Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންޗެލޮޓީ

"އަހަރެންގެ ހަޔާތުގައި ދުވަހަކުވެސް ބާސެލޯނާއާ ނުގުޅޭނަން"

އަންޗެލޮޓީ ބުނީ، އޭނާގެ ތާރީޚު އޮންނާނީ ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުލަބު ރެއާލްގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 02:12
ބާސެލޯނާގެ ކޯޗު ޒަވީއާއެކު އަންޗެލޮޓީ

ބާސެލޯނާގެ ކޯޗު ޒަވީއާއެކު އަންޗެލޮޓީ

އޭނާގެ ޙަޔާތުގައި ދުވަހަކު ވެސް ބާސެލޯނާގެ ކޯޗުކަމާ ހަވާލު ނުވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އިޓަލީ އަަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ އަންޗެލޮޓީ މިހެން ބުނީ އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. އެގޮތުން ހުސްވެފައިވާ ބްރެޒިލްގެ ކޯޗުކަމަށް އަންޗެލޮޓީ ގެންނަން މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ވެސް ފެތުރެމުން ދަނިކޮށް، ވާދަވެރި ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ހިއްސާ ކުރުމަށް ނޫސްވެރިޔަކު ވަނީ އެދިފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން އަންޗެލޮޓީ ބުނީ، އޭނާގެ ހަޔާތުގައި ދުވަހަކުވެސް ބާސެލޯނާގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށެވެ. އަދި އެއީ މުސްތަޙީލު ކަމެއް ކަމަށާއި، އެކަން އެގޮތުގައި ނުވާނެ ކަމަށެވެ. މީގެ އިތުރުން އަންޗެލޮޓީ ބުނީ، އޭނާގެ ތާރީޚު އޮންނާނީ ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުލަބު ރެއާލްގައި ކަމަށެވެ. އަދި ރެއާލްގެ ސަޕޯޓަރުންނާއި، އޭނާ އަށް ސަޕޯޓުކުރާ މީހުން ވެސް ބޭނުންވަނީ އޭނާ ރެއާލްގައި ހުންނަން ކަމަށެވެ.

އަންޗެލޮޓީ އަކީ ރެއާލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެންމެ ފުރަތަމަ އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. އެއަށްފަހު 2015 ވަނަ އަހަރު ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ ރެއާލާއެކު ހަތަރު ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އަންޗެލޮޓީ ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް އެ ޓީމާ ހަވާލުވި ފަހުން މިހާތަނަށް ވަނީ، ފަސް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމާއެކު އޭރު އަންޗެލޮޓީ ބުނީ އޭނާ ރިޓަޔާވާން ބޭނުންވަނީ ރެއާލްގައި ހުރެ ކަމަށެވެ. އަދި ކުލަބާއެކު ހަދާފައިވާ އެއްބަސްވުމެއް އޮތް ކަމަށާއި، ކުލަބުން އޭނާ ދޫކޮށްލަންދެން ހުންނާނެ ކަމަށެވެ. ރެއާލާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ.

އަންޗެލޮޓީ އަކީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މޮޅު ހޯދާފައިވާ ކޯޗެވެ. މީގެ އިތުރުން އޭނާ އަކީީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ މިހާތަނަށް ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ މިހާރުގެ ކުލަބު ރެއާލާއެކު ދެ ފަހަރު، އަދި ކުރީގެ ކުލަބް އިޓަލީގެ އޭސީ މިލާނާއެކު ދެ ފަހަރު އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް ރެއާލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަންޗެލޮޓީ އަށް އެބަ އޮތެވެ.

ބާސެލޯނާކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު