Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވަނީ "ގޯހެއް" ނުހައްދަވާނެ ކަމަށް

ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ އެ ތިން ކުޅުންތެރިން ވެސް ކުލަބުގައި ބޭތިއްބުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2023 | ހޮނިހިރު 06:39
ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚެލައިފީ

ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚެލައިފީ

ފްރާންސްގެ ޗެމްޕިއަންސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ މުސްތަޤުބަލާމެދު އަބަދު ވެސް ވިސްނަވާނެ ކަމަށާއި، ގޯހެއް ނުހައްދަވާނެ ކަމަށް އެ ކުލަބުގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

ނާސިރު އެލް ހެއްލާފީ މިހެން ވިދާޅުވީ ޕީއެސްޖީގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމާއެކު ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ މުސްތަޤުބަލާމެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ. އެގޮތުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ސްޕެއިންގެ ސާޖިއޯ ރާމޯސްގެ މުސްތަޤުބަލާމެދު ފްރާންސްގެ މީޑިއާ ތަކުގައި ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ އެ ތިން ކުޅުންތެރިން ވެސް ކުލަބުގައި ބޭތިއްބުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެއްބަސްވުމާ ގުޅޭ ގޮތުން އެ ކުޅުންތެރިންނާ ދައްކަން ޖެހޭ ވާހަކަތައް ޕީއެސްޖީން ދައްކަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ޕީއެސްޖީން މިހާރު ކުރަމުން އަންނަނީ ކޮންކަމެއްތޯ ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތް ތަނުގައި ކަންތައް ކުރަން ޖެހޭނީ ކޮން ގޮތަކުންތޯ ވެސް ބައްލަވާނެ ކަމަށާއި، ކުރިއަށް ދެވެން އޮތް މަގެއް ހޯއްދަވާނެ ކަމަށެވެ. ނާސިރު އެލް ހެއްލާފީ ވިދާޅުވީ އެކަންކަމަކީ ޕީއެސްޖީން ކުރިއަށް ދާން އަބަދު ވެސް ކުރާ ކަންތައްތަކެއް ކަމަށާއި، ކުރިއަށް ދިޔުމުގައި "ގޯހެއް" ނުހައްދަވާނެ ކަމަށެވެ.

ޕީއެސްޖީން އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއް މުބާރާތަކީ ޔުއެފާ ޗެމްޕިއަންސް ލީގެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ގަދަ 16 އިން އެ ޓީމު ކެޓީ ބަޔާން މިއުނިކް އަތުން ދެ ލެގުގައި ވެސް ބަލިވެގެންނެވެ. އެ މުބާރާތުގައި ޕީއެސްޖީ އަށް އެންމެ ދުރަށް ދެވުނީ 2019-2020 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލްގައި ޕީއެސްޖީ ބަލިވެފައި ވަނީ ވެސް ބަޔާން އަތުންނެވެ.

ޕީއެސްޖީނާސިރު އެލް-ހެއްލާފީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު