Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ޑެންމާކު ސަލާމަތްކޮށްދިނީ އެރިކްސަން

ނަތީޖާ އާއެކު ޑެންމާކު އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޮކްޓޯބަރު 2024 | ބުދަ 07:16
މެޗުގައި ލަނޑު ޖެހުމަށްފަހު ޑެންމާކުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޑެންމާކުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ހަތަރެއްގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ޑެންމާކު އެއްވަރުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2ން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ސްވިޒަލެންޑު އޮތީ ކުރީގަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޑެންމާކުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ރެމޯ ފްރެއުލާ އެވެ. އޭގެ މިނެޓެއް ފަހުން ގުސްޓާވް އިސާކްސެން ވަނީ ލަނޑު ޖަހައި ޑެންމާކަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސްވިޒަލެންޑުން ވަނީ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ޒެކީ އަމްދޫނީ އެވެ. މެޗުގެ ދެ ވަނަ ހާފުގެ، 69 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ޑެންމާކަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ.

ނަތީޖާ އާއެކު ޑެންމާކު އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ޑެންމާކު އަތުން ލިބުނު ޕޮއިންޓާ އެކު ސްވިޒަލެންޑު އޮތީ މި ގުރޫޕުގެ ފުލުގަ އެވެ.

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2019

މި ސީޒަނަށްފަހު ޓޮޓްނަމް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެރިކްސަން ދީފި

08 އޮކްޓޯބަރު 2019
މި ސީޒަނަށްފަހު ޓޮޓްނަމް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެރިކްސަން ދީފި
26 ސެޕްޓެމްބަރު 2019

ރެއާލުން އަނެއްކާވެސް އެރިކްސަން ހޯދުމަށް މަސައްކަތް ފަށައިފި

26 ސެޕްޓެމްބަރު 2019
ރެއާލުން އަނެއްކާވެސް އެރިކްސަން ހޯދުމަށް މަސައްކަތް ފަށައިފި
20 އޯގަސްޓު 2019

ޓޮޓެންހަމްގެ އެރިކްސަން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވެފައި!

20 އޯގަސްޓު 2019
ޓޮޓެންހަމްގެ އެރިކްސަން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވެފައި!
07 އޯގަސްޓު 2019

އެރިކްސަން ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ޔުނައިޓެޑުން މަޑުޖައްސާލައިފި

07 އޯގަސްޓު 2019
އެރިކްސަން ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ޔުނައިޓެޑުން މަޑުޖައްސާލައިފި
02 މެއި 2019

ރެއާލްއިން އެރިކްސަން ބޭނުންވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން!

02 މެއި 2019
ރެއާލްއިން އެރިކްސަން ބޭނުންވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު