Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލައިބީރިޔާގެ ރިޔާސީ އިންތިޚާބު

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

ވިއާ ގެންދަވަނީ އިންތިޚާބު ކާމިޔާބުވެއްޖެ ކަމަށް ވިދާޅުވަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2017 | ބުރާސްފަތި 10:53
ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި

ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި

ލައިބީރިޔާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންގާރަ ދުވަހު ނިންމާލާފައިވާއިރު ވޯޓް ގުނުން އަދި ވެސް ކުރިޔަށް އެބަ ގެންދެއެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވައި، ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ ނާއިބު ރައީސް ޖޯސެފް ބޯކާއި އަދި ކުރީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާއެވެ.

އިލެކްޝަން ކޮމިޝަނުން ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނުކުރަން ފަށާނެ ކަމަށެވެ.

އުމުރުފުޅުން 51 އަހަރުފުޅުގެ ވިއާ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަށް ހޯއްދަވަން ޖެހިވަޑައިގަންނަވާ 50 އިއްސަތަ ލިބިވަޑައިގެންފައެއް ނުވެއެވެ.

ދެވަނަ ބުރުގެ ވޯޓަށް ފަހު ވިއާ ގެންދަވަނީ އިންތިޚާބުގައި ކުރި ހޯއްދެވިފައިވާ ކަމަށް ވިދާޅުވަމުންނެވެ.

ނާއިބު ރައީސްކަމުގެ މަގާމުގައި 12 އަހަރު ހޭދަކުރައްވާފައިވާ އުމުރުން 73 އަހަރުފުޅުގެ ޖޯސެފް ބޯކާއި ދެވަނަ ބުރަށް ވަޑައިގެންނެވި ނަމަވެސް މިހާރުގެ ރައީސްގެ ތާއީދު ލިބިވަޑައިގެންފައެއް ނުވެއެވެ.

އެފްރިކާގެ ގައުމެއްގައި އިންތިޚާބަކުން ވެރިކަމުގައި ހުންނެވި ފުރަތަމަ އަންހެން ރައީސް އެލެން ޖޯންސަން ސަރލީފްގެ ވެރިކަން މި އިންތިޚާބަށް ފަހު ބަދަލުވެގެންދާއިރު ވޯޓްގެ ކަންކަން ލަސްވެފައި ވަނީ ޝަރުއީ މަރުހަލާގެ ތެރެއިންނެވެ.

އެލެން ޖޯންސަން ސަރލީފްގެ ވެރިކަން 2006 ވަނަ އަހަރު ފެށުނުއިރު އެކަމަނާއަކީ އެ ގައުމުގެ 24 ވަނަ ރައީސްއެވެ.

ލައިބީރިއާގެ ޤާނޫނު އަސާސީ ބުނާ ގޮތުން، އެގައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ގިނަވެގެން ހަ އަހަރުގެ ދެ ދައުރެވެ.

މި ދެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފުރަތަމަ ތާވަލް ކުރީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހަށެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމަށް އެއް ދުވަހަށް ވެފައިވަނިކޮށް، ލައިބީރިއާގެ ސުޕްރީމް ކޯޓުން ވަނީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓަށް މަކަރު ހެދުމާއި، ގަވާއިދުގެ ބޭރުން ކަންކަން ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ލިބަޓީ ޕާޓީން ހުށަހަޅާފައިވާ ޝަކުވާ އަށް ޤާނޫނީ ގޮތުން ގޮތެއް ނިންމަންދެން އިންތިޚާބު ފަސް ކުރުމަށް ނެޝަނަލް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފައެވެ.

އަންގާރަ ދުވަހު ކުރިޔަށް ދިޔަ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދު ކަމަށް ފެނުނު ނަމަވެސް ނަތީޖާތަކަށް ބަލާއިރު ވޭތުވެ ދިޔަ 73 އަހަރުގެ ތެރޭގައި އޮމާންކަމާ އެކު ބާރުތައް ބަދަލުވެގެންދާ ފުރަތަމަ ފަހަރަށް މި ފަހަރު ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ އަތްދަށުން 19 ވަނަ ގަރުނުގެ ތެރޭ މިނިވަންވި އަޅުން އުފައްދާފައިވާ މި ގައުމުގެ 4.6 މިލިއަން މީހުންގެ ތެރެއިން ދެ މި ލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

ލައިބީރިއާގެ މި އިންތިޚާބު ވެގެންދާނީ 1944 ވަނަ އަހަރުގެ ފަހުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ އެއް ވެރިޔަކު، އިންތިޚާބުވެފައިވާ އެހެން ވެރިޔަކަށް ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 20 ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ވާދަކުރެއްވިއިރު، އެފަރާތްތަކުގެ ތެރޭގައި ލިބަޓީ ޕާޓީގެ ޗާލްސް ބްރަމްސްކައިން ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ

ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ

17 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން

15 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު