Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ލީގު ކަޕް

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2025 | އަންގާރަ 03:53
އެފްއޭއެމް ލީގު ކަޕްގަައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރި މެޗުގެ ތެރެއިން

އެފްއޭއެމް ލީގު ކަޕްގަައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕް ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ހަމްޕު ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ހަމްޕު ވަނީ ތިން ވަނަ ލަނޑެއް ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. އޭގެ ފަހުން މެެޗުގެ 72 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ ޙަސަން ނަޒީމް އެވެ. އަދި މެޗުގައި މާޒިޔާގެ ފަހު ލަނޑު ޖެހީ މުޙަައްމަދު އިލާން އިމްރާން އެވެ. މެޗުގައި ނިއު ރޭޑިއަންޓުގެ ހަމައެކަނި ލަނޑު ޖެހީ ރާފިޤު އާމިނު އެވެ.

މި މުބާރާތަކީ އެފްއޭއެމް އިން މިދިޔަ މަހު ފަށަން މަސައްކަތް ކުރި ފުޓުބޯޅަ ސީޒަން ފެށިފައި ނުވާތީ، އޭގެ ބަދަލުގައި އެފްއޭއެމް އިން ރޭވި މުބާރާތެކެވެ. ފުޓުބޯޅަ ސީޒަން ފެށުން ލަސް ކުރަން ޖެހުނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެންގުމުންނެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ ފަސް ޓީމެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ތިން ޓީމު އަދި ދެ ވަނަ ޑިވިޝަންގެ ތިން ޓީމެވެ. ބައެއް ޓީމުތަކުން ވަނީ މި މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ.

ފުރަތަމަ ޑިވިޝަން އިން މި މުބާރާތުގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކުލަބު އަދި އޮޑި ސްޕޯޓްސް ކުލަބު އެވެ. ދެ ވަނަ ޑިވިޝަން އިން ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންެއެފްއޭއެމް ލީގު ކަޕްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު