Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޖަރުމަނާ ދެކޮޅަށް ނިކުންނައިރު، ޔަކިން އަށް ޕްރެޝަރެއް ނެތް

23 ޖޫން 2024 | އާދީއްތަ 08:27

ޔަކިން ބުނީ ޖަރުމަނަކީ މުބާރާތް ބާއްވާ ޤައުމު ކަމަށްވީ ނަމަވެސް، އެ ޤައުމާ ދެކޮޅަށް ސްވިޒަލެންޑުން ޖެހިލުންވެ ބިރުން ނުތިބޭނެކަން ސާބިތު ކޮށްދޭން ބޭނުންވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2024 | އާދީއްތަ 08:27
ސްވިޒަލެންޑުގެ ކޯޗު ޔަކިން

ސްވިޒަލެންޑުގެ ކޯޗު ޔަކިން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަަރުމަނާ ދެކޮޅަށް ނިކުންނައިރު، ސްވިޒަލެންޑަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު މުރާތު ޔަކިން ބުނެފި އެވެ.

ޖަރުމަނާ ދެކޮޅަށް ނިކުންނައިރު، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ސްވިޒަލެންޑަށް އޮންނާނެ އެވެ. އެއީ ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރެއިން ހިމެނިގެން، ނުވަތަ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ޖަރުމަނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔަކިން ބުނީ، އެ މެޗަށް އޭނާގެ ހުރިހާ ކުޅުންތެރިން ވެސް ފިޓު ކަމަށެވެ. ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ކުޅުންތެރިން ތިބީ މެޗަށް ވަރަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ސްވިޒަލެންޑަށް މެޗުގައި ޕްރެޝަރެއް ނެތް ކަމަށާއި، ކޮންމެހެން މެޗުން މޮޅުވުން ވެސް އެ ޓީމަށް މަޖުބޫރު ނޫން ކަމަށެވެ. އެހެން ނަމަވެސް ސްވިޒަލެންޑުން ކުޅޭނީ އިދިކޮޅު ޓީމަށް އުނދަގޫ ވާނެހެން ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަން ވެސް ދައްކައިދޭން ބޭނުންވާ ކަމަށް ވެސް ޔަކިން ވަނީ ބުނެފަ އެވެ.

ޔަކިން ވެސް ބުނީ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަކީ ޝައުޤުވެރި މެޗަކަށް ވާނެ ކަމަށެވެ. ޔަކިން ސިފަ ކުރި ގޮތުގައި އެ މެޗަކީ އޭނާ އާއި ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ އުކުޅުތަކުގެ ވާދަވެރިކަން ފެންނާނެ މެޗެކެވެ. އެހެންކަމުން ސްވިޒަލެންޑުން ބޭނުން ވަނީ އެ ޓީމުގެ އެންމެ ފުރިހަމަ ކުޅުން ދައްކަން ކަމަށް ވެސް ޔަކިން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ ޖަރުމަނަކީ މުބާރާތް ބާއްވާ ޤައުމު ކަމަށްވީ ނަމަވެސް، އެ ޤައުމާ ދެކޮޅަށް ސްވިޒަލެންޑުން ޖެހިލުންވެ ބިރުން ނުތިބޭނެކަން ސާބިތު ކޮށްދޭން ބޭނުންވާ ކަމަށެވެ. ސްވިޒަލެންޑުގެ ކުޅުންތެރިންނާ މެދު އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށް ވެސް ޔަކިން ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑުން ޖަރުމަނާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.

ޔޫރޯ 2024 (ޖަރުމަނު)ސްވިޒަރލެންޑުމުރާދް ޔަކީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2024

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި
13 އޮކްޓޯބަރު 2024

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

13 އޮކްޓޯބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
07 ޖުލައި 2024

ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ

07 ޖުލައި 2024
ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ
07 ޖުލައި 2024

ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް

07 ޖުލައި 2024
ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް
07 ޖުލައި 2024

ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް

07 ޖުލައި 2024
ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް