Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

މެކްރޮންގެ ނިންމުމުގައި އެއްވެސް ބުރަ ދަނެއް ނެތް: ޓްރަމްޕް

26 ޖުލައި 2025 | ހޮނިހިރު 08:04

ޓްރަމްޕް ވިދާޅުވީ، ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވާ އެއްވެސް އެއްޗަކާ މެދު ނުވިސްނަވާ ކަމަށެވެ. އަދި އެއީ މާބޮޑު ވާހަކަތަކެއް ވެސް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މެކްރޮންގެ އެ ނިންމެވުމުގެ ސަބަބުން، އެއްވެސް ކަމެއް ބަދަލުވެގެން ވެސް ނުދާނެ ކަމުގއި ޓްރަމްޕް ވިދާޅުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2025 | ހޮނިހިރު 08:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ނިންމެވި ނިންމުމަކީ، އެއްވެސް ބުރަ ދަނެއް ނެތް ނިންމުމެއް ކަމަށް، އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްރާންސް އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނާނެ ކަމަށް މެކްރޮން ވަނީ ހުކުރު ދުވަހު އިއުލާން ކުރައްވައިފަ އެވެ. އަދި އެމެރިކާގެ ނިއު ޔޯކުގައި ދެން އޮންނަ އދ.ގެ ޖެނަރަލް އެސެމްބްލީގެ ޖަލްސާގައި އެކަން އިއުލާން ކުރައްވާނެ ކަމަށް ވެސް މެކްރޮން ވަނީ ހާމަ ކުރައްވައިފަ އެވެ.

ފްރާންސް އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށެވެ. އެކަމަށްޓަކައި ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން ޗެއަރކުރާ އދ ގެ ޖަލްސާއެއް ބާއްވަން ނިންމި ނަމަވެސް، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ހުރެ ކަމަށް ބުނެ ފްރާންސް އިން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ތާވަލު ކުރި ޖަލްސާ ފަސްވެފައިވާކަން ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވާ އެއްވެސް އެއްޗަކާ މެދު ނުވިސްނަވާ ކަމަށެވެ. އަދި އެއީ މާބޮޑު ވާހަކަތަކެއް ވެސް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މެކްރޮންގެ އެ ނިންމެވުމުގެ ސަބަބުން، އެއްވެސް ކަމެއް ބަދަލުވެގެން ވެސް ނުދާނެ ކަމުގއި ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ފްރާންސްގެ ރައީސް މެކްރޮން އަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަދި މެކްރޮން އަކީ ޓްރަމްޕް ވެސް ގަޔާވާ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނާނެ ކަމަށް ވިދާޅުވެ މެކްރޮން ނެރުއްވި ބަޔާނަކީ އެއްވެސް ބުރަ ދަނެއް ނެތް ބަޔާނެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގުތުމާ ގުޅޭ ގޮތުން ނެރުއްވި ބަޔާނުގައި މެކްރޮން ވިދާޅުވެފައި ވަނީ، އެންމެ އިސްކަމެއް ދޭން ބޭނުން ވަނީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ފަލަސްޠީނުގެ އާންމު ރައްޔިތުން ސަލާމަތް ކުރުމުގެ އިތުރުން، ސުލްޙަވެރިކަން ޤާއިމު ކުރުމަށް ބޭނުންވާ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން މެކްރޮން އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި އެކަމާ ގުޅިގެން ލިޔުއްވާފައި ވަނީ، މެދު އިރުމަތީގެ އަދުލުވެރި އަދި ދެމެހެއްޓެނެވި ސުލްޙަވެރިކަަމަށް ފްރާންސް އިން ވެފައިވާ ތާރީޚީ އެއްބަސްވުމާ އެއް ގޮތަށް، އެ ޤައުމުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

އާޚިރު ނަތީޖާގައި ފަލަސްޠީނުގައި ދައުލަތެއް ބިނާކޮށް، އެ ދައުލަތުގެ ދެމެހެއްޓެނިވިކަން ޔަގީން ކުރުމާ އެކު، ރައްކާތެރިކަން ކަށަވަރު ވާން ޖެހޭ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. އިސްރާއީލް ފުރިހަމަ އަށް ޤަބޫލު ކުރުމާ އެކު، މެދު އިރުމަތީގެ ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރި ކަމަށް އެހީތެރިކަން ޔަގީން ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

މެކްރޮންގެ އެ ނިންމެވުމަށް ޓްރަމްޕް ފާޑު ވިދާޅުވެފައިވާއިރު، ޓްރަމްޕް އާއި މެކްރޮން އަކީ ގާތް ގުޅުމެއް އޮންނަަ ދެ ބޭފުޅުންނެވެ. ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ އިތުރުން، ދެ ވަނަ ދައުރުގައި ވެސް އެ ގާތްކަން އޮންނަ ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޓްރަމްޕްގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ މެކްރޮންގެ ނިންމެވުމަށް ފާޑު ވިދާޅުވެފަ އެވެ. ރޫބިއޯ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް މެކްރޮން ނިންމާފައިވާ ނިންމުން، އެމެރިކާ އިން ރިޖެކްޓު ކުރާ ކަމަށެވެ.

މީގެ އިތުރުން ރޫބިއޯ ވިދާޅުވެފައި ވަނީ ފްރާންސްގެ ރައީސް މެކްރޮންގެ އެ ނިންމެވުމަކީ، ފަރުވާ ކުޑަ އަދި ޒިންމާދާރުކަން ކުޑަ ނިންމެވުމެއް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ހަމާސް ޖަމާއަތުގެ ޕްރޮޕެގެންޑާ އަށް ފައިދާ ވާނެ ކަމަށާއި، އެކަމުގެ ސަބަބުން ސުލްޙަވެރިކަމަށް ކުރަމުން އަންނަ މަސައްކަތަކަށް ހުރަސް އެޅިގެން ދާނެ ކަމަށް ވެސް ރޫބިއޯ ވިދާޅުވެފައިވެ އެވެ.

އިތުރަށް ރޫބިއޯ ވިދާޅުވެފައި ވަނީ، ފްރާމްސްގެ އެ ނިންމުމަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު، ހަމާސްގެ ހަަމަލާގައި އަނިޔާ އާއި ޒަޚަމުތައް ލިބުނު މީހުންނަށް އިހާނެތިކަން ލިބޭ، އަދި އެ މީހުންގެ މޫނު މަތީގައި ޖެހި އެތި ފަހަރެއް ކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ފްރާންސް އިން ނިންމާފައިވާއިރު، އދ ގެ މެމްބަރު 193 ޤައުމުގެ ތެރެއިން، 140 އަށް ވުރެ ގިނަ ޤައުމަކުން ވަނީ ފަަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. މީގެ އިތުރުން، ސްޕެއިން އާއި އަޔަލެންޑް ފަދަ ޤައުމު ތަކުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގެންފަ އެވެ.

ފްރާންސް އަކީ ޖީ7 ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ފުރަތަމަ ޤައުމެވެ. އެ ނިންމުމަށް އެމެރިކާ އަދި ޓްރަމްޕް ފާޑު ވިދާޅުވެފައިވާއިރު، އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަ ޤައުމެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2018

ގޯސް އެއްވެސް ކަމެއް ނުކުރަން އަދި އިސްތިއުފާ ދޭން ޖެހޭ ކަމެއް ވެސް ނެތް: ރައީސް ޒޫމާ

14 ފެބުރުއަރީ 2018
ގޯސް އެއްވެސް ކަމެއް ނުކުރަން އަދި އިސްތިއުފާ ދޭން ޖެހޭ ކަމެއް ވެސް ނެތް: ރައީސް ޒޫމާ
08 ޖެނުއަރީ 2018

ސިރިސޭނާ ސަރުކާރުން 14.6 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފި، ކުރެވުނު އެއްވެސް ކަމެއް ނެތް: ރާޖަޕަކްސަ

08 ޖެނުއަރީ 2018
ސިރިސޭނާ ސަރުކާރުން 14.6 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފި، ކުރެވުނު އެއްވެސް ކަމެއް ނެތް: ރާޖަޕަކްސަ
11 ނޮވެމްބަރު 2017

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ: ރައީސް ޕޫޓިން

11 ނޮވެމްބަރު 2017
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ: ރައީސް ޕޫޓިން
24 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

24 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު
05 އޮކްޓޯބަރު 2017

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

05 އޮކްޓޯބަރު 2017
 ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
23 ޖޫން 2017

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު
14 ޖޫން 2017

ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

14 ޖޫން 2017
ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް