Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ

ގޭހާއި ތެލުގެ އާމްދަނީ ދެވަނަ ކުއާޓާގައި އިތުރުވާނެ: ޕުޓިން

12 އެޕްރީލު 2023 | ބުދަ 00:25

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 އެޕްރީލު 2023 | ބުދަ 00:25
ރަޝިއާގެ ރައީސް ޕުޓިން

ރަޝިއާގެ ރައީސް ޕުޓިން

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ތެލާއި ގޭހުން ރަޝިއާއަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށާއި އެއީ ދުނިޔޭގެ އިގްތިސާދަށްވެސް ރަނގަޅު ޚަބަރެއް ކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިފަދައިން ވިދާޅުވިއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ. އެގޮތުން، މިދިޔަ ހަފްތާގައި ރަޝިއާ ހިމެނޭހެން އޯޕެކްގެ ޤައުމުތަކުން ތެޔޮ އުފައްދާ މިިންވަރު މަދުކުރުމަށް ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް އިންސައްތައަށް އުފުލިފައެވެ. މި ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ނިންމާފައިވަނީ އަންނަ މެއި މަހުން ފެށިގެންނެވެ.

ރަޝިއާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރަޝިއާގެ ބަޖެޓް ވަނީ 29 ބިލިއަން ޑޮލަރުން ޑެފިސިޓް ވެފައެވެ. މީގެ ސަބަބެއް ކަމަށް ބުނެފައިވަނީ އެ ޤައުމުގެ ތެލާއި ގޭހުގެ އެކްސްޕޯޓް ދަށްވެ އާމްދަނީ ދަށްވުމެވެ.

ރަޝިއާގެ ހަކަތައިގެ އާމްދަނީ ދަށްވެފައިވަނީ އެ ޤައުމުން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގެ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ،

ރަޝިއާގައި އަންގާރަ ދުވަހު ވަގުތުން ދެއްކި އެ ޤައުމުގެ ސަރުކާރުގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ރައީސް ޕުޓިން ވަނީ ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން އެ ޤައުމުގެ ތެލާއި ގޭހުގެ އާމްދަނީ ފުރަތަމަ ކުއާޓަރުގައި 1.3 ޓްރިލިއަން ރޫބަލް ނުވަތަ 15.8 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ދެވަނަ ކުއާޓަރުގައި ހާލަތު ބަދަލުވާނެ ކަމަށާއި ބަޖެޓަށް އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާ ކޮށްފައިވާ ގޮތުގައި މިއަހަރު ރަޝިއާގެ އުފެއްދުންތެރިކަން 0.3 އިންސައްތައިން 0.7 އިންސައްތައަށް އަރާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

28 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ
26 ޑިސެމްބަރު 2017

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި

26 ޑިސެމްބަރު 2017
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި
19 ޑިސެމްބަރު 2017

ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ

19 ޑިސެމްބަރު 2017
ޗިލީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރިޔާސީ ދެވަނަ ދައުރަކަށް ސެބަސްޓިއަން ޕިނޭރާ އިންތިޚާބުވެއްޖެ
06 ނޮވެމްބަރު 2017

ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް

06 ނޮވެމްބަރު 2017
ލަންކާގެ ތެލުގެ ތާށިކަމަށް އަދިވެސް ހައްލެއް ނެތް
04 ނޮވެމްބަރު 2017

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ
04 އޮކްޓޯބަރު 2017

އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި

04 އޮކްޓޯބަރު 2017
އިންޑިއާއިން ތެލުގެ އަގު ހެޔޮ ކޮށްފި
18 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި

18 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް