިވަޅު ބަލާ ގައުމުތަކުން ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް އަވަސްވެގަންނަން ޖެހޭނެ ކަން ފާހަގަ ކޮށްފަ އެވެ. ފަހަރުގައި މިއީ ރާއްޖެ ފަދަ ގައުމަކަށް ވެސް އިގްތިސާދު ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ލިބޭ އެންމެ ރަގަޅު ފުރުސަތަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެން ނަމަވެސް ގައުމުތަކުގެ ގާނޫނުތަކާއި އުސޫލުތައް ކަނޑައަޅާ ފަރާތްތަކުން މިކަންކަން ކުރަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ. ދުނިޔޭގެ މުޅި އިގްތިސާދުގެ ތިޔާގިކަން އަދިވެސް އޮތީ އެންމެ އެކަށީގެންވާ މިންވަރެއްގައެއް ނޫނެވެ. އަންނަންޖެހޭ މުހިއްމު ބަދަލުތައް ގެނެސްފައެއް ނުވެއެވެ.

އެގޮތުން އާންމު ރައްޔިތުންނަށް ލިބޭ ނުވަތަ ވަކިވަކި ފަރުދުންނަށް މަހަކު ލިބޭ އާމްދަނީ ކުޑަކަން ފާހަގަކުރެވެއެވެ. މިގޮތަށް އާންމުންގެ މުސާރަ ކުރިއަރަމުންދާ މިންވަރު މަޑު ދުވެލީގައި އޮތުމުގެ ސަބަބުން ގައުމުތަކުގައި ވަރަށް ބޮޑަށް އާމްދަނީގެ ފަރަގު ވަނީ ބޮޑުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ފަގީރުން އިތުރަށް ފަގީރުވެ، މުއްސަދިން އިންތިހާއަށް މުއްސަދިވުމަށް މަގުފަހިވެގެންދެ އެވެ. މިކަމުގެ ސަބަބުން އިޖްތިމާއީ މައްސަލަތަކާއި ސިޔާސީ ހަލަބޮލިކަން ގައުމުތަކުގައި ބޮޑުވެގެންދެ އެވެ.

މިއަދު ދުނިޔޭގެ އިގްތިސާދުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޓެކްނޮލޮޖީގެ ކުރިއެރުމެވެ. މިއަދު އެންމެން ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް ހޭނުމުން އަބަދުވެސް އޮންނަނީ އެ ޓެކްނޮލޮޖީއެއްގެ ފަހަތުން ދުވާ ހިސާބަށް ގޮސްފަ އެވެ. އެހާވެސް އަވަސް، ބޮޑެތި ބަދަލުތައް ޓެކްނޮލޮޖީއަށް އަންނަމުންދެ އެވެ.

ދުނިޔޭގެ އިގްތިސާދުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސާމާނު އެކްސްޕޯޓްކުރާ ގައުމުތަކާއި ހަކަތަ އެކްސްޕޯޓްކުރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުންތައް އެކަށީގެންވާ މިންވަރަށް ކުރިއަރައިގެން ނުދިއުމެވެ. އެގޮތުން މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރަށް ލެޓިން އެމެރިކާގެ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމުގައި މާބޮޑު ތަފާތުތަކެއް ކުރިއަށް އޮތް އަހަރުތަކުގައި ނާންނާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ. އެހެންނަމަވެސް އިންޑިޔާ އާއި ޗައިނާ ފަދަ ގައުމުތަކަށް އިގްތިސާދީ ގޮތުން އަންނަ އާދަޔާ ހިލާފު ކުރިއެރުންތަކުގެ ސަބަބުން އެހެން ގައުމުތަކުގެ އިގްތިސާދާ ދެމެދު އޮންނަ ފަރަގުތައް އިތުރަށް ބޮޑުވެގެންދާނެ އެވެ.

މިކަންކަމަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުން ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަންކަމެވެ. ރާއްޖެ ފަދަ އިގްތިސާދީ ގޮތުން ނާޒުކު ގައުމަކަށްވާއިރު ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ވެސް މިހާރަށް ވުރެ އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތަކާއި ގޮތްތައް ވަނީ ހޯދަންޖެހިފަ އެވެ. މާލީ ދާއިރާ ވެސް މިހާރަށް ވުރެ ފުޅާ ކުރަންޖެހެ އެވެ. ރާއްޖޭގެ އިގްތިސާދަކީ ވެސް އެންމެ ކަމެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ދާއިރާތަކެއް އެކުލެވޭ ނުވަތަ ޑައިވާސް ވެފައިވާ އިގްތިސާދަކަށް ވާންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު