Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އަންޗެލޮޓީ އަކީ ޗެލްސީގެ ސަޕޯޓަރެއް، ނަމަވެސް އެނބުރި ދާކަށް ބޭނުމެއް ނުވޭ

ރެއާލަކީ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ޓީމެއް، މި ސީޒަންގެ ކޮޕަ ޑެލް ރޭ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ، ދެ ސީޒަންގެ ތެރޭ ވާދަކުރެވޭ ހުރިހާ ތައްޓެއް ކާމިޔާބު ކުރެވުނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 23:57
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

އޭނާ އަކީ އަދި ވެސް ޗެލްސީގެ ވަރުގަދަ ސަޕޯޓަރެއް ކަމަށާއި، ނަމަވެސް ދެ ވަނަ ފަހަރަށް އެ ކުލަބަށް ދާން ބޭނުންނުވާ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އުމުރުން މިހާރު 63 އަހަރުވެފައިވާ އަންޗެލޮޓީ ވަނި މީގެ ކުރިން 2009 އިން 2011 އަށް ޗެލްސީއަށް ކޯޗުކަން ކޮށްދީފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ އެކުލަބާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ކޮމިއުނީޓީ ޝީލްޑެއް ކާމިޔާބުކޮށްފަ އެވެ.

އަންޗެލޮޓީ ބުނީ، ޗެލްސީ އާއި މިހާރު ވެސް އެ ކުލަބުގައި މަސައްކަތް ކުރާ މީހުންނާއެކު އޭނާގެ އޮންނާނީ ވަރަށް ފުރިހަމަ ހަނދާންތަކެއް ކަމަށެވެ. އަދި އޭނާ އަކީ ޗެލްސީގެ ސަޕޯޓަރެއް ކަމަށާއި، އެ ކުލަބުގައި ހޭދަކުރި ދެ އަހަރު ދިޔައީ ވަރަށް ރަނގަޅަށް، އޮމާންކަމާއެކު ކަމަށެވެ. އެނބުރި ގޮސްދާނެތޯ ކުރެވޭ ސުވާލުތަކަށް އަންޗެލޮޓީ ބުނީ އެކަމެއް ނުވާނެ ކަމަށެވެ. އެއާއެކު އޭނާ ބުނީ ޗެލްސީއާއެކު ފްރޭންކް ލަމްޕާޑަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، ކާމިޔާބީތައް ވެސް ހޯދޭނެ ކަމަށެވެ. އަދި މިހާރު އޭނާގެ މަސައްކަތް އޮތީ ރެއާލްގައި ކަމަށެވެ. އަދި ރެއާލަކީ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ޓީމެއް ކަމަށާއި، މި ސީޒަންގެ ކޮޕަ ޑެލް ރޭ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ، ދެ ސީޒަންގެ ތެރޭ ވާދަކުރެވޭ ހުރިހާ ތައްޓެއް ކާމިޔާބު ކުރެވުނީ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބައެއް ފަހަރު ކުލަބުތަކުގެ އުމުރު ހުސްވާއިރު ވެސް އެކަން ކާމިޔާބު ނުވެ ވެސްދާ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ޗެލްސީ މެޗަށް ފެޑަރިކޯ ވަލްވާޑޭ ފުރިހަމަ އަށް ތައްޔާރު ކަމަށެވެ. އެގޮތުން ރެއާލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް ވަލްވާޑޭ ފެނުނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ މަންޒަރު ކަމަށާއި، އޭނާ ހުރީ ވަރަށް ބޮޑު އިތުބާރެެއްގައި ކަމަށެވެ. އޭނާ ބުނީ ކުރިން ކަންތައްވީ ގޮތުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި، ޗެލްސީ މެޗުގައި ވަލްވާޑޭ ތަފާތު ދައްކާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި އޮތުމަކީ ވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ރެއާލްގެ އެންމެހައި ކުޅުންތެރިން ތިބީ މެޗަށް ފުރިހަމަ އަށް ތައްޔާރަށެވެ.

ޗެލްސީ އާއި ރެއާލް ވާދަކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު