Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ސްވިޒަލެންޑުގެ ނަތީޖާއާ މެދު ޔަކިން ހިތްހަމަ ޖެހިފައި

ޖަރުމަނު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އަދި ވަކިން ޚާއްސަކޮށް އަމިއްލަ ޤައުމުގައި ކުޅޭ ޓީމާ ދެކޮޅަށް ސްވިޒަލެންޑުގެ ކުޅުންތެރިން ދެއްކީ، އިތުރު ހިތްވަރެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 02:49
ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން

ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑުން ނެރެނު ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުރާތު ޔަކިން ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑުން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ސްވިޒަލެންޑުން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފައިވާއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔަކިން ބުނީ، ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔައިރު، ސްވިޒަލެންޑް ބަލި ނުވެ އޮތުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ސްވިޒަލެންޑަށް ގްރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ މަގާމު ނުލިބުނު ނަމަވެސް، ޖަރުމަނު މެޗުން ފެނުނީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށް ވެސް ޔަކިން ވަނީ ބުނެފަ އެވެ. ސްވިޒަލެންޑުގެ ޓީމަށް ނިސްބަތްކޮށް ޔަކިން ބުނީ، އެ ޓީމަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެއް ކަމަށެވެ. ޓީމުގައި އޮތީ ވެސް ވަރަށް ރަނގަޅު ރޫޙެއް ކަމަށް ޔަކިން ބުންޏެވެ. ޖަރުމަނާ ދެކޮޅަށް ސްވިޒަލެންޑުން އެކުލަވާލި ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ޔަކިން ބުނީ، ޖަރުމަނާ ދެކޮޅަށް ސްވިޒަލެންޑުގެ ފޯވާޑުންގެ ފަރާތުން ފެނުނީ އޭނާ އުންމީދު ކުރި ކުޅުން ކަމަށެވެ. ޓީމުގެ ކުރިން ފޯވާޑުން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާއިރު، ފަހަތުން ޑިފެންސްގައި ވެސް ކޮށްފައި ވަނީ ވަރަށް ރަނގަޅު މަސައްކަތެއްކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗުގެ ކުރިން، އެ މެޗަށް ތައްޔާރުވުމަށް ސްވިޒަލެންޑަށް ހަފުތާއެއްހާ ދުވަސް އޮތްކަން ފާހަގަކުރަމުން ޔަކިން ބުނީ، ގަދަ 16ގެ މެޗަށް ނިކުންނާނީ އިތުރަށް ތައްޔާރުވެ، ކަންކަން ރަނގަޅު ކޮށްގެން ކަމަށެވެ.

ސްވިޒަލެންޑުގެ ކުޅުންތެރިން ހޯދި ނަތީޖާ އާއި، ކުރި މަސައްކަތަށް ޝުކުރ އަދާ ކުރަން ބޭނުންވާ ކަމަށް ޔަކިން ބުންޏެވެ. ޚާއްސަކޮށް ޖަރުމަނު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް އަދި ވަކިން ޚާއްސަކޮށް އަމިއްލަ ޤައުމުގައި ކުޅޭ ޓީމާ ދެކޮޅަށް ސްވިޒަލެންޑުގެ ކުޅުންތެރިން ދެއްކީ، އިތުރު ހިތްވަރެއް ކަަމަށް ވެސް ޔަކިން ބުންޏެވެ. ޖަރުމަނާ ދެކޮޅަށް ކުޅުން ވެގެން ދިޔައީ ވެސް އުނދަގޫ ކަމެއް ކަމަށާއި، މެޗު އެއްވަރުވުމުން ވެސް ހިތްހަމަ ޖެހޭ ކަމަށް ޔަކިން ވަނީ ބުނެފަ އެވެ.

ސްވިޒަލެންޑުގެ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ސްވިޒަރލެންޑުމުރާދް ޔަކީން

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

13 އޮކްޓޯބަރު 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު