Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!

ދިވެހި ފުޓުބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު އެއް ހިސާބަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައިގަ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ނިއު ރޭޑިއަންޓާ ހަމައިގައި ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 04:15
ނިއު ރޭޑިއަންޓުގެ އައު ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓުގެ އައު ޗެއާމަން އަޙުމަދު މުބީން

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބާ އެކު ފެށި މަސައްކަތަކީ ހަމައެކަނި އެ ކުލަބަށްޓަކައި ފެށި މަސައްކަތެއް ނޫން ކަމަށާއި، އެއީ މިވަގުތު ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ފެށި މަސައްކަތެއް ކަމަށް އެ ކުލަބުގެ އައު ޗެއާމަން އަޙުމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން މިހެން ވިދާޅުވީ ނިއު ރޭޑިއަންޓުގެ ކޮންގްރެސްގައި އެ ކުލަބުގެ އައު ޗެއާމަންކަމަށް އޭނާ އިންތިޚާބު ކުރުމާއެކު، އެންމެ ފުރަތަމަ ދެއްކެވި ވާހަކައިގަ އެވެ. އެގޮތުން މުބީން ވިދާޅުވީ، އެ ބޭފުޅުންގެ ހަމައެކަނި ޢަމާޒަކީ ނިއު ރޭޑިއަންޓު ގޮވައިގެން ކުރިއަށް ދިޔުން ނޫން ކަމަށެވެ. ޚާއްސަކޮށް ދިވެހި ފުޓުބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު އެއް ހިސާބަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައިގަ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ނިއު ރޭޑިއަންޓާ ހަމައިގައި ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި މުބީން ވިދާޅުވީ ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ނިއު ރޭޑިއަންޓުގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބު އަދި ކުލަބު ވެލެންސިއާ ފަދަ ކުލަބުތައް ގަލޮޅު ދަނޑުން އަދި އެ ނޫން ވެސް ދަނޑުތަކުން ފެންނަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ދިވެހި ސަޕޯޓަރުންނަށް އުންމީދެއް ގެނެސްދެވެން އޮތީ އެ ހުރިހާ ކުލަބުތަކެއް ނިކުމެ، ވާދަވެރި މެޗުތަކެއް ކުޅެގެން ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ. ޚާއްސަކޮށް މުބީން ވަނީ އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ނިއު އާއި ވިކްޓްރީ ބައްދަލު ކުރި މެޗަށް އިޝާރާތް ކޮށްފަ އެވެ. އެގޮތުން މުބީން ވިދާޅުވީ އެ މެޗަކީ މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ސަޕޯޓަރުން މެޗެއް ބެލުމަށް ދަނޑަށް ވަތް އެއް މެޗު ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، އެ މަންޒަރު ވެސް ފެނުން ކަމަށެވެ.

މީގެ އިތުރުން މުބީން ވިދާޅުވީ އެ ތިން ކުލަބު އެކީގައި އަލުން ގަލޮޅު ދަނޑަށް އައިސް، އެ ހިތްވަރާއި، އެ ރޫޙު ދައްކަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ނިއު ރޭޑިއަންޓު ވެސް އަލުން ފުރަތަމަ ޑިވިޝަނަށް އައިސްގެން ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ. މުބީން ވިދާޅުވީ އޭނާ އާއި އޭނާ އާއެކު ނިއު ރޭޑިއަންޓުގެ ބޯޑަށް އިންތިޚާބުވީ ޓީމުން ކުރަން ޖެހޭ މަސައްކަތާއި، މަސްއޫލިއްޔަތުތައް ވަރަށް ރަނގަަށް އިނގޭ ކަމަށެވެ. ޚާއްސަކޮށް ކުއީން އަޙުމަދު ވަޙީދު އަދި ނިއު ރޭޑިއަންޓުގެ ކުރީގެ މެނޭޖުމަންޓުން މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަ ކުރަން ބޭނުންވާ ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓު ސަސްޕެންޑު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓު ސަސްޕެންޑު ކުރިއިރު، އޭގެ ކުރިން އެ ކުލަބުން ވަނީ އޭރު އެފްއޭއެމްގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް، ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އޭގެ ފަހުން އެފްއޭއެމް އިން ނިއު ރޭޑިއަންޓު ސަސްޕެންޑު ކުރީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އޭގެ ފަހުން އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ނިއު ރޭޑިއަންޓު ވަނީ، އެންމެ ފަހުން އޮތް ދެ ފަހަރު ވެސް ދެ ވަނަ ޑިވިޝަންގައި ވާދަކޮށްފަ އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަޙުމަދު މުބީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު