Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ސްޕެއިން އިން ޑެންމާކު ވެސް ބަލިކޮށްފި

މޮޅާއެކު ސްޕެއިން އެއްވަނައި ގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2024 | ހޮނިހިރު 03:53
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ހަތަރެއްގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން ވެސް ސްޕެއިން މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ޑެންމާކާ ދެކޮޅަށް ނިކުތްއިރު ވެސް ސްޕެއިން އަށް އޮތީ މުބާރާތުގެ ކުއާޓާ ފައިނަލް އިން ފުރުސަތު ލިބިފަ އެވެ. ޑެންމާކާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ސްޕެއިން އިން ވަނީ މި ގުރޫޕުގެ އެއް ވަނަ ޖާގަ ކަށަވަރު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖެހި އެވެ. މި ހާފުގައި ޑެންމާކުން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިިދިނީ މިކޭލް އޮޔާޒަބާލް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަޔޯޒީ ޕެރޭޒް އެވެ. އޭގެ ފަހުން ވެސް މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އަށް ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތޭރަ ވަނަ މިނެޓުގައި ސްޕެއިންގެ ދެ ވަނަ ލަނޑު ޖެހީ އަޔޯޒީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ އޮލްމޯ އެވެ. މެޗުގައި ޑެންމާކުގެ ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ގުސްޓާވް އައިސަކްސަން އެވެ.

މޮޅާއެކު ސްޕެއިން އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ސްޕެއިން އަތުން ބަލިވި ޑެންމާކު އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

28 މެއި 2017
ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު