Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަސްބޭނުމުގެ ރެކޯޑްތަކެއް

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

އެއީ މިހާތަނަށް އެންމެ ފުން ސަރަޙައްދަކުން މަސް ބޭނުމުގެ ރެކޯޑްގެ އިތުރުން، އެހާ ފުނުން މަސް ބޭނި މަންޒަރު ރެކޯޑް ވީޑިއޯ ކުރުމުގެ ރެކޯޑް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 09:09
ސައެންސްވެރިން ވަނީ އިޒޫ-އޮގަސާވަރާ ޓްރެންޗްގެ 8336 މީޓަރު އަޑީގައި އުޅުނު ސްނެއިލްފިޝްއެއްގެ މަންޒަރުތައް ވީޑިއޯ ކޮށްފައި

ސައެންސްވެރިން ވަނީ އިޒޫ-އޮގަސާވަރާ ޓްރެންޗްގެ 8336 މީޓަރު އަޑީގައި އުޅުނު ސްނެއިލްފިޝްއެއްގެ މަންޒަރުތައް ވީޑިއޯ ކޮށްފައި

މަސްބޭނުމޭ ބުނިފިނަމަ އެކަމަށް ފޯރި ނެތް މީހަކު މަދުވާނެއެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކުރާ މީހުންނާއި، މުނިފޫހި ފިލުވާލުމުގެ ގޮތުން މަސްދަތުރުކޮށް އުޅޭ މީހުންގެ އިތުރުން، ޢިލްމީ އެކި ކަހަލަ ދިރާސާތައް ކުރުމުގެ ބޭނުމަށް، މަސްބާނާ ސައެންސްވެރިންވެސް މަދެއް ނޫނެވެ. ކޮންމެ ހާލަތެއްގައިވެސް، އާދަޔާ ޚިލާފު ތަޖުރިބާތަކާ ކުރިމަތިވެއެވެ. މިފަހަރުވެސް އެކަހަލަ ވާހަކައެކެވެ. ދައްކަން މިއުޅެނީ، މަސްބޭނުމުގެ ރެކޯޑްތަކެއް މުގުރާލައިގެން އުޅޭ ވާހަކައެވެ. މިފަހަރު މިކަން ކުރީ ސައެންސްވެރިންތަކެކެވެ.

މި ތާރީޚީ ދަތުރުނާމާގެ މަންޒިލަކީ ޕެސިފިކް ކަނޑުގެ ސަރަޙައްދެވެ. ޕެސިފިކް ކަނޑުގައި އޮންނަ އިޒޫ-އޮގަސާވަރާ ޓްރެންޗްއޭ ކިއުނު ސަރަޙައްދުގައި ސައެންސްވެރިން ވަނީ މަސްވެރިކަމުގެ 2 ރެކޯޑެއް މުގުރާލާފައެވެ. އެއީ މިހާތަނަށް އެންމެ ފުން ސަރަޙައްދަކުން މަސް ބޭނުމުގެ ރެކޯޑްގެ އިތުރުން، އެހާ ފުނުން މަސް ބޭނި މަންޒަރު ރެކޯޑް ވީޑިއޯ ކުރުމުގެ ރެކޯޑެވެ.

ސައެންސްވެރިން ވަނީ އިޒޫ-އޮގަސާވަރާ ޓްރެންޗްގެ 8336 މީޓަރު އަޑީގައި އުޅުނު ސްނެއިލްފިޝްއެއްގެ މަންޒަރުތައް ވީޑިއޯ ކޮށްފައެވެ. މި މަހަކީ ލިޕަރިޑޭ އާއިލާގެ މަހެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި މަންޒަރުތައް ވީޑިއޯ ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މީގެ ކުރިން، އެންމެ ފުނުން މަސްމަހާމެހީގެ ވީޑިއޯ ރެކޯޑް ކޮށްފައި ވަނީ މަރިއާނާ ޓްރެންޗުގައެވެ. އެއީ 158 މީޓަރު ފުނުންނެވެ.

މި އާދަޔާ ޚިލާފު މަންޒަރުތައް ވީޑިއޯ ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ސައެންސްވެރިން ވަނީ ޖަޕާން ޓްރެންޗުގެ 8022 މީޓަރު އަޑިން، 2 ސްނެއިންފިޝް ހިފާފައެވެ. މިއީ 8 ކިލޯމީޓަރަށްވުރެ ފުން ސަރަޙައްދަކުން މަހެއް ހިފި ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.

ކަނޑުގެ ފުން ސަރަޙައްދުތަކުން މަސްވެރިކަން ކުރުމާ ބެހޭ ދިރާސާތައް ކުރަމުންދާ މަޝްރޫއުގެ އިސް ސައެންޓިސްޓެއްގެ ގޮތުގައި ހުންނެވި  ޕްރޮފެސަރ އެލަން ޖެމެއިސަން ވިދާޅުވީ، މިއަށްވުރެ ފުނުން އެހެން މީހަކު މަހެއް ބޭނި ކަމުގައި ވީ ނަމަވެސް، މިއަށްވުރެ މާ ބޮޑުތަން ފުން ނުވާނެ ކަމަށެވެ.

ދިރާސާގެ ބޭނުމަށް ކުރާ މި މަސްދަތުރަކީ، ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއާއި ޓޯކިޔޯ ޔުނިވަރސިޓީ އޮފް މެރިން ސައެންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ދިރާސާ މަޝްރޫޢެކެވެ. ދުނިޔޭގެ އެންމެ ފުން ސަރަޙައްދުގައި އުޅޭ މަސްމަހާމެއްސާ ބެހޭ މި ދިރާސާ މަޝްރޫޢަކީ، 10 އަހަރު ދުވަހުގެ މަޝްރޫޢެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

ކާށި ފުށަށް: ހީވެސް ނުކުރާ ފަދަ ޙައްލެއް!

30 ނޮވެމްބަރު 2023
އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!

އިޒްރޭލުގެ ޤަތުލުޢާންމު: އައިމަންގެ ޙަޔާތަށް ހީވެސް ނުކުރާ ފަދަ ހުރަހެއް!

09 ނޮވެމްބަރު 2023
ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވަމުން ދިޔަ ޒައިދުގެ ޙަޔާތުން ޒުވާނުން ނަށް މުހިންމު ފިލާވަޅުތަކެއް!

ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވަމުން ދިޔަ ޒައިދުގެ ޙަޔާތުން ޒުވާނުން ނަށް މުހިންމު ފިލާވަޅުތަކެއް!

20 ސެޕްޓެމްބަރު 2023
މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

13 ނޮވެމްބަރު 2022
ފުމެމުން ފުމެމުން ގޮސް، ދުނިޔޭގެ ރެކޯޑްތަކެއް މުގުރާލައިފި!

ފުމެމުން ފުމެމުން ގޮސް، ދުނިޔޭގެ ރެކޯޑްތަކެއް މުގުރާލައިފި!

26 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު