Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗްގެ ހިދުމަތްތައް

ކާޑިއެކް ސެންޓަރުން 1431 މީހުންނަށް ވަނީ ފަރުވާދެވިފައި: އައިޖީއެމްއެޗް

794 އެންޖިއޮގްރަފީ ހެދިފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 5 ޖުލައި 2017 | ބުދަ 08:04
އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރ ހުޅުވުން

އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރ ހުޅުވުން

އައިޖީއެމްއެޗްގައި ގާއިމް ކުރެވިފައިވާ ކާޑިއެކް ސެންޓަރުން 1431 މީހަކަށް އެކި ފަރުވާތައް ދެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރ، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަހްމަދު މައުސޫމް ވިދާޅުވީ، ކާޑިއެކް ސެންޓަރުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކަށް ފަރުވާ ދެމުންގެންދާ ކަމަށެވެ. އެގޮތުން 794 އެންޖިއޮގްރަފީ ހެދިފައިވާ އިރު 549 އެންޖިއޮޕްލާސްޓީ ހެދިފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މައުސޫމް ވިދާޅުވީ، އައިޖީއެމްއެޗުން ތައާރަފް ކުރި މި ހިދުމަތުގެ ތެރެއިން ރާއްޖޭގައި ހިތުގެ ބަލި އިތުރުވެފައިވާ މިންވަރު ފާހަކުރެވި، ހާއްސަކޮށް ޒުވާން އުމުރުގައި ހިތުގެ ތަފާތު ބަލިތަކާ ކުރިމަތިލާންޖެހޭ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

" މި ކާޑިއެކް ސެންޓަރުގައި ސަރަހައްދީ ފެންވަރުގެ ފަރުވާތަކެއް ވެސް މިދިޔަ އެއް އަަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކަމާ އެކު ވަނީ ދެވިފަ. ހަތަރު ކޮމްޕްލިކޭޓެޑް ޕްރޮސިޖަރތަކެއް ވެސް އަޅުގަނޑުމެންގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ވެސް ވަނީ ހަދާފަ. މި ހަތަރު ޕޭޝަންޓުންނަކީ މި ސަރަހައްދުގެ އެހެން ގައުމުގެ ހޮސްޕިޓަލުތަކުގައި ވެސް ފަރުވާ ހޯދަން ގޮސްފައި އެއްކޮށް ފުރިހަމަ ނުކުރެވި، ރިސްކު ބޮޑުކަމުން ޕްރޮސީޖާތައް ނުހެދި ތިބި ހަތަރު ޕޭޝަންޓުން،" މައުސޫމް ވިދާޅުވި އެވެ.

އިންޑިޔާގެ މެޓްރީނާ ހޮސްޕިޓަލުގެ ކާޑިއޮލިޖިސްޓުންގެ އެހީތެރިކަމާ އެކު ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ހިދުމަތް ދެމުންގެންދާ އިރު އެ ސެންޓަރުންދޭ ހިދުމަތްތަކީ ބަލި މީހުން ވެސް ބަލައިގަންނަ ސިއްހީ ހިދުމަތްތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ

އެގޮތުން މި ސަރަހައްދުގެ ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތަކަށް ވުރެ ރާއްޖޭގެ ކާޑިއެކް ސެންޓަރުން މާ ފަސޭހަކަމާއި އިތުބާރާ އެކު ހިދުމަތް ލިބޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

"ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ޓޫރިސްޓް ފަރާތްތަކުން ވެސް ސިއްހީ އެމަރޖެންސީސްތައް ދިމާވެގެން އަޅުގަނޑުމެންގެ ކާޑިއެކް ސެންޓަރުން ހިދުމަތް ހޯދާފަ. މިދެންނެވި ފަރާތްތަކުން ބައެއް ފަހަރު އެބޭފުޅުންގެ ޑޮކްޓަރުންނާއި މަޝްވަރާ ކުރުމަށް ފަހު ރާއްޖޭގެ ކާޑިއެކް ސެންޓަރުން ހިދުމަތް ހޯދުމަށް އެންމެ ރަނގަޅު ކަމަށް ވަނީ ރެކޮމެންޓްކޮށްފައި،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، ސަރަހައްދީ އެންމެ ފެންވަރު ރަގަޅު ކާޑިއެކް ސެންޓަރުތަކުން ދެވޭ ހިދުމަތްތައް އައިޖީއެމްއެޗުގެ ކާޑިއެކް ސެންޓަރުން މިހާރު ދެވޭ ކަމަށެވެ.

ކާޑިއެކް ސެންޓަރު ގާއިމް ކުރުމުގެ ކުރިން ދުވާލަކު ފަސް މީހުން އެވްރެޖްކޮށް އެންޖިއޯގްރާމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް މައުސޫމް ވިދާޅުވިއެވެ. މިއީ ހިތުގައި ބްލޮކެއް އުޅޭތޯ ބެލުމަށް ހަދާ ޓެސްޓް ކަމަށްވާ އިރު، މިހިދުމަތް ރާއްޖެއިން ލިބިގެންދިއުމަކީ ވަަރަށް ގިނަ ފައިސާ ދައުލަތަށް ރައްކާކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، ކާޑިއެކް ސެންޓަރު ހުޅުވުނު ހިސާބުން ވެސް އައިޖީއެމްއެޗުން އަމާޒް ހިފާފައި ވަނީ އޯޕަން ހާޓް ސަރޖެރީ ހެދުމާ ހަމައަށް ހިދުމަތް ފުޅާ ކުރުމަށް ކަމަށާއި އައިޖީއެމްއެޗުގެ އަލަށް ތަަރައްގީ ކުރާ 25 ބުރީގެ އާ އިމާރާތާ އެކު ރާއްޖޭގައި އޯޕަން ހާޓް ސަރޖެރީ ހެދިގެންދާނެ ކަމަށެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ހުޅުވިގެންދާ އިރު އެ އިމާރާތައް ކާޑިއެކް ސެންޓަރ ބަދަލުވާނެ ކަަމަށެވެ. އަދި އެތަނުގައި ގާއިމް ކުރެވޭ ކާޑިއެކް ސެންޓަރުގައި ދެ ކެތު ލެބުން ހިދުމަތް ލިބިގެންދާނެ ކަން މައުސޫމް ފާހަަގަކުރެއްވި އެވެ. އަދި 2018 ވަނަ އަހަރުގައި މިކަން ހާސިލް ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަަމަށް މައުސޫމު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި ނޭޝަނަލް ކާޑިއެކް ސެންޓަރު ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން 5 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު