Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެންޑީ

މާ ގަދައަށް ހޫނުވާ މީހުންނަށް އެންޑީ ގެނެސްދެނީ ޢުއްމީދީ މެސެޖެއް

އަހަރަމެން މިހާރު މި ދަނީ އެންޑީގެ ކޮންޓްރޯލް ރޫމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޖޫން 2023 | ހޮނިހިރު 19:40
އެންޑީ

އެންޑީ

ދުނިޔެ ތެރޭގައި ކޮންމެ ފަދަ ހިނގާ ދިޔަ ކަމުގައި ވީ ނަމަވެސް، މެދު ކެނޑުމެއް ނެތި އިވެމުންދާ އެއް އަޑަކަށް ވެފައި އޮންނަނީ ދުނިޔެ ހޫނު ވަމުން ދާ ވާހަކައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ހޫނު ގަދަ ވަމުން ދާ ވާހަކައެވެ. ދުނިޔޭގެ ހުޅަނގު ބިތަށް، ކުރިއަށް އޮތީ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށް ވާ އިރު، އާދަޔާ ޚިލާފަށް ހޫނު ގަދަ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ކަން މިހެން އޮތް އިރު، އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގެ ރިސަރޗަރުންގެ ޓީމަކުން ވަނީ، އާދަޔާ ޚިލާފު، އިންތިހާ، ގަދަ ހޫނުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމުގެ ދިރާސާތައް ފަށާފައެވެ. މި މަސައްކަތުގައި ދިރާސާ ޓީމަށް އެންމެ ބޮޑު އެހީތެރިކަމެއް، ޢަމަލީ ގޮތުން ފޯރުކޮށްދެމުން ދަނީ ބުދެކެވެ. އެންޑީގެ ނަން ދީފައިވާ މި ބުދަކީ، "ނޭވާ" ލުމުގެ އިތުރުން، ހިނގާބިނގާވެ، ދާވެސް ހިއްލާ ބުދެކެވެ. ނުވަތަ މެނިކިންއެކެވެ.

ދިރާސާގެ ބޭނުމަށްޓަކާ އެންޑީ ބަހައްޓާފައި ހުންނަ ޗޭމްބަރަކީ، އެތަނުގެ ފިނިހޫނު މިނާއި، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ އެކުލެވޭ މިންވަރު ކޮންޓްރޯލް، ދިރާސާ ޓީމަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައި ވާ ތަނެކެވެ. އެގޮތުން، ދުނިޔޭގެ ކޮންމެ ހިސާބެއްގެ މޫސުމީ ވެށި އޮންނަ ގޮތަށް، އެ ޗޭމްބަރުގެ ހާލަތު ބަދަލު ކުރެވޭނެ ޓެކްނޮލޮޖީ ވަނީ ޤާއިމުކޮށްފައެވެ.

އެންޑީގެ ހަށިގަނޑު ފަރުމާ ކޮށްފައި ވަނީ، އެ ސަރަޙައްދެއްގެ ފިނިހޫނު މިން ކޮންޓްރޯލް ކުރެވޭ ސެންސަރުތައް ހިމެނޭ 35 ތަނެއް ހިމެނޭ ގޮތަށެވެ. ހޫނު ގަދަވާން ފެށުމާއެކު ހިއްލަން ފަށާ ދޭތައް ބޭރު ކުރާނެ ލޯވަޅުތައްވެސް އެންޑީގެ ހަށިގަނޑުގައި ހުރެއެވެ. ދިރާސާ ޓީމުން ދަނީ، އެކި މޫސުންތަކުގައި އިންސާނާގެ ހަށިގަނޑަށް ކުރިމަތިލާން ޖެހޭ ހާލަތުތައް، އެންޑީ ބޭނުން ކޮށްގެން ތަޖުރިބާ ކުރަމުންނެވެ.

އެމެރިކާގެ ސެންޓަރޒް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މައުލޫމާތު ދޭ ގޮތުގައި، ހޫނުގެ ސަބަބުން އެ ޤައުމުގައި އަހަރެއްގެ މައްޗަށް އެވަރޭޖުކޮށް، 702 މަރުގެ ކޭސް ރެކޯޑް ކުރެއެވެ. ހޫނު ގަދަވުމުގެ ސަބަބުން އެކި ކަހަލަ ޞިއްޙީ މައްސަލަތައް ކުރިމަތިވެގެން، އެމެރިކާގައި އަހަރެއްގެ މައްޗަށް، އެވަރޭޖު ގޮތެއްގައި 9235 މީހަކަށް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭކަމަށްވެސް ސީޑީސީއިން ބުނެއެވެ.

އާދަޔާ ޚިލާފަށް ހޫނު ގަދަވެގެން ހީޓް ސްޓްރޯކްއެއް ޖެހޭ ވަޤުތު، އިންސާނާގެ ހަށިގަނޑަށް ވާ ގޮތް އަދި މާ ބޮޑަކަށް ސާފެއް ނުވެއެވެ. އެންޑީގެ އެހީގައި، މިކަމަށް އަލި މަގެއް ފެނިދާނެ ކަމުގެ ޢުއްމީދު ވަނީ އާވެފައެވެ.

އެންޑީގެ އިޖާދީ ޚިޔާލަކީ މުޅިން އާ ޚިޔާލެއް ނޫނެވެ. ފިނި ހޫނުމިނާ ގުޅޭ އެކި ކަންކަމަށް ބޭނުން ކުރާ ޑަމީ ނުވަތަ މެނިކިންތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެއެވެ. ވަކިން ޚާއްސަކޮށް، އެކި މޫސުންތަކަށް ޚާއްސަކޮށްފައި ހުންނަ އަންނައުނު ފަރުމާކޮށް، އުފައްދާ ކުންފުނިތަކުން މިފަދަ ޑަމީތަކުގެ ބޭނުން ހިފައެވެ. މިފަދަ ބޭނުންތަކަށް، އެންޑީ ފަދަ 10 ޑަމީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބޭނުން ކުރަމުންނެވެ. ނަމަވެސް އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގެ އެންޑީ އަކީ، ބެދިފައި ވާ މާޙާއުލަކުން ބޭރުގައިވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ފުރަތަމަ ޑަމީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ބިހާރު މީހުންނަށް އަމީތަބްގެ ފަރާތުން ފަސް މިލިއަން

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ބިހާރު މީހުންނަށް އަމީތަބްގެ ފަރާތުން ފަސް މިލިއަން

13 އޮކްޓޯބަރު 2019
ކެރެލާގައި ހާލުގައި ޖެހިވާ މީހުންނަށް ސަނީ ލިއޯނީ އެހީވެއްޖެ

ކެރެލާގައި ހާލުގައި ޖެހިވާ މީހުންނަށް ސަނީ ލިއޯނީ އެހީވެއްޖެ

25 އޯގަސްޓު 2018
އިންސްޓަރ ގްރާމްގައި އައިޝްވާރްޔާ އަށް ފާޑުކިޔާ މީހުންނަށް އޭނާ ރައްދު ދީފި

އިންސްޓަރ ގްރާމްގައި އައިޝްވާރްޔާ އަށް ފާޑުކިޔާ މީހުންނަށް އޭނާ ރައްދު ދީފި

06 އޯގަސްޓު 2018
ރޭސް 3 ގެނެސްދެނީ 3ޑީ ކޮށް

ރޭސް 3 ގެނެސްދެނީ 3ޑީ ކޮށް

19 މެއި 2018
ސްޓްރީމިން ހިދުމަތް ފުޅާވުމުން ފިލްމު އުފައްދާ މީހުންނަށް ގެއްލުންވޭ:  ހެލެން މިރެން

ސްޓްރީމިން ހިދުމަތް ފުޅާވުމުން ފިލްމު އުފައްދާ މީހުންނަށް ގެއްލުންވޭ:  ހެލެން މިރެން

19 އެޕްރީލު 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު