Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ މުބާރާތް

އަންހެނުންގެ ޔޫރޯ މުބާރާތް ބާއްވާނެ ޤައުމަކަށް ސްވިޒަލެންޑް

އަންހެން ޔޫރޯ ބޭއްވުމަށް ބިޑު ކުރި ޤައުމުތަކުގެ ތެރޭގައި ފްރާންސް، ޕޮލޭންޑް އަދި ޑެންމާކު، ފިންލެންޑް، ނޯވޭ، ސްވިޑެން އަކުގައި ހުށަހެޅު ޖޮއިންޓު ބިޑު ވެސް ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 20:29
ޔުއެފާ އަންހެނުންގެ ޔޫރޯގެ ތަށި

ޔުއެފާ އަންހެނުންގެ ޔޫރޯގެ ތަށި

އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެ ޤައުމަކަށް ސްވިޒަލެންޑް ހަމަޖައްސައިފި އެވެ.

އަންހެނުންގެ ޔޫރޯ މުބާރާތް ބާއްވާނެ ޤައުމުގެ ގޮތުގައި ޔުއެފާ އިން ސްވިޒަލެންޑް އިއުލާންކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ. ސްވިޒަލޭންޑުން އެންމެ ފަހުން ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2008 ވަނަ އަހަރު އެވެ. އެ އަހަރުގެ ފިރިހެން ޔޫރޯ މުބާރާތް އެ ޤައުމުގައި ކުރިއަށް ގެންދިޔައީ އަވަށްޓެރި އޮސްޓްރިއާއާ އެކުވެގެންނެވެ. މުބާރާތް ބާއްވާނެ ޤައުމުގެ ގޮތުގައި ސްވިޒަލެންޑްގެ ނަން ހާމަކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވީ، ވާދަވެރި މަރުހަލާއަކަށް ފަހު، އަދި ތިން ބުރުގެ މަތިން ވޯޓުލުމަށްފަހު ޑިމޮކްރަޓިކް އުސޫލެއްގެ މަތިން 2025 ވަނަ އަހަރުގެ އަންހެން ޔޫރޯ މުބާރާތް ބޭއްވުމަށް ސްވިޒަލެންޑް ހޮވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސްވިޒަލެންޑްގެ ފުޓުބޯޅަ އިދާރާގެ ރައީސް ޑޮމިނިކް ބްލާންކް ވިދާޅުވީ، މިއީ ސްވިޒަލެންޑާއި އެ ޤައުމުގެ ފުޓުބޯޅަ އިދާރާގެ އިތުރުން އަންހެން ފުޓުބޯޅަ އަށް ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މިއެޅުނު ބޮޑު ފިޔަވަޅަކީ ހުރިހާ ފެންވަރެއްގައި ވެސް އަންހެން ފުޓްބޯޅައިގެ ކުރިއެރުން ބައްޓަން ކުރާނެ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މުބާރާތް ރާވައި ހިންގައި، އިންތިޒާމު ކުރުމަށް ޚާއްސަ ބަޔަކު އުފައްދަވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ވޯކްޝޮޕްތަކާއި، އެހެނިހެން ޕްރޮގްރާމްތައް އޭޕްރީލް މަހާއި މެއި މަހު ކުރިއަށް ގެންދިޔުމަށް މިހާރު ވެސް ޔުއެފާއާއެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޖޫން އަދި ޖުލައި މަހަށް ވާ ގޮތަށެވެ. މުބާރާތް ކުރިއަށް ދާނީ ހަތަރު ހަފްތާގެ މުއްދަތަކަށް ކަމަށް ވެސް އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ބުނެ އެވެ. މުބާރާތް ކުރިއަށް ގެންދާނީ އެ ޤައުމުގެ ސިޓީތައް ކަމަށްވާ ބާސެލް، ބާން، ޖެނީވާ، ޒޫރިކް، ސެއިންޓް ގަލެން، ސިއޮން، ލޫސާން އަދި ތޫން ގައެވެ.

އަންހެން ޔޫރޯ ބޭއްވުމަށް ބިޑު ކުރި ޤައުމުތަކުގެ ތެރޭގައި ފްރާންސް، ޕޮލޭންޑް އަދި ޑެންމާކު، ފިންލެންޑް، ނޯވޭ، ސްވިޑެން އެކުގައި ހުށަހެޅި ޖޮއިންޓު ބިޑު ވެސް ހިމެނެ އެވެ. މުބާރާތް އެންމެ ފަހުން 2022 ވަނަ އަހަރު އިނގްލެންޑުންގައި ބޭއްވިއިރު، ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ޖަރުމަނު ބަލިކޮށް އިނގްލެންޑުން ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.

އަންހެނުންގެ ޔޫރޯ މުބާރާތްސްވިޒަރލެންޑު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

13 އޮކްޓޯބަރު 2024
ޕެނަލްޓީ ގައި ކުރި ހޯދައި އިންގްލެންޑު ސެމީ ފައިނަލަށް

ޕެނަލްޓީ ގައި ކުރި ހޯދައި އިންގްލެންޑު ސެމީ ފައިނަލަށް

06 ޖުލައި 2024
ސްވިޒަލެންޑުގެ ނަތީޖާއާ މެދު ޔަކިން ހިތްހަމަ ޖެހިފައި

ސްވިޒަލެންޑުގެ ނަތީޖާއާ މެދު ޔަކިން ހިތްހަމަ ޖެހިފައި

25 ޖޫން 2024
ސްވިޒަލެންޑު ކައިރިން ޖަރުމަނު ސަލާމަތްވީ ކިރިޔާ

ސްވިޒަލެންޑު ކައިރިން ޖަރުމަނު ސަލާމަތްވީ ކިރިޔާ

24 ޖޫން 2024

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު