Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ޕެނަލްޓީ ގައި ކުރި ހޯދައި އިންގްލެންޑު ސެމީ ފައިނަލަށް

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި އިންގްލެންޑުން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 19:23
މެޗުން މޮޅުވުމުން އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމުން އިންގްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދައި، އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ ޕެނަލްޓީ ގައި ކުރި ހޯދައިގެންނެވެ. މެޗުގައި ސްވިޒަލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ.

މެޗުގެ ލަނޑުތައް ދެ ޓީމުން ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްވިޒަލެންޑުންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ބްރީލް އެމްބޯލޯ އެވެ. އޭގެ ފަހުން އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ 80 ވަނަ މިނެޓުގަ އެވެ. ޑެކްލަން ރައިސް ޖައްސާލި ބޯޅައެއް، އޭރިޔާ ކައިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބުކާޔޯ ސަކާ އެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. 15 މިނެޓުގެ ދެ ހާފު ނިމުނުއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. އިތުރު ވަގުތުގެ ފަހު ހާފުގައި ސްވިޒަލެންޑުން ވަނީ އިންގްލެންޑުގެ ޑިފެންސް އަށް ބާރުބޮޑު ކޮށްފަ އެވެ. ނަމަވެސް އިންގްލެންޑުގެ ގޯލު ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ރަނގަޅު ބޯޅަތަކެއް ސަލާމަތް ކޮށްފަ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި އިންގްލެންޑުން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ ކޯލް ޕާމާ، ޖޫޑް ބެލިންހަމް، ސަކާ، އިވާން ޓޯނޭ އަދި ޓްރެންޓް އެލެކްސެންޑާ އާނޯލްޑްގެ ޕެނަލްޓީ އެވެ. ސްވިޒަލެންޑަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ ފަބިއަން ޝެއާ، ޒެރްޑަން ޝަގީރީ އަދި ޒެކީ އަމްދޫނީ އެވެ. އެ ޓީމުގެ މެނުއަލް އަކަންޖީ ފޮނުވާލި ޕެނަލްޓީ ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯގެ ފައިނަލްގައި ވެސް އިންގްލެންޑުން ވަނީ ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލް ގައި އިޓަލީ އަތުން އިންގްލެންޑު ބަލިވީ ވެސް ޕެނަލްޓީންނެވެ. މިއަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި އިންގްލެންޑު ނިކުންނާނީ ނެދަލެންޑްސް އާއި ތުރުކީ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)އިންގްލެންޑުގެ ގައުމީ ޓީމުސްވިޒަރލެންޑު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު