Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބު

ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން

ބޮޑު ޓީމެއް އެކުލަވާލައި، ޓީމަށް ވަރުގަދަ ކުޅުންތެެރިން ހޯދުމުގެ ބަދަލުގައި، އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ މިހާރު އޮތް ދަރަނިން ސަލާމަތްކޮށް ކުރިއަށް ދާނީ ކުލަބުގެ ޚިދުމަތްތެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2024 | ހޮނިހިރު 04:17
ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ ޗެއާމަންކަމާ ހަވާލުވީއިރު އެ ކުލަބު އޮތީ ދަރަނީގައިކަން އިނގޭ ކަމަށާއި، އެ ދަރަނިން ކުލަބު ސަލާމަތްކޮށްދޭނެ ކަމަށް އަޙުމަދު މުބީން ވިދާޅުވެއްޖެ އެވެ.

އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ނިއު ރޭޑިއަންޓުން މި ފަހުން ބޭއްވި ކޮންގްރެސްގައި އެ ކުލަބުގެ ޗެއާމަންކަމަށް ވަނީ މުބީން އިންތިޚާބު ކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޗެއާމަންކަމަށް ކުރިމަތިލެއްވީ ވެސް މުބީން އެކަންޏެވެ. ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިއުގެ ޗެއާމަންކަމަށް މުބީން އިންތިޚާބު ކޮށްފަ އެވެ.

އެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ އޭނާ އާއި އޭނާގެ ޓީމުން ނިއު ރޭޑިއަންޓާ ހަވާލުވީ އެ ކުލަބު އޮތް ޙާލަތު އެނގިގެން ކަމަށެވެ. އެގޮތުން ވަރަށް ބޮޑު ހިސާބުތަކެއް ޖަހާފައިވާނެ ކަމަށާއި، ނިއު ރޭޑިއަންޓު އޮތީ ވަރަށް ބޮޑު ދަރަންޏެއްގައިކަން ވެސް އިނގޭ ކަމަށް މުބީން ވިދާޅުވި އެވެ. އެހެންކަމުން އެ ޓީމުގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ، ނިއު ރޭޑިއަންޓުގެ ދަރަނިން އެ ކުލަބު ސަލާމަތް ކުރުން ކަމަށް ވެސް މުބީން ވިދާޅުވި އެވެ. ޚާއްސަކޮށް ބޮޑު ޓީމެއް އެކުލަވާލައި، ޓީމަށް ވަރުގަދަ ކުޅުންތެެރިން ހޯދުމުގެ ބަދަލުގައި، އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ މިހާރު އޮތް ދަރަނިން ސަލާމަތްކޮށް ކުރިއަށް ދާނީ ކުލަބުގެ ޚިދުމަތްތެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މުބީން ވިދާޅުވީ މި ފާއިތުވި ދުވަސްތަކުގައި ވެސް މަސައްކަތް ކޮށްފައި ވާނީ ނިއު ރޭޑިއަންޓުގެ ޚިދުމަތްތެރިންނާ މަޝްވަރާކޮށް، އެ ބޭފުޅުން ޚިޔާލު ހޯދައިގެން ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ނިއު ރޭޑިއަންޓުގެ ޙައްޤު މަޤާމަށް އެ ކުލަބު އަލުން ގެންދިޔުން ކަމަށާއި، ކުޅިވަރުގެ ރޫޙު ކެނޑިގެން ދިޔަ ދިޔުން އަލުން އަނބުރާ ހޯދުން ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

ނިއު ރޭޑިއަންޓުގެ އައު ބޯޑަށް ބަލާއިރު، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން ނިއުގެ ސީނިއާ ވައިސް ޗެއާމަންކަމަށް އިންތިޚާބު ކުރި ދެ މެމްބަރުންނަކީ، ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ އަލީ (މުޖޭ) އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް (ކައްޕި) އެވެ. ވައިސް ޗެއާމަންގެ މަގާމަށް އިންތިޚާބު ކޮށްފައި ވަނީ އަލްއުސްތާޛް އަލީ ރަޝީދު އަޙުމަދު އެވެ. މީގެ އިތުރުން ނިއު ރޭޑިއަންޓުގެ ބޯޑު މެމްބަރުންގެ ތެރޭގައި ހަންޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަކީލް ވެސް ހިމެނެ އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަޙުމަދު މުބީން

ކޮމެންޓް

އިތުރަށް ކިޔާލަން

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025
ނިއު ރޭޑިއަންޓް އިން ގަލޮޅު ދަނޑު ގުގުމާލާނެ: މުބީން

ނިއު ރޭޑިއަންޓް އިން ގަލޮޅު ދަނޑު ގުގުމާލާނެ: މުބީން

02 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު