Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްލޯބަލް ޑޭ އޮފް އެކްޝަން ފޯރ ޣައްޒާ

ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ސްވިޒަލޭންޑުގައި މުޒާހަރާކޮށްފި

ސްވިޒްލޭންޑްގައި މުޒާހަރާކޮށްފައިވަނީ "ގްލޯބަލް ޑޭ އޮފް އެކްޝަން ފޯރ ޣައްޒާ"ގެ ނަމުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 ޖެނުއަރީ 2024 | އާދީއްތަ 02:47
ސްވިޒަލޭންޑްގެ މަގުތަކަށް އެއްވި މުޒާހަރާގެ ބައިވެރިން

ސްވިޒަލޭންޑްގެ މަގުތަކަށް އެއްވި މުޒާހަރާގެ ބައިވެރިން

ފަލަސްތީނަށް ތާއީދުކޮށް ސްވިޒަރލޭންޑްގައި މުޒަހަރާކުރުމުން މަނާކޮށްފައިވަނިކޮށް ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން މަގުތަކަށް ނުކުމެ ސްވިޒަލޭންޑުގައި މުޒާހަރާކޮށްފިއެވެ.

"ގްލޯބަލް ޑޭ އޮފް އެކްޝަން ފޯރ ޣައްޒާ"ގެ މުނާސަބަތުގައި ސްވިޒަލޭންޑުގައި މުޒާހަރާކުރަމުން ދިޔަ މީހުން ވަނީ އެ ސަރަހައްދުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި ސްވިޒަރލޭންޑުން ޣައްޒާގެ މައްސަލައިގައި ނިއުޓްރަލިޓީ އިއުލާނު ކުރި ނަމަވެސް އެ ގައުމުން ގަތުލްޢާއްމުގައި ބައިވެރިވާ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުކޮށްފައެވެ.

ސްވިޒަރލޭންޑްގެ ރައްޔިތުންގެ ތެރެއިން ޖަރުމަނު ބަހުން ވާހަކަ ދައްކާ މީހުންގެ އާބާދީއަށް ނިސްބަތްވާ ގިނަބަޔަކު މި މުޒާހަރާގައި ހަރަކާތްތެރިވެފައިވާއިރު، ޣައްޒާގައި ހިންގަމުންދާ ގަތުލުޢާއްމު ވަގުތުން އަދި ދާއިމީ ގޮތެއްގައި ހުއްޓާލުމަށް ވަނީގޮވާލައިފައެވެ. ހޮނިހިރު ދުވަހުގައި އޮތް މި މުޒާހަރާގައި، ފަލަސްތީނަށް ތާއީދުކުރާ 15،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

އަލަށް އުފެއްދި ފެޑެރޭޝަން ސްވިސް-ފަލަސްތީން (އެފްއެސްޕީ) އިން ޣައްޒާއަށް ފިޔަވަޅު އެޅުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި މުޒާހަރާގައި ސްވިޓްޒަލޭންޑްގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން އެއްވެ ފަލަސްތީނުގެ 22،300 މީހުން މަރުވުމުގައި އެގައުމުގެ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް  ގޮވާލާފައިވާ ކަމަށް ޔޫރޯނިއުސް އާ ހިއްސާކުރި ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ޖަރުމަނު ބަހުން ވާހަކަ ދައްކާ ބައެއް ކެންޓަންތަކުގައި މުޒާހަރާކުރުން ސްވިޒަރލޭންޑްގައި މަނާކުރަން ފެށީ 4 ނޮވެމްބަރު 2023 ގައި ފަލަސްތީނާ އެއްބައިވަންތަވުމުގެ ގޮތުން ބޭއްވި ގައުމީ މުޒާހަރާއަށް ފަހުއެވެ.  މިއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ފެށުނު ފަހު ސްވިޒަލޭންޑްގައި ފަލަސްތީނަށް ތާއީދުކޮށް ކުރި ފުރަތަމަ މުޒާހަރާއެވެ.

ސްވިޒަރލޭންޑްގެ އެކި ކަންކޮޅުތަކުގެ ޖަމާއަތްތަކާއި ޖަމިއްޔާތަކުގެ އިއްތިހާދެއް ތަމްސީލުކުރާ  އެފްއެސްޕީން ބުނީ އެ މަނާކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް މުޒާހަރާ ކުރުމުގެ އަސާސީ ހައްގަށް އަރައިގަތުން ކަމަށެވެ.

ސްވިޒަލޭންޑުން އިއުލާނުކޮށްފައިވާ ނިއުޓްރަލިޓީއަށް އެ ޖަމާއަތުން ފާޑުކިޔަނީ، އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްވިޒަލޭންޑުން ކަނޑައަޅާފައިވާ ނިއުޓްރަލް އަދި އިންސާނީ ވައުދާ ހިލާފުވެ، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލަށް ތާއީދުކުރާ ސާފު ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި ބައިވެރިވި އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ  ކެޓަރީނާ ވިއޭގާސް ޔޫރޯނިއުސްއަށް ވިދާޅުވީ ނިއުޓްރަލިޓީ އަކީ ހަމައެކަނި އިސްރާއީލުގެ ނަސްލީ ތަފާތުކުރުމުގެ ސަރުކާރަށާއި އެގައުމުގެ ވަޒަންވެރިންނަށް ހިދުމަތް ދޭ ސިޔާސަތެއް ކަމަށެވެ.

އެފްއެސްޕީން ސްވިޒަލޭންޑްގެ ސަރުކާރަށް ގޮވާލައިފައިވަނީ އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އިސްރާއީލާ ދެކޮޅަށް އަސްކަރީ އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި، އިސްރާއީލުގެ ވަޒަންވެރިކަމާއި ސަލާމަތީ ސިޔާސަތުގައި ހިމެނޭ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ހުއްޓާލުމަށާއި ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ހަރަކާތް ކުރިއަށްގެންދިއުމުގެ ހުއްދަ ދިނުމަށެވެ.

ސްވިޒަރލެންޑުޣައްޒާފަލަސްތީނު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު