Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ދެ ވަނަ ލެގުން މޮޅުވެ، ޕޯޗުގަލް ސެމީ ފައިނަލަށް

ޑެންމާކާ ދެކޮޅަށް އާދީއްތަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު ޕޯޗުގަލް އިން ކާމިޔާބު ކުރީ 5-2 އިން. އަދި ސެމީ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 5-3 އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2025 | ހޯމަ 04:25
ދެ ވަނަ ލެގުގައި ޑެންމާކާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު، ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އުފާ ފާޅު ކުރަނީ

ދެ ވަނަ ލެގުގައި ޑެންމާކާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު، ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޑެންމާކުގެ މައްޗަށް ކުރި ހޯދައި، ޕޯޗުގަލް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ޑެންމާކުން ވަނީ 1-0 އިން ކާމިޔާބު ކޮށްފަ އެވެ. އެހެންވެ، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދުމަށް ޕޯޗުގަލް އަށް އޮތީ މޮޅުވާން މަޖުބޫރުވެފަ އެވެ.

ޑެންމާކާ ދެކޮޅަށް އާދީއްތަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު ޕޯޗުގަލް އިން ކާމިޔާބު ކުރީ 5-2 އިންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދޭން ލިބުނު ފުރުސަތުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ލިބުނީ ޑެންމާކުގެ ޖޯޝިމް ހެންޑަސަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރަސްމުސް ކްރިސްޓެންސެން ޖެހި ލަނޑުން، ޑެންމާކުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް ޕޯޗުގަލް އަށް ކުރި ހޯދައިދިނީ ރޮނާލްޑޯ އެވެ.

އޭގެ ހަތަރު މިނެޓު ފަހުން، ދެ ވަނަ ފަހަރަށް ޑެންމާކަށް ނަތީޖާ ހަމަހަމަކޮށް، އެގްރިގޭޓް އިން ކުރި ހޯދައިދިނީ ކްރިސްޓިއަން އެރިކްސަން އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ފްރަންސިސްކޯ ޓްރިކާއޯ ޖެހި ލަނޑުން ޕޯޗުގަލް ވަނީ މެޗުގައި ލީޑު ނަަގައި، އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ޕޯޗުގަލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެއީ ޓްރިކާއޯ ޖެހި ލަނޑާއި، ގޮންޒާލޯ ރާމޯސް ޖެހި ލަނޑުންނެވެ.

ޕޯޗުގަލް އިން ވަނީ 2019 ވަނަ އަހަރު އޮތް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ވެސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު