Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ވަރުގަދަކުރުން

ސައްޓުވެސް ނިއުރޭޑިއަންޓަށް!

ސައްޓު ވަނީ ޤައުމީ ޓީމަށް ކުޅެފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 7 އެޕްރީލު 2023 | ހުކުރު 02:37
ސައްޓު (މެދުގައި) ޤައުމީ ޖަރޒީގައި

ސައްޓު (މެދުގައި) ޤައުމީ ޖަރޒީގައި

ދެވަނަ ޑިވިޝަނަށް ވަރުގަދަ ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ކްލަބް ނިއުރޭޑިއަންޓުން އޭދަފުށި އިޝާން އިބްރާހީމް (ސައްޓު)ގެ ސޮއިވެސް ހޯދައިފިއެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅުމަށްފަހު މިހާރު އުފަން ރަށަށް ބަދަލުވެފައިވާ ސައްޓު ފާހަގަވީ ޓީސީންނެވެ. ޓީސީއާއި ލީގު ހޯދިއެވެ. އަދި ބަނގްލަދޭޝްގައި އޮތް މުބާރާތް ކާމިޔާބުކުރި ޓީމްގައިވެސް މުހިއްމު ދައުރެއް އަދާކުރިއެވެ. ޤައުމީ ޓީމަށް ކުޅުމުގެ ހުވަފެންވެސް ސީދާ ކުރުމަށްފަހު އެނބުރި ރަށަށް ބަދަލުވި ނަމަވެސް އެކި މުބާރާތްތަކުގައި ސައްޓު ފެނެއެވެ. އަތޮޅު މުބާރާތާއި, ފުޓްސަލް މުބާރާތްތަކުގައިވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. ރަށުގައި ވަޒީފާ އަދާކުރަމުން ދިޔަނަމަވެސް މާލެ ބަދަލުވީވެސް ފުރަތަމަ ޑިވިޝަނާއި, ޤައުމީ ޓީމަށް ކުޅުމުގެ ހުވަފެން ހަޤީގަތަށް ހެދުމަށެވެ. އެކަން ކާމިޔާބުކަމާއެކު ފުރިހަމަކޮށް އަލުން ރަށަށް ބަދަލުވި ނަމަވެސް އޭނާއަކީ އަދިވެސް ފުރަތަމަ ޑިވިޝަންގައި މޮޅަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިއެކެވެ. ޓީސީއަށް ކުޅުމުގެ ކުރިން ދިވެހި ލީގުގައި މިލަންދޫ ޓީމަށްވެސް އޭނާ ކުޅުނެވެ.

ނިއުރޭޑިއަންޓަށް ކުޅުމަކީވެސް ސައްޓުގެ އުއްމީދެކެވެ. ނިއުރޭޑިއަންޓަށް ސޮއިކޮށް, އޭނާއަށް ނުލާއި ހުދުގެ ޖަރޒީ ހަވާލުކުރީ ސައްޓުގެ މަންމައެވެ. ސައްޓުގެ ކުރިން ނިއުރޭޑިއަންޓުން ވަނީ ޔަސްފާދު ހަބީބު (މުލަކޭ)އާއި, ކީޕަރު ތޮލާލްއާއި, ފުޓްސަލްގައި ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ އަހުމަދު އަޔާޒުގެ ސޮއި ހޯދާފައެވެ. ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ދެވަނަ ޑިވިޝަންގައި ވާދަކުރުމުގެ އިތުރުން ނިއުރޭޑިއަންޓް މިސީޒަންގައި އެފްއޭކަޕްގައިވެސް ވާދަކުރާނެއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
01 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
14 މެއި 2025

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު