Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ޤައުމީ ޓީމު

ޖަރުމަނަށް ވާދަވެރި ވާނީ ސްވިޒަލެންޑް: ނާގަލްސްމަން

އެ ޓީމުގެ ކޯޗު މުރަތު ޔާކިން އާއެކު ރަނގަޅު ފުޓުބޯޅަ އެއް ކުޅެމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 00:28
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން

އަންނަ އަހަރު އަމިއްލަ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޖަރުމަނު ހިމެނިފައި އޮތް ގުރޫޕް އޭ އިން އެ ޓީމަށް އެންމެ ވާދަވެރި ވާނީ ސްވިޒަލެންޑް ކަމަށް ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ގުރޫޕް އޭގައި ޖަރުމަނާ އެކު އޮތީ ސްވިޒަލެންޑް، ސްކޮޓްލެންޑް އަދި ހަންގޭރީ އެވެ. ނާގަލްސްމަން ބުނި ގޮތުގައި މި ތިން ޓީމަކީ ވެސް ރަނގަޅަށް ކުޅޭނެ ތިން ޓީމެވެ.

އެ ގުރޫޕުގައި ޖަރުމަނަށް އެންމެ ވާދަވެރިވާނެ ކަމަށް ނާގަލްސްމަން ޤަބޫލު ކުރަނީ ސްވިޒަލްނެޑެވެ. ޚާއްސަކޮށް ސޮކްޓްލެންޑުން އެ ޓީމުގެ ކޯޗު މުރަތު ޔާކިން އާއެކު ރަނގަޅު ފުޓުބޯޅަ އެއް ކުޅެމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެެވެ. ސްވިޒަލެންޑުގެ ކޯޗު ޔާކިންއާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ނާގަލްްސްމަން ބުނީ، އޭނާ އަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް މޮޅަށް ކުޅުނު މީހެއް ކަމަށެވެ. އަދި އޭގެ ފަހުން މިހާރު ކޯޗެއްގެ ގޮތުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އެ ޓީމުގައި ތިބި ކުޅުންތެރިން ވެސް އަންނަނީ ލީގުތަކުގައި މޮޅަށް ކުޅެމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، މުބާރާތެއްގައި ކޮންމެ ޓީމަކީ ވެސް މޮޅު ޓީމެއް ކަމަށް ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ފުޓުބޯޅައިގައި ކުދި ޓީމުތަކުގެ ގޮތުގައި ފާހަގަ ކުރާ ޓީމުތަކުން، ގިނަ ފަހަރު ރަނގަޅު ނަތީޖާ ނެރޭ ކަމަށް ވެސް އޭނާ ޤަބޫލު ކުރެ އެވެ. މިސާލެއްގެ ގޮތުގައި ނާގަލްސްމަން ދެއްކީ، މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތެވެ. އެ މުބާރާތުން ވެސް އެކަން ވަރަށް ރަނގަޅަށް ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިތުރަށް ނާގަލްސްމަން ބުނީ، ޖަރުމަނުން ޖެހިލުންވާނެ ޓީމެއް އޮވެގެން ނުވާނެ ކަމަށެވެ. ޖަރުމަނަށް، އެ މީހުން ބޭނުންވާ އަމާޒަށް ވާސިލްވެވޭނެ ކަމަށް ވެސް އޭނާ ޤާބޫލު ކުރެ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުސްވިޒަރލެންޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު