Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓުގެ އައު ޗެއާމަނަކީ މުބީން

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި އެ ކޮންގްރެސްގައި ވަނީ އެ ކުލަބުގެ އައު ބޯޑަށް މެމްބަރުން އިންތިޚާބު ކޮށްފަ އެވެ. އަދި ކުލަބުގެ އަސާސީ ޤަވައިދުގެ ބައެއް މާއްދާތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 03:39
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް އިންތިޚާބު ކުރި މުބީން

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް އިންތިޚާބު ކުރި މުބީން

ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ އައު ޗެއާމަނަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް)ގެ މެނޭޖިން ޑަައިރެކްޓަރު އަޙުމަދު މުބީން އިންތިޚާބު ކޮށްފި އެވެ.

އެންމެ ފަހުން އެ މަގާމުގައި ހުރީ އަޙުމަދު ވާސިފު އެވެ. ނިއު ރޭޑިއަންޓުގެ ޗެއާމަންކަމުން ވާސިފު އިސްތިއުފާ ދެއްވާފައި ވަނީ، އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް ނިއު އިން ކުރަމުން އައި މަސައްކަތް ދެ ފަހަރެއްގެ މަތިން ކާމިޔާބު ނުވުމުންނެވެ.

އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ނިއު އިން ވަނީ އެ ކުލަބުގެ ކޮންގްރެސް ބުދަ ދުވަހުގެ ރޭ ބާއްވައިފަ އެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި އެ ކޮންގްރެސްގައި ވަނީ އެ ކުލަބުގެ އައު ބޯޑަށް މެމްބަރުން އިންތިޚާބު ކޮށްފަ އެވެ. އަދި ކުލަބުގެ އަސާސީ ޤަވާއިދުގެ ބައެއް މާއްދާތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ކޮންގްރެސްގައި ނިއު ރޭޑިއަންޓުގެ ބޯޑުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުންނެވެ. އެހެންވެ މެމްބަރުން އިންތިޚާބު ކޮށްފައި ވަނީ އަތް ހިއްލައިިގެން، ފެންނަ ނުފެންނަ ވޯޓުންނެވެ. އެގޮތުން ކޮންގްރެސް އަށް ޙާޟިރުވި މެމްބަރުންގެ އިއްތިފާގުން ވަނީ، ނިއުގެ ޗެއާމަންކަމަށް މުބީން އިންތިޚާބު ކޮށްފަ އެވެ. މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މުބީން އަކީ، ނިއުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

މީގެ އިތުރުން ނިއުގެ އެހެން މަގާމުތަކަށް ވެސް މެމްބަރުން އިންތިޚާބު ކޮށްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން ނިއުގެ ސީނިއާ ވައިސް ޗެއާމަންކަމަށް އިންތިޚާބު ކުރި ދެ މެމްބަރުންނަކީ، ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ އަލީ (މުޖޭ) އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް (ކައްޕި) އެވެ. ވައިސް ޗެއާމަންގެ މަގާމަށް އިންތިޚާބު ކޮށްފައި ވަނީ އަލްއުސްތާޛް އަލީ ރަޝީދު އަޙުމަދު އެވެ.

ނިއު ރޭޑިއަންޓުގެ އައު ބޯޑު މެމްބަރުންގެ ގޮތުގައި އިންތިޚާބު ކޮށްފައި ވަނީ އިސްމާއީލް ރަޝީދު (ހުންގާނު)، އަޙުމަދު ޔޫސުފް، އަޙުމަދު މޫސާ، މުޙައްމަދު ޔޫސުފް، ޒަހީނުއްދީން ސައީދު، މޫސާ ސާއިދު، މުޙައްމަދު އަލީ، އުމަރު ފަރުހާން، އަބްދުﷲ އަބޫބަކުރު އަދި މުޙައްމަދު ޝަކީލް އެވެ. މީގެ ތެރެއިން ޝަކީލް އަކީ ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރު އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަޙުމަދު މުބީން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު