Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލައިބީރިޔާގެ ރިޔާސީ އިންތިޚާބު

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: މިހާރުގެ ނައިބް ރައީސްއާ ދެކޮޅަށް ކުރީގެ ފުޓްބޯޅަ ތަރި

26 ޑިސެމްބަރު 2017 | އަންގާރަ 18:17

އިންތިޚާބުގެ ވޯޓުލުން ފަސް ކުރުމަށް އަމުރު ނެރުނީ، ދެވަނަ ބުރުގެ ވޯޓަށް އެއް ދުވަހަށް ވެފައިވަނިކޮށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 ޑިސެމްބަރު 2017 | އަންގާރަ 18:17
ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި

ލައިބީއިރާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވިއާ (ކ) އަދި ނައިބު ރައީސް ޖޯސެފް ބޯކާއި

ލައިބީރިޔާގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން ބައެއް ސަރަހައްދުތަކުގައި ނިންމާލައިފިއެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވި ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވައި، ދެވަނަ ބުރުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ ނައިބު ރައީސް ޖޯސެފް ބޯކާއި އަދި ކުރީގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާ އެވެ.

އުމުރުފުޅުން 51 އަހަރުފުޅުގެ ވިއާ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަށް ހޯއްދަވަން ޖެހިވަޑައިގަންނަވާ 50 އިއްސަތަ ލިބިވަޑައިގެންފައެއް ނުވެއެވެ.

ނައިބު ރައީސްކަމުގެ މަގާމުގައި 12 އަހަރު ހޭދަކުރައްވާފައިވާ އުމުރުން 73 އަހަރުފުޅުގެ ޖޯސެފް ބޯކާއި ދެވަނަ ބުރަށް ވަޑައިގެންނެވި ނަމަވެސް މިހާރުގެ ރައީސްގެ ތާއީދު ލިބިވަޑައިގެންފައެއް ނުވެއެވެ.

އެފްރިކާގެ ގައުމެއްގައި އިންތިޚާބަކުން ވެރިކަމުގައި ހުންނެވި ފުރަތަމަ އަންހެން ރައީސް އެލެން ޖޯންސަން ސަރލީފްގެ ވެރިކަން މި އިންތިޚާބަށް ފަހު ބަދަލުވެގެންދާއިރު ވޯޓްގެ ކަންކަން ލަސްވެފައި ވަނީ ޝަރުއީ މަރުހަލާގެ ތެރެއިންނެވެ.

އެލެން ޖޯންސަން ސަރލީފްގެ ވެރިކަން 2006 ވަނަ އަހަރު ފެށުނުއިރު އެކަމަނާ އަކީ އެ ގައުމުގެ 24 ވަނަ ރައީސްއެވެ.

ލައިބީރިއާގެ ޤާނޫނު އަސާސީ ބުނާ ގޮތުން، އެގައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ގިނަވެގެން ހަ އަހަރުގެ ދެ ދައުރެވެ.

މި ދެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފުރަތަމަ ތާވަލް ކުރީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހަށެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމަށް އެއް ދުވަހަށް ވެފައިވަނިކޮށް، ލައިބީރިއާގެ ސުޕްރީމް ކޯޓުން ވަނީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓަށް މަކަރު ހެދުމާއި، ގަވާއިދުގެ ބޭރުން ކަންކަން ހިންގާފައިވާ ކަމަށް ބުނެ އިދިކޮޅު ލިބަޓީ ޕާޓީން ހުށަހަޅާފައިވާ ޝަކުވާ އަށް ޤާނޫނީ ގޮތުން ގޮތެއް ނިންމަންދެން އިންތިޚާބު ފަސް ކުރުމަށް ނެޝަނަލް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފަ އެވެ.

އަންގާރަ ދުވަހު ކުރިޔަށް ދިޔަ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ފެނުނު ނަމަވެސް ނަތީޖާތަކަށް ބަލާއިރު ވޭތުވެ ދިޔަ 73 އަހަރުގެ ތެރޭގައި އޮމާންކަމާއެކު ބާރުތައް ބަދަލުވެގެންދާ ފުރަތަމަ ފަހަރަށް މި ފަހަރު ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ އަތްދަށުން 19 ވަނަ ގަރުނުގެ ތެރޭ މިނިވަންވި އަޅުން އުފައްދާފައިވާ މި ގައުމުގެ 4.6 މިލިއަން މީހުންގެ ތެރެއިން ދެ މި ލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

ލައިބީރިއާގެ މި އިންތިޚާބު ވެގެންދާނީ 1944 ވަނަ އަހަރުގެ ފަހުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ އެއް ވެރިޔަކު، އިންތިޚާބުވެފައިވާ އެހެން ވެރިޔަކަށް ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 20 ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ވާދަކުރެއްވިއިރު، އެފަރާތްތަކުގެ ތެރޭގައި ލިބަޓީ ޕާޓީގެ ޗާލްސް ބްރަމްސްކައިން ހިމެނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
07 ޖޫން 2017

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް