Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

ކަޒަކިސްތާނުގެ ވެރި ރަށުގައި ހުންނަ އަސްޓަނާ އެރީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މާރިޗު 2023 | ހޯމަ 02:35
ކަޒަކިސްތާނާއި ޑެންމާކުން ކުޅުނު މެޗުގެ ތެރެއިން

ކަޒަކިސްތާނާއި ޑެންމާކުން ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި އެވެ.

ކަޒަކިސްތާނުގެ ވެރި ރަށުގައި ހުންނަ އަސްޓަނާ އެރީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ޑެންމާކުންނެވެ. އެ ޓީމުން ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ކެޔާ ތަނަވަސްކޮސްދިން ފުރުސަތެއްގައި ޑެންމާކަށް ލީޑު ނަގައިދިނީ ރަސްމުސް ހޮލުންޑު އެވެ. މެޗުގައި ޑެންމާކުގެ ދެ ވަނަ ލަނޑު 36 ވަނަ މިނެޓުގައި ޖެހީ ވެސް އޭނާ އެވެ. ދެ ވަނަ ހާފަށް ނުކުމެ ކަޒަކިސްތާނުން ވަނީ ފުރަތަމަ ހާފާ ޚިލާފަށް ވަރަށް ރަނގަޅަށް ކުޅެފަ އެވެ. މެޗުގެ ނަތީޖާގެ ފަރަގު އެ ޓީމަށް ކުޑަ ކޮށްދިނީ ބަޚްތިޔާރް ޒައިނުތުދިނޮވް އެވެ. އެއީ މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ފަހުން ކަޒަކިސްތާނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 86 ވަނަ މިނެޓުގައި އަސްކަތު ޓަގީބާގެން އެވެ. އޭގެ ތިން މިނެޓު ފަހުން މެޗުން ކަޒަކިސްތާނު މޮޅުކޮށްދިން ލަނޑު ޖެހީ އަބަތު އައިމްބެޓޮވް އެވެ.

ގްރޫޕް އެެޗުގައި މިހާތަނަށް ކުޅުނު ދެ މެޗުން ކަޒަކިސްތާނަށް ލިބެނީ ތިން ޕޮއިންޓެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ސްލޮވޭނިއާ އަތުން ބަލިވެފަ އެވެ.

ޔޫރޯ 2024 ކޮލިފައިންޑެންމާކްކަޒަކިސްތާނު

އިތުރަށް ކިޔާލަން

30 އޯގަސްޓު 2025

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

30 އޯގަސްޓު 2025
އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
26 ޖޫން 2024

ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް

26 ޖޫން 2024
ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް
08 ޖޫން 2024

ޑެންމާކްގެ ބޮޑުވަޒީރަށް ހަމަލާ ދީފި

08 ޖޫން 2024
ޑެންމާކްގެ ބޮޑުވަޒީރަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު